ދިވެހިރާއްޖެ
ސ.ހުޅުމީދޫ ބަހާއުއްދީން ރޯޑްގެ މަސައްކަތަށް ބޭނުންވާ މެޓީރިއަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ބޭނުންވާ ތަކެތީގެ ތަފްސީލު ތިރީގައިވާ ތާވަލްގައި އެވަނީއެވެ.
|
ބޭނުންވާ އަދަދު |
ތަފްޞީލް |
ޑެލިވަރީ ސައިޓް |
|
9303 |
ހިލަ ވެލި (50kg) |
ސ.ހިތަދޫ ސައިޓް |
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2018 އޯގަސްޓް 13 ވާ ހޯމަ ދުވަހުގެ 13:00 އަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ / އަމީނީމަގަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.
މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާކަން މަޢުލޫމާތަށްޓަކާއި ދެންނެވީމެވެ.އަދި، މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް 2018 އޯގަސްޓް 09 ވާ ބުރާސްފަތި ދުވަހުގެ 11:00 އިން ފެށިގެން 2018 އޯގަސްޓް 13 ވާ ހޯމަ ދުވަހުގެ 13:00 ގެ ނިޔަލަށް މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
އަދި ދަންނަވަމެވެ. ބިޑް ހުށަހަޅުއްވާއިރު ބިޑް ސެކިއުރިޓީ ފޯމް ފުރިހަމަ ކުރެއްވުމަށް ސަމާލުކަން ދެއްވުމަށް އެދެމެވެ.
މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 3004281 އަށް ގުޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.