|
މަޤާމް:
|
ހެޑް އޮފް ސެކިއުރިޓީ
|
|
ސެކްޝަން:
|
ސެކިއުރިޓީ ސަރވިސަސް ސެކްޝަން
|
|
ބޭނުންވާ ޢަދަދު:
|
01 (އެކެއް)
|
|
ތަޢުލީމީ ފެންވަރާއި ތަޖުރިބާ:
|
- މޯލްޑިވްސް ޑިފެންސް ފޯސް ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސަސްގައި މަދުވެގެން 10 އަހަރު ޚިދުމަތް ކޮށް އަދި ހިންގުމުގެ އިސްމަގާމުގައި މަސައްކަތް ކުރަށްވާފައިވުން.
- ވަޒީފާ ހަމަޖެއްސުމުގައި އިމާރާާތާއި ތަކެތީގެ ސެކިއުރީ ބެލެހެއްޓުމާ ބެހޭ ދާއިރާއިން ތަމްރީނާއި ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
|
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
|
- އެމްއެމްއޭގެ އިމާރާތާއި ތަކެއްޗާއި މުވައްޒަފުން އަދި ޚިދުމަތް ހޯދުމަށް އަންނަ މީހުންގެ ސަލާމަތާއި ރައްކާތެރިކަން، އެމްއެމްއޭގައި ޤާއިމް ކޮށްފައިވާ ސެކިއުރިޓީ ނިޒާމް މެދުވެރިކޮށް ބެލެހެއްޓުމުގެ އެންމެހާ މަސައްކަތްތައް ރާވާ ހިންގުމާއި އެނިޒާމް އިތުރަށް ފުރިހަމަ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައްކުރުން
|
|
ހުނަރުވެރިކަން:
|
- ސެކިއުރިޓީއާ ގުޅޭ ސިޔާސަތުތައް އެކަށައެޅުމާއި ތަންފީޒު ކުރުމުގެ ގާބިލްކަން ހުރުން
- ސީސީޓީވީއާއި އެކްސެސް ކޮންޓްރޯލް ސިސްޓަމްތައް މަސައްކަތްކުރާގޮތް ދެނެގަތުމުގެ ހުނަރު ހުރުން
- ޓީމެއް ގޮވައިގެން މަސައްކަތް ކުރުމާއެކު މީހުންނާއި ގުޅިގެން މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން
- އަމިއްލަ އިސްނެގުމާއިއެކު މަސައްކަތްތައް ރާވާ ހިންގުމުގެ ޤާބިލްކަން ހުރުން
- ރިޕޯޓްލިޔުމާއި ޕްރެޒެންޓޭޝަން ހުށަހެޅުމުގެ ޤާބިލްކަން ހުރުން
|
|
މުސާރަޔާއި އިނާޔަތްތައް
|
22,000.00 – 30,000.00 ރުފިޔާ (ލިބިފައިވާ ތައުލީމާއި ތަމްރީނާ ތަޖްރިބާއަށް ރިޢާޔަތް ކުރުމަށް ފަހު)
|
|
މަޤާމް:
|
ޕްރޮޖެކްޓް ޑިރެކްޓަރ
|
|
ސެކްޝަން
|
ސްޓްރެޓެޖިކް ޕްލޭނިންގ އެންޑް ޑެވެލޮޕްމެންޓް ޕްރޮޖެކްޓްސް ސެކްޝަން
|
|
ބޭނުންވާ ޢަދަދު:
|
01 (އެކެއް)
|
|
ތަޢުލީމީ ފެންވަރާއި ތަޖުރިބާ:
|
- ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ޕްރޮޖެކްޓް މެނޭޖްމަންޓް ނުވަތަ ސްޓްރެޓެޖިކް މެނޭޖްމަންޓް ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ ބޭންކިންގް ގެ ދާއިރާއިން މާރސްޓަރސް ޑިގްރީ ހާސިލު ކޮށްފައިވުން
- ފައިނޭންޝަލް ސެކްޓަރއާ ނުވަތަ އައިޓީ ދާއިރާގެ ޕްރޮޖެކްޓްތައް ރާވާ ހިންގުމާއި މޮނިޓަރ ކުރުމުގެ ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
|
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
|
- އެމްއެމްއޭގެ ފަރާތުން ހިންގާ މުހިއްމު ޕްރޮޖެކްޓަތައް ރާވާ ހިންގާ މޮނިޓަރ ކުރުމާއި ޕްރޮޖެކްޓަކާއި ގުޅުން ހުރި ފަރާތްތަކާ ބައްދަލުކޮށް މަސްވަރާކުރުމާއި ޕްރޮޖެކްތައް ހިނގަމުންދާ ގޮތުގެ މައުލޫމާތު މެނޭޖްމަންޓަށް ހުށަހެޅުން
|
|
ހުނަރުވެރިކަން:
|
- މަސައްކަތުގެ ދާއިރާއާ ގުޅޭ އެކިއެކި ރިސަރޗްތައް ހެދުމާއި ލިބޭ މައުލޫމާތުތަކުގެ މަށްޗަށް ބިނާކޮށް ރިޕޯޓްލިޔުމާއި ޕްރެޒެންޓޭޝަން ހުށަހެޅުމުގެ ޤާބިލްކަން ހުރުން
- ޓީމެއް ގޮވައިގެން މަސައްކަތް ކުރުމާއެކު މީހުންނާއި ގުޅިގެން މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން
- އަމިއްލަ އިސްނެގުމާއިއެކު މަސައްކަތްތައް ރާވާ ހިންގުމުގެ ޤާބިލްކަން ހުރުން
|
|
މުސާރަޔާއި އިނާޔަތްތައް
|
25,000.00 – 30,000.00 ރުފިޔާ
|
|
މަޤާމް:
|
ޑެޕިއުޓީ މެނޭޖަރ
|
|
ސެކްޝަން/ޑިވިޜަން:
|
އިސްލާމިކް ޕްރޮޑަކްޓްސް، ޕަބްލިކް ޑެޓް މެނޭޖްމަންޓް ޑިވިޜަން
|
|
ބޭނުންވާ ޢަދަދު:
|
01 (އެކެއް)
|
|
ތަޢުލީމީ ފެންވަރާއި ތަޖުރިބާ
|
- އިސްލާމިކް ފައިނޭންސްގެ ދާއިރާއިން މާރސްޓަރސް ނުވަތަ ފުރަތަމަ ޑީގްރީ ހާސިލުކޮށްފައިވުން
- އިސްލާމިކް ފައިނޭންސްގެ ދާއިރާއިން 3-4 އަހަރުގެ ތަޖްރިބާ ލިބިފައިވުން
- ފައިނޭންޝަލް ސެކްޓަރގެ މަސައްކަތުގެ ތަޖުރިބާ ހުރި ފަރާތްތަކަށާއި މައިކްރޯސޮފްޓް އެކްސެލް އަދި ވޯޑް ރަގަޅަށް އިނގޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
|
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
|
- ސަރުކާރުގެ އޭޖެންޓެއްގެ ހައިސިއްޔަތުން ސެކިއުރިޓީސް އިޝޫކުރުމާ ގުޅޭ އެންމެހާ މަސައްކަތްތަކާއި ސަރުކާރުގެ ސެކިއުރިޓީ މާރކެޓް ހަރުދަނާކޮށް ތަރައްގީކުރުމުގައި އެހީތެރިވެދިނުން
|
|
މުސާރަޔާއި އިނާޔަތްތައް
|
18,000.00 – 21,800.00 ރުފިޔާ
|
|
މަޤާމް:
|
ޑެޕިއުޓީ މެނޭޖަރ
|
|
ޑިވިޜަން:
|
ފައިނޭންޝަލް މެނޭޖްމަންޓް އެންޑް ރިޕޯޓިން ސެކްޝަން/ފައިނޭންޝަލް ކޮންޓްރޯލްސް ޑިވިޜަން
|
|
ބޭނުންވާ ޢަދަދު:
|
01 (އެކެއް)
|
|
ވަޒީފާގެ މުއްދަތު
|
01 (އެކެއް) އަހަރު
|
|
ތަޢުލީމީ ފެންވަރާއި ތަޖުރިބާ:
|
- އޭސީސީގެ މެމްބަރޝިޕް ލިބިފައިވުން ނުވަތަ އެކައުންޓިންގެ ފައިނޭންސްގެ ދާއިރާއިން މާރސްޓަރސް ހާސިލު ކޮށްފައިވުން ނުވަތަ
- އޭސީސީއޭގެ ޕްރޮފެޝަނަލް ލެވެލް ފުރިހަމަކޮށްފައިވުން ނުވަތަ އެކައުންޓިން އެންޑް ފައިނޭންސްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލު ކޮށްފައިވުން.
- އެކައުންޓްސް އެންޑް ފައިނޭންސްގެ ދާއިރާއިން 3-4 އަހަރުގެ ތަޖްރިބާ ލިބިފައިވުން
- ވަޒީފާ ހަމަޖެއްސުމުގައި، އޭސީސީއޭގެ މެމްބަރޝިޕް ލިބިފައިވާ ނުވަތަ ޕްރޮފެޝަނަލް ލެވެލް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
|
|
ކުރަންޖެހޭމައިގަނޑު މަސައްކަތްތައް:
|
- އެމްއެމްއޭގެ ފައިނޭންޝަލް ސްޓޭޓްމަންޓްސްތައް އިންޓަރނޭޝަނަލް ފައިނޭންޝަލް ރިޕޯޓިންގ ސްޓެންޑަރޑްސް (އައިއެފްއާރުއެސް) އާ އެއްގޮތަށް ތައްޔާރުކޮށް އަދި ފައިނޭންޝަލް ސްޓޭޓްމަންޓްސްތައް އެނަލައިޒް ކުރުން.
|
|
މުސާރަޔާއި އިނާޔަތްތައް
|
18,000.00 – 21,800.00 ރުފިޔާ
|
|
މަޤާމް:
|
ޑެޕިއުޓީ މެނޭޖަރ
|
|
ޑިވިޜަން:
|
ބޭންކިން ސުޕަރވިޝަން ސެކްޝަން / ބޭންކިން ސުޕަރވިޝަން ޑިވިޜަން
|
|
ބޭނުންވާ ޢަދަދު:
|
01 (އެކެއް)
|
|
ތަޢުލީމީ ފެންވަރާއި ތަޖުރިބާ:
|
- ބިޒްނަސް، ކޮމާރސް ނުވަތަ ސްޓެޓިސްޓިކްސް ގެ ދާއިރާއިން މާރސްޓަރސް ޑިގްރީ ނުވަތަ ފުރަތަމަ ޑިގްރީ ހާސިލު ކޮށްފައިވުން.
- ބޭންކިން ނުވަތަ ފައިނޭންސް ނުވަތަ އެކައުންޓިން ދާއިރާއިން 3-4 އަހަރުގެ ތަޖްރިބާ ލިބިފައިވުން
- ވަޒީފާ ހަމަޖެއްސުމުގައި، ބޭންކިން، ފައިނޭންސް، އެކައުންޓިން ނުވަތަ ސްޓެޓިސްޓިކްސް ގެ ދާއިރާއިން ތައުލީމް ހާސިލު ކޮށްފައިވާ ފަރާތްތަކަށްއިސްކަން ދެވޭނެއެވެ.
- ޖީސީއީ އޯލެވެލްގެ އިނގިރޭސި މާއްދާ އިން ދަށްވެގެން "ބީ" ފާސް ލިބިފައިވުން
|
|
ހުނަރުވެރިކަން:
|
- މައިކްރޯސޮފްޓް އެކްސެލް/ސްޓެޓިސްޓިކަލް ސޮފްޓްވެއަރ ބޭނުން ކޮށްގެން އެނަލިސިސް ހަދަން އެނގުން
- ދިވެހިބަހާއި އިނގެރޭސިބަހުން ފަރިތަކަމާއެކު މުއާމަލާތްކުރުމާއި މަސައްކަތާގުޅޭ ޕޭޕަރ/ރިޕޯޓް ލިޔުމާއި ޕްރެޒެންޓް ކުރުމުގެ ޤާބިލްކަން ލިބިފައިވުން
|
|
ކުރަންޖެހޭމައިގަނޑު މަސައްކަތްތައް:
|
- ބޭންކުތައް ސުޕަވައިޒުކޮށް ރެގިއުލޭޓް ކުރުމާ ގުޅޭ މަސައްކަތްތައް
|
|
މުސާރަޔާއި އިނާޔަތްތައް
|
18,000.00 – 21,800.00 ރުފިޔާ
|
|
މަޤާމް:
|
އެސިސްޓެންޓް މެނޭޖަރ
|
|
ސެކްޝަން/ޑިވިޜަން:
|
ޓްރެޜަރީ ބޮންޑް އެންޑް ޓީ-ބިލްސް، ޕަބްލިކް ޑެޓް މެނޭޖްމަންޓް ޑިވިޜަން
|
|
ބޭނުންވާ ޢަދަދު:
|
01 (އެކެއް)
|
|
ތަޢުލީމީ ފެންވަރާއި ތަޖުރިބާ
|
- އިކޮނޮމިކްސް ނުވަތަ ފައިނޭންސް ނުވަތަ މި ދެ ދާއިރާއާ ގުޅޭ ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލު ކޮށްފައިވުން.
- ފައިނޭންޝަލް ސެކްޓަރގެ މަސައްކަތުގެ ތަޖުރިބާ ހުރި ފަރާތްތަކަށާއި މައިކްރޯސޮފްޓް އެކްސެލް އަދި ވޯޑް ރަގަޅަށް އިނގޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
|
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
|
- ސަރުކާރުގެ އޭޖެންޓެއްގެ ހައިސިއްޔަތުން ސެކިއުރިޓީސް އިޝޫކުރުމާ ގުޅޭ އެންމެހާ މަސައްކަތްތަކާއި ސަރުކާރުގެ ސެކިއުރިޓީ މާރކެޓް ހަރުދަނާކޮށް ތަރައްގީކުރުމުގައި އެހީތެރިވެދިނުން
|
|
މުސާރަޔާއި އިނާޔަތްތައް
|
16,000.00 – 19,600.00 ރުފިޔާ
|
|
މި ވަޒީފާ ތަކަކީ 2 (ދޭއް) އަހަރު ދުވަހުގެ ކޮންޓްރެކްޓަށް ދެވޭ ވަޒީފާތަކެކެވެ. ނަމަވެސް 02 (ދޭއް) އަހަރު ހަމަވުމުން މަސައްކަތުގެ ފެންވަރަށް ބަލައި ކޮންޓްރެކްޓް އައު ކުރެވޭނެއެވެ. ނުވަތަ ވަޒިފާ ދާއިމީ ކުރެވޭނެއެވެ.
|
|
ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަ ކުރެއްވުމަށްފަހު)
- ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
- ޑިގްރީ އަދި މާރސްޓަރސް ސެޓްފިކެޓްގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
- ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
- ސްކޫލް ލީވިން ސެޓްފިކެޓް (ލިބިފައިވާނަމަ)
- ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއް ނަމަ ވަޒީފާ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ތަނުގެ ރަސްމީ ލިޔުމެއް
- ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުމެއް
|
|
ސުންގަޑި
|
05 ޖުލައި 2018 ވާ ބުރާސްފަތި ދުވަހުގެ 15:00 އަށް
|