ގަންނަން ބޭނުންވާ ތަކެތި
                	
                ނަންބަރު: (IUL)1-FA(B)/1/2018/37
                    ޕަބްލިޝްކުރި ތާރީޚް: 09 އޮގަސްޓް 2018
                    ޕަބްލިޝްކުރި ގަޑި:  13:55
                                            ސުންގަޑި: 
                            13 އޮގަސްޓް 2018 00:00
                        
                    
                ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
މާބުލް ދޮންނަ މެޝިން ވިއްކާނެ ފަރާތެއް ހޯދުމަށް
                                އިޢުލާނު
މާބުލް ދޮންނަ މެޝިން ވިއްކާނެ ފަރާތެއް ހޯދުން
މިއޮފީހުގެ ބޭނުމަށް، މާބުލް ތަޅުންގަނޑު ދޮވެ ޕޮލިޝްކުރެވޭނެ ދޮންނަ މެޝިނެއް ވިއްކާނެ ފަރާތެއް ހޯދުމަށް 6 އޮގަސްޓު 2018 ގައި ކުރި، މިއޮފީހުގެ ނަންބަރު IUL)1-FA(B)/1/2018/35) އިޢުލާނާ ގުޅިގެން، އެސްޓިމޭޓް މަޢުލޫމާތު ހޯދުމަށް، 3 ފަރާތުން ހާޟިރު ވެފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.
ވީމާ، މި މެޝިން ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2018 އޮގަސްޓު 13 ވާ ހޯމަ ދުވަހުގެ 11:00 އަށް މިއޮފީހަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2018 އޮގަސްޓު 16 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި އޮފީހަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.
27 ޛުލްޤަޢިދާ 1439
                09 އޮގަސްޓް 2018