ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)447-PR/1/2018/62
ޕަބްލިޝްކުރި ތާރީޚް: 07 ޖޫން 2018
ޕަބްލިޝްކުރި ގަޑި: 14:27
ސުންގަޑި: 11 ޖޫން 2018 13:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ފުޓްސަލް ދަނޑުތައް ކަރަންޓް ވަޔަރ ކުރުމުގެ މަސައްކަތަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު އިޢުލާންގެ އަގު ހުށަހަޅަންޖެހޭ މުއްދަތު އިތުރު ކުރުމާއި ގުޅޭ

އިޢުލާން

ޕަބްލިކް ވަރކްސް ސަރވިސަސްއިން އެކި ރަށްރަށުގައި ހަދަމުންގެންދާ ފުޓްސަލް ދަނޑުތައް ކަރަންޓް ވަޔަރ ކުރުމުގެ މަސައްކަތަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު IUL)447-PR/1/2018/59) އިޢުނާންއާއި ގުޅޭގޮތުން ދަންނަވަމެވެ.   

ހަވާލާދެވިފައިވާ އިޢުލާން އާއި ގުޅިގެން އަގު ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއް ދިނުމުގެ ގޮތުން، އެ އިޢުލާންގައިވާ އަގު ހުށަހެޅުމުގެ މުއްދަތު 2018 ޖޫން 11 ވާ ހޯމަ ދުވަހާ ހަމައަށް އިތުރު ކުރެވިފައިވާ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2018 ޖޫން 11 ވާ ހޯމަ ދުވަހުގެ 13:00އަށް މި ސަރވިސަސްއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.

މި އިޢުލާންއާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް 3020853 ނަންބަރު ފޯނަށް ރަސްމީގަޑީގައި ގުޅުއްވުންއެދެމެވެ.

 23 ރަމަޟާން  1439 

07 ޖޫން 2018