މަސައްކަތް
ނަންބަރު: 153-CMS/2018/02
ޕަބްލިޝްކުރި ތާރީޚް: 14 އޮގަސްޓް 2018
ޕަބްލިޝްކުރި ގަޑި: 13:24
ސުންގަޑި: 28 އޮގަސްޓް 2018 11:00
ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒް
ދިވެހިރާއްޖެ
ތިން ކޯހެއްގެ، ކޯސް އައުޓްލައިން ސްޓްރަކްޗަރާއެކު ޑީޓެއިލް ޓީޗިންގ ސިލަބަސް އާއި ކޯސް މެޓީރިއަލްސް ތައްޔާރުކުރުން - އިތުރު މަޢުލޫމާތު

 

ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒްއިން ހިންގަން ބޭނުންވާ ތިން ކޯހެއްގެ ކޯސް އައުޓްލައިން ސްޓްރަކްޗަރާއެކު ޑީޓެއިލް ޓީޗިންގ މެޓީރިއަލްސް ތައްޔާރުކުރުމަށް ކޮށްފައިވާ ނަންބަރު 153CMS/2018/01، އޮގަސްޓް 8، 2018 އިޢުލާނުގައި ބަޔާންކޮށްފައިވާ ފަދައިން މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށްވެސް އަންދާސީ ހިސާބު ހުށަހެޅުއްވޭނެއެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ މިއިޢުލާނާއެކު އެޓޭޗްކުރެވިފައިވާ މަޢުލޫމާތު ޝީޓް އަދި އުސޫލު "ބީލަން ތައްޔާރުކުމާއި ހުށަހެޅުމުގައި ޢަމަލުކުރަންޖެހޭނެ ގޮތާއި ބީލަން ވަޒަންކުރާނެގޮތް" އާއި އެއްގޮތަށެވެ.

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 28 އޮގަސްޓް 2018 ވާ އަންގާރަ ދުވަހުގެ 11:00 ގައި ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒް، ވިލިމާލެ (ކ. ވިލިނގިލި) ގައެވެ.

ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ.

 

14 އޮގަސްޓް 2018