ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)PSM-HR/PSM/2018/102
ޕަބްލިޝްކުރި ތާރީޚް: 10 ޖުލައި 2018
ޕަބްލިޝްކުރި ގަޑި: 09:57
ސުންގަޑި: 19 ޖުލައި 2018 14:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ލެކްޗަރަރ

މަޤާމް :ލެކްޗަރަރ
ބޭނުންވާ އަދަދު :8

ވަޒީފާގެ ފުރުޞަތު                          

މަޤާމް

ލެކްޗަރަރ

މުސާރަ

  • ޑިޕްލޮމާ ލެވެލް ކޯސްތަކަށް ކިޔަވާ ދެއްވާ ކޮންމެ ގަޑިއިރަކަށް 250 ރުފިޔާ
  • ސެޓްފިކެޓް ލެވެލް ކޯސްތަކަށް ކިޔަވާ ދެއްވާ ކޮންމެ ގަޑިއިރަކަށް 200 ރުފިޔާ

ބޭނުންވާ ޢަދަދު

08

މަސައްކަތް ކުރަންޖެހޭތަން

މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް

މަޤާމުގެ ތަފްސީލް:

މި އިންސްޓިއުޓުން އޮގަސްޓް 2018 ގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ކިޔަވައިދެއްވުމަށް ތިރީގައި މިދަންނަވާ ދާއިރާތަކަށް ޕާޓްޓައިމް ލެކްޗަރަރއިން ބޭނުންވެއެވެ.

  • ޑިޕްލޮމާ އިން ސައުންޑް އެންޑް މިއުޒިކް ޓެކްނޮލޮޖީ
  • ޑިޕްލޮމާ އިން ބްރޯޑްކާސްޓިންގ (ރޭޑިއޯ އެންޑް ޓީވީ)
  • ޑިޕްލޮމާ އިން އެނިމޭޝަން އެންޑް މަލްޓިމީޑިއާ ޑިޒައިން
  • ޑިޕްލޮމާ އިން ޕާރފޯމިންގ އާރޓްސް އެންޑް ކްރިއޭޓިވިޓީ
  • ޑިޕްލޮމާ އިން ވީޑިއޯ އެންޑް ފިލްމް ޕްރޮޑަކްޝަ ( ޝޫޓިންގ)
  • އެޑްވާންސް ސެޓްފިކެޓް އިން ވީޑިއޯ އެންޑް ފިލްމް ޕްރޮޑަކްޝަ ( ޝޫޓިންގ)
  • ސެޓްފިކެޓް 3 އިން ހެއަރ ޑްރެސިންގ
  • ސެޓްފިކެޓް 3 އިން ލޭޑީސް ޑްރެސްމޭކިންގ

 

މަޤާމުގެ ޝަރުތު:

ޑިޕްލޮމާ ލެވެލް ކޯސްތަކަށް

އެމް.އެން.ކިޔު.އެފް ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ގުޅޭ ދާއިރާއިން ހާސިލުކޮށްފައިވުން

ސެޓްފިކެޓް ލެވެލް ކޯސްތަކަށް

އެމް.އެން.ކިޔު.އެފް ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ގުޅޭ ދާއިރާއިން ހާސިލުކޮށްފައިވުން

 

ވަޒީފާ އަށް އެންމެ ގާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ތައުލީމީ ސެޓްފިކެޓް އޮތުމާއިއެކު ކިޔަވައިދިނުމުގެ ތަޖުރިބާ ހުރި ފަރާތައްތަކަށް އިސްކަން ދެވެނެ.
  • ތައުލީމީ ސެޓްފިކެޓް އޮތުމާއިއެކު މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ ނުވަތަ އީމެއިލް.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ
  3. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ
  5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  6. ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  7. އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 22 ޖުލައި 2018 އާއި 26 ޖުލައި 2018 އާ ދެމެދު،މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 19 ޖުލައި 2018  ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން، މި އިންސްޓިޓިއުޓަށެވެ. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected]  އެވެ. ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

 

 

                        26 ޝައްވާލު 1439

10 ޖުލައި 2018