ދިވެހިރާއްޖެ
މި މިނިސްޓްރީއަށް ބޭނުންވާ 04 ކޮންކްރީޓް މެޝިން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)138-AS6/1/2018/354 (01 އޮގަސްޓް 2018) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޚީބެއް ލިބިފައިނުވާތީ މި އިޢުލާން ބާޠިލްކޮށް، މި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.
ބޭނުންވާ ތަކެތީގެ ތަފްސީލީ ލިސްޓް ތިރީގައިވާ ތާވަލްގައި އެވަނީއެވެ.
|
ބޭނުންވާ އަދަދު |
ތަފްޞީލް |
ޑެލިވަރީ ސައިޓް |
|
01 |
ކޮންކްރީޓް މެޝިން (01 ބޭގް މިކްސިންގް |
ސ.ހުޅުމީދޫ ބަހާއުއްދީން ރޯޑް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް |
|
01 |
ކޮންކްރީޓް މެޝިން (02 ބޭގް މިކްސިންގް |
ސ.ހުޅުމީދޫ ބަހާއުއްދީން ރޯޑް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް |
|
02 |
ކޮންކްރީޓް މެޝިން (01 ބޭގް މިކްސިންގް |
ޕަބްލިކް ވަރކްސް ސަރވިސަސް / ކ.މާލެ |
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2018 އޮގަސްޓް 09 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ / އަމީނީމަގަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.
މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އިޢުލާނާއިއެކު ގެޒެޓުގައި އެއްކަރުދާސް ކުރެވިފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
އަދި ދަންނަވަމެވެ. ބިޑް ހުށަހަޅުއްވާއިރު މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާ ބިޑް ސެކިއުރިޓީ ފޯމް ފުރިހަމަ ކުރެއްވުމަށް ސަމާލުކަން ދެއްވުމަށް އެދެމެވެ.
މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 3004281 / 3004378 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.