ދިވެހިރާއްޖެ
ނަމްބަރ: IUL)244-ESMSMS/244/2018/29
ވޭޖްގެ ދަށުން ޕޫލަށް މީހުން ހޯދުން
މިސްކިތު އިމާމުން، މުދިމުން ވަގުތީ ގޮތުން ގެންގުޅެންޖެހޭ ހާލަތްތަކުގައި (ސަލާމް ބުނުން އަދި އާއިލީ ޒިންމާ ޗުއްޓީއާއި އަހަރީ ޗުއްޓީ ނެގުމުން) ވޭޖް އުޞޫލުން އެކުލަވާލެވޭ ޕްލަށް މީހުން ހޯދުމަށް ބޭނުންވެއްޖެއެވެ.
| 
 މަޤާމް:  | 
 އިމާމް / މުދިމް  | 
 ބޭނުންވާ ޢަދަދު  | 
 2  | 
|
| 
 މަޤާމުގެ ގިންތި  | 
 ވަގުތީ (1 އަހަރު)  | 
|||
| 
 އުޖޫރަ  | 
 އިމާމަކު ނަމަ ކޮންމެ ނަމާދު ވަގުތަކަށް  | 
 GS3  | 
 56.00ރ  | 
 ދުވާލަކަށް 280.00ރ  | 
| 
 މުދިމަކު ނަމަ ކޮންމެ ނަމާދު ވަގުތަކަށް  | 
 GS1  | 
 48.00ރ  | 
 ދުވާލަކަށް 240.00ރ  | 
|
| 
 މަޤާމްގެ ޝަރުތު  | 
 މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތު ކޮށްދިނުމާއެކު، 
 
 
 
 (މަތީގައިވާ މަޤާމަށް ޝަރުތު ފުރިހަމަ ނުވާ ފަރާތްތަކުން، މިމަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވިފައެވެ. ނަމަވެސް މިމަޤާމަށް މީހުން ހޮވާނީ، މަތީގައިވާ މަޤާމަށް ޝަރުތު ހަމަވާ ފަރާތެއް ލިބިފައިނުވާނަމައެވެ.) 
  | 
|||
| 
 މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް  | 
 އިމާމު / މުދިމް: ކައުންސިލް އިދާރާއިން އަންގާ ގޮތެއްގެ މަތިން މިރަށު މިސްކިތްތަކުގައި ބަންގިގޮވުމާއި އިމާމުވެ ނަމާދުކުރުން.  | 
|||
| 
 މަސައްކަތް ކުރަންޖެހޭ ޙާލަތް  | 
 މިސްކިތު އިމާމުން، މުދިމުން ވަގުތީ ގޮތުން ގެންގުޅެންޖެހޭ ހާލަތްތަކުގައި (ސަލާމްބުނުން އަދި އާއިލީ ޒިންމާ ޗުއްޓީއާއި އަހަރީ ޗުއްޓީނެގުމާއި) ގުޅިގެން މިސްކިތަށް ޙާޟިރުނުވާ ދުވަސްތަކަށް ބަންގިގޮވުމާއި އިމާމުވެ ނަމާދުކުރުން.  | 
|||
| 
 ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 
  | 
 ވަޒީފާއަށް އެންމެ ގާބިލްފަރާތް ކަނޑައަޅާނީ، ވަޒީފާއަށް އެންމެ ޤާބިލް ފަރާތް ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާގައި ހިމެނޭ ތިރީގައި މިދަންނަވާ ބައިތަކަށް ޕޮއިންޓް ދިނުމަށްފަހު، އޭގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކީ ވަޒީފާއަށް އެންމެ ގާބިލް ފަރާތްކަމުގައި ކަނޑައަޅާ ގޮތަށެވެ. 
  | 
|||
| 
 ހުށަހަޅަންޖެހޭ ލިޔުންތައް: 
  | 
 (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް  | 
|||
| 
 
  | 
 މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 
 (ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.  | 
|||
| 
 މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:  | 
 
 
 ވަޒީފާއަށް އެދޭ ފޯމް ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 09 ޖުލައި 2018 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ: 
 އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލްކުރެވޭނެއެވެ.  | 
|||
| 
 އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:  | 
 މި މަޤާމްތަކަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އިންޓަރވިއު ކުރުން އޮންނާނީ 10 ޖުލައި 2018 އާއި 16 ޖުލައި 2018 އާ ދެމެދު، ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލް އިދާރާގައެވެ. ވުމާއެކު، މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އެތާރީޙްތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.  | 
|||
| 
 ޝޯޓް ލިސްޓްކުރުން:  | 
 މިވަޒީފާތަކަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.  | 
|||
| 
 އިތުރު މަޢުލޫމާތު  | 
 މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފްކުރުމަށް ގުޅާނީ 6500104 ނަމްބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ  | 
|||