ނީލަން
ނަންބަރު: HDFC/IU/2018/14
ޕަބްލިޝްކުރި ތާރީޚް: 25 ޖުލައި 2018
ޕަބްލިޝްކުރި ގަޑި: 08:12
ސުންގަޑި: 16 އޮގަސްޓް 2018 13:30
ހައުސިންގ ޑިވެލޮޕްމަންޓް ފިނޭންސް ކޯޕަރޭޝަން ޕލކ
ދިވެހިރާއްޖެ
" މަނަސް " ގދ. ތިނަދޫ އެވެ ކިޔާ ގޯއްޗާ އެގޯތީގައި ހިމެނޭ އެންމެހާ ޢިމާރާތްތަކާ ވަޅުފަދަ ތަންތަން ވިއްކުމާބެހޭ

އިޢުލާން

" މަނަސް " ގދ. ތިނަދޫ އެވެ ކިޔާ ގޯއްޗާ އެގޯތީގައި ހިމެނޭ އެންމެހާ ޢިމާރާތްތަކާ ވަޅުފަދަ ތަންތަން ވިއްކުމާބެހޭ

ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯރޕަރޭޝަން ޕލކ. އިން އަލްފާޟިލާ އާސިޔަތު މުޙައްމަދު، ސިތާރާގެ / ގދ. ތިނަދޫ ޔަޤީންކަން ދީގެން އަލްފާޟިލް މުޙައްމަދު ވަޙީދު، ސިތާރާގެ / ގދ. ތިނަދޫ އަށް ދޫކޮށްފައިވާ ލޯނަށް ރަހުނު ކޮށްފައިވާ " މަނަސް " ގދ. ތިނަދޫ އެވެކިޔާ ގޯއްޗާ އެގޯތީ ހިމެނޭ އެންމެހާ ޢިމާރާތްތަކާ ވަޅުފަދަ ތަންތަން ވިއްކުމާ ބެހޭ:

ޢިމާރާތާ ގޯތީގެ މަޢުލޫމާތު:

ބާވަތް: ބަންޑާރަ ގޯތި

ނަން: މަނަސް / ގދ. ތިނަދޫ

ރަޖިސްޓްރީ ނަންބަރު: GR-2008/88

ގޯތީގެ ތަފްޞީލް: 1996.17 އަކަ ފޫޓު

ވެރިފަރާތް: އަލްފާޟިލް މުޙައްމަދު ވަޙީދު، ސިތާރާގެ / ގދ. ތިނަދޫ

ރަޙުނު ވިއްކާލުމުގެ ހުއްދައާ ބެހޭ: ވިއްކާލުމަށް ހުށަހެޅިފައިވާ ގޯއްޗަކީ ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު: 41/Q10C/2016 ޤަޟިއްޔާ އިން ރަހުނު ތަންފީޒުކުރުމަށް ވިއްކާލުމުގެ ހުއްދަ ދެއްވާފައިވާ މުދަލެކެވެ.

ވީމާ، " މަނަސް " ގދ. ތިނަދޫ އެވެ ކިޔާ ގޯއްޗާ ގޯތީގައި ހިމެނޭ އެންމެހާ ޢިމާރާތްތަކާ ވަޅުފަދަ ތަންތަން ބައްލަވާ ގަންނަން ޝައުގުވެރިވާ ފަރާތްތަކުން ގޯތި ގަތުމަށް ހުށަހަޅުއްވާ އަގު ސާފުކޮށް ބަޔާންކުރައްވާ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އާއެކު ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައި، 16 އޮގަސްޓް 2018 ވާ ބުރާސްފަތި ދުވަހު މެންދުރުފަހު 1:30 ގެ ކުރިން މިކުންފުނީގެ ހެޑްއޮފީސް، ހ. މިއަލަނި، 4 ވަނަ ފަންގިފިލާއަށް އަގު ހުށަހެޅުއްވުން އެދެމެވެ. ސިޓީއުރައިގެ ބޭރުގައި " މަނަސް، ގދ. ތިނަދޫ ގަތުމަށް އެދި" މިހެން ލިޔެފާ އޮންނަންވާނެއެވެ. މިސިޓީތައް ކަނޑާ ބެލުން އޮންނާނީ 16 އޮގަސްޓް 2018 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:30 ގައި މިކުންފުނީގެ ހެޑްއޮފީހުގައި، ސިޓީ ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތު ވަޑައިގެން ތިއްބެވި ފަރާތްތަކުގެ ހާޒިރުގައި އަދި އެންމެ މަތީ އަގު ވަގުތުން އިޢުލާން ކުރެވޭނެއެވެ. އެއަށްވުރެ މަތީއަގެއް ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން، ފަހަރަކު އިތުރު ކުރެވޭނީ މަދުވެގެން 10,000/-ރ. (ދިހަ ހާސް) ރުފިޔާއެވެ. ކޮންމެ ދުވަހެއްގެ އެންމެ މަތީ އަގު މިކުންފުނީގެ ނޯޓިސް ބޯރޑް އާއި ވެބްސައިޓް (www.hdfc.com.mv) ގައި އިއުލާންކުރެވި އަދި މިކުންފުނީގެ އައްޑޫ ސެންޓަރގެ (ސ.ހިތަދޫ) ނޯޓިސް ބޯރޑުގައި ބެހެއްޓިފައި ހުންނާނެއެވެ. ނީލަން ނިންމާލެވޭނީ ކޮންމެ ދުވަހެއްގެ ރަސްމީ ގަޑި ނިމޭއިރު ހުށަހެޅިފައިވާ އެންމެ މަތީ އަގު އިޢުލާނު ކުރެވި އަދި މިއަގަށް ބަދަލެއް ނައިސް، އިޢުލާން ކުރެވޭ ތާރީޙުން ފެށިގެން ވިދިވިދިގެން 05 (ފަހެއް) ދުވަހު (ރަސްމީ ބަންދު ދުވަސްތައް ނުލައި) އެއް އަގެއްގައި އޮތްނަމަ އެއަގަކަށެވެ. މިގޮތުން އެންމެ މަތީ އަގެއް ހުށަހެޅި ފަރާތަކަށް ނީލަން ނިންމުނުކަން ލިޔުމުން އެންގޭނެއެވެ. އަދި އެފަރާތަށް ނީލަން ނިމުނުކަން މިކުންފުނިން އަންގާ ތާރީޚުން ފެށިގެން 7 (ހަތް) ދުވަހުގެ (ރަސްމީ ބަންދު ދުވަސްތައް ލައިގެން) ތެރޭގައި އެފަރާތަކުން ހުށަހެޅި ޖުމްލަ އަގަށްވާ ފައިސާ މިކުންފުންޏަށް ދައްކަންވާނެއެވެ. ހުށަހެޅި އަގު ނުދައްކައިފިނަމަ އެފަރާތުގެ އެހުށަހެޅުން ބާޠިލް ކޮށް ދެވަނައަށް އެންމެ މަތީ އަގު ހުށަހެޅި ފަރާތަށް ނީލަން ނިންމާލުމުގެ ނުވަތަ ނީލަން ބާޠިލްކޮށް، އަލުން ނީލަން ފެށުމުގެ ޙައްޤު މިކުންފުންޏަށް ލިބިގެންވެއެވެ.

ވަކިފަރާތަކަށް ނީލަން ނިންމުމަށް މިކުންފުނިން ކަނޑައަޅައިފިކަން ރަސްމީކޮށް އެފަރާތަކަށް އެންގުމުގެ ކުރިން ނުވަތަ ނީލަން ކާމިޔާބުކުރި ފަރާތުން ފައިސާ ދެއްކުމުގެ ކުރިން ނީލަން ބާޠިލްކުރުމުގެ އިޙްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯރޕަރޭޝަން ޕލކ. ރިކަވަރީ ޑިޕަރޓްމަންޓާ (ފޯނު ނަންބަރު: 3334666 އަދި 3000112، އީމެއިލް: [email protected]) ގުޅުއްވުން އެދެމެވެ.

ނޯޓް: މަތީގައި ބަޔާން ކުރެވިފައިވާ ގެ "މަނަސް " ގދ. ތިނަދޫ ގަތުމަށް ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯރޕަރޭޝަން ޕލކ. ގައި މަސައްކަތް ކުރައްވާ އެއްވެސް މުވައްޒަފަކަށް ނުވަތަ މިކުންފުނީގެ ބޯޑް ޑައިރެކްޓަރަކަށް ނުވަތަ އެފަދަ އެއްވެސް ފަރާތެއްގެ އާއިލާގެ އެއްވެސް ބޭފުޅަކަށް (މަންމަ ނުވަތަ ބައްޕަ، ދަރިން، އެއްބަނޑު ނުވަތަ އެއްބަފާ ބޭފުޅުން އަދި ފިރިމީހާ ނުވަތަ އަނބިމީހާ) ބައިވެރިއެއް ނުވެވޭނެއެވެ.

މަތީގައި ބަޔާންކުރެވިފައިވާ ގޯތި ވިއްކާލުމަށް މީގެ ކުރިން އެއްވެސް އިޢުލާނެއް ކުރެވިފައިނުވާ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.         

                25    ޖުލައި   2018 

25 ޖުލައި 2018