ޢާންމު މަޢުލޫމާތު
ނަންބަރު: 01/2018
ޕަބްލިޝްކުރި ތާރީޚް: 29 މޭ 2018
ޕަބްލިޝްކުރި ގަޑި: 1326
ސުންގަޑި: 07 ޖޫން 2018 1400
ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ހައުސްކީޕަރ/ކަނޑުހުޅުދޫ މެޖިސްޓްރޭޓު ކޯޓު

 

ވަޒީފާގެ ފުރުޞަތު

ނަންބަރު: 2018/01

ތާރީޚް: 29 މެއި 2018 

މަޤާމް

ހައުސްކީޕަރ

ރޭންކް: SS1

ޢަދަދު

01 (އެކެއް)

ސެކްޝަން:

މަސައްކަތް ކުރަންޖެހޭ ތަން

ގއ.ކަނޑުހުޅުދޫ މެޖިސްޓްރޭޓު ކޯޓު

އަސާސީ މުސާރަ

3,100/- (ތިންހާސް އެއްސަތޭކަ ރުފިޔާ) 

އެލަވަންސް

 

-          ޖުޑީޝަލް އެލަވަންސް: މުސާރައިގެ %25

-          ސާވިސް އެލަވަންސް: -/1,000 (އެންހާސް ރުފިޔާ)

-          ލިވިންގ އެލަވަންސް: -/2,550 (ދެހާސް ފައްސަތޭކަ ފަންސާސް ރުފިޔާ)

-          ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

 

އަސާސީ ޝަރުތު

 

- ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުއިން ސާބިތުކޮށްދިނުން

މަޤާމުގެ މައިގަނޑު މަސައްކަތް

 

ކޯޓާއި ކޯޓު ހިމެނޭ ސަރަހައްދު ފޮޅާ ސާފްކުރުން، ކޯޓުން އުކާލަންޖެހޭ ކުނިއުކާލުން، ފާޚާނާތަކާއި، ސައިކޮޓަރިފަދަ ތަންތަން ސާފްކުރުން، ކޯޓުން އެކިފަރާތްތަކަށް ރައްދުކުރަންޖެހޭ ތަކެތި ރައްދުކުރުމުގެ މަސައްކަތްކުރުން، އެކިފަރާތްތަކުން ކޯޓަށް ފޮނުވާ ތަކެތި ބޯޓުންބާލައި ކޯޓަށް ގެނައުން، ކޯޓުގެ ބޭނުންތަކަށް ކޯޓަށް ވަޑައިގަންނަވާ ފަރާތްތަކަށް މެހްމާންދާރީ އަދާކުރުމުގައި އެހީތެރިވުން، މީގެ އިތުރުން ކޯޓުން އަންގާ އެންމެހާ ރަސްމީ މަސައްކަތް ކުރުން

 

ހުށަހަޅަންޖެހޭ ތަކެތި

 

  1. ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމް (މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ފުރަންޖެހޭ ވަޒީފާއަށް އެދޭ ފޯމް، ކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި www.judiciary.gov.mv ން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
  2. ކުރިމަތިލާ ފަރާތުގެ ވަނަވަރު
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
  5. އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކާއި، މަޤާމުގައިވީ މުއްދަތާއި، އަދާކުރި މަސްޢޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

 

ސުންގަޑި

 

2018 ޖޫން 07 ވާ ބްރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ގއ.ކަނޑުހުޅުދޫ މެޖިސްޓްރޭޓު ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު

 

މަޢުލޫމާތު ސާފްކުރެއްވުމަށް ގުޅޭނެ ނަންބަރަކީ 6820056

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތް ހޮވުމަށް ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި، ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި އިންޓަރވިއު ކުރެވޭނެއެވެ.

 

މަޤާމުތަކަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް

 

-          ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެފަދަ ފަރާތަކަށްވުން

-          ދަތުރުކުރަންޖެހިއްޖެ ހާލަތެއްގައި ދަތުރުކުރެވޭނެފަދަ ސިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން

-          ދަޢުލަތުގެ އިދާރާއަކުން ނުވަތަ ދަޢުލަތުގެ ސަލާމާތީ އިދާރާއަކުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި ބެކްގްރައުންޑް ޗެކްކުރުމުން ފާސްނުވާ ފަރާތްތަކަށް އިސްކަމެއް ނުދެވޭނެއެވެ.

 

2018-05-29