| 
 މަޤާމް:   
 | 
 ސޭފްޓީ އޮފިސަރ 
 | 
| 
 ބޭނުންވާ ޢަދަދު:    
 | 
 01 
 | 
| 
 މަޤާމުގެ ގިންތި: 
 | 
 ދާއިމީ 
 | 
| 
 ވަޒީފާ އަދާކުރަން ޖެހޭ ތަން: 
 | 
 ކާޑެއްދޫ އެއަރޕޯޓް / ގދ.ކާޑެއްދޫ 
 | 
| 
 މުސާރަ:  
 | 
 މަހަކު -/4,465 ރުފިޔާ 
 | 
| 
 ސަރވިސް އެލެވަންސް: 
ސްޕެޝަލް ޑިއުޓީ އެލަވަންސް:  
 | 
 މަހަކު -/1,500 ރުފިޔާ 
މަހަކު 1562/75 ރުފިޔާ 
 | 
| 
 ސަޕޯޓިންގ ކޯ އެލަވަންސް: 
 | 
 މަހަކު -/700 ރުފިޔާ 
 | 
| 
 އެޓެންޓެންސް އެލަވަންސް: 
 | 
 -/25 ރުފިޔާ (މަސައްކަތަށް ނުކުންނަ ދުވަހަކަށް) 
 | 
| 
 ކޮއްތު ފައިސާ: 
 | 
 -/100 ރުފިޔާ (މަސައްކަތަށް ނުކުންނަ ދުވަހަކަށް) 
 | 
| 
 އިތުރު ޢިނާޔަތްތައް:  
 | 
 ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީ ފައިސާ. 
 | 
| 
   
 | 
   
 | 
| 
 މަޤާމުގެ މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް: 
 | 
 ކާޑެއްދޫ އެއަރޕޯޓުގެ އެއަރޕޯޓް ސޭފްޓީގެ ކަންކަން އައިކާއޯ އާއި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މިންގަޑަށް ފެއްތުން. 
- އެއަރޕޯޓްގެ ސޭފްޓީ މެނޭޖްމަންޓް ސިސްޓަމް (SMS) މެނުއަލް ތައްޔާރުކޮށް އަޕްޑޭޓްކުރުމާއި، އެއަރޕޯޓްގައި ހިންގަންޖެހޭ އިމަޖެންސީ އެކްސަރސައިޒްތައް ކަނޑައެޅިފައި އޮންނަ ޝެޑިއުލާއި އެއްގޮތަށް ރާވާހިންގުމަށް ވާންޖެހޭ ތައްޔާރީތަކާއި އިންތިޒާމުތައް މެނޭޖަރުގެ އިރުޝާދާއެކު ކުރުން.
 
- ސޭފްޓީ މެނޭޖްމަންޓް ސިސްޓަމާއި އެއަރޕޯޓް އިމަޖެންސީ އާއި ބެހޭގޮތުން ޓްރެއިނިންގ ޕްރޮގްރާމްތައް ޑިވެލޮޕްކޮށް ތައްޔާރުކުރުމާއި، އެއަރޕޯޓްގެ އެހެންދާއިރާތަކުގެ އެސް.އޯ.ޕީ ތައް ތައްޔާރުކުރުމުގައި އެހީތެރިވެދިނުމާއި، އެއަރޕޯޓްގެ މުވައްޒަފުންނާއި، އެއަރލައިންތަކާއި، ސާރވިސް ކޮމްޕެނީތަކާއި، އެއަރޯނޮޓިކަލް އަދި ގުޅުންހުރި ނޮން-އެއަރޯނޮޓިކަލް ފަރާތްތައް ހޭލުންތެރިކުރުވުމުގެ ގޮތުން SMS އާއި އެއަރޕޯޓް އިމަރޖެންސީ ޕްލޭނާއި ބެހޭގޮތުން ޓްރެއިނިންގ ސެޝަންތައް ހިންގުން.
 
- އެއަރޕޯޓްގެ އެއަރފީލްޑް ފެސިލިޓީސް، ރަންވޭ، ޓެކްސީވޭ، ސެފްޓީ އޭރިއާސް، ޕޭވްކޮށްފައިވާ އެރިއާ، ޕޭވްނުކޮށްވާ ސާރފަސެސް، ލައިޓިންގ، ސައިނޭޖާއި މާރކިންގ، ސެކިއުރިޓީ އަދި ސެފްޓީ އާއި ގުޅުންހުރި އެސެޓް (ފެންސް، ގޭޓްތައް، ނެވިގޭޝަނަލް އެއިޑްތައް ފަދަ)، އެއަރޯނޮޓިކަލް ފެސިލިޓީސްތައްހުރީ ސޭފްޓީ އާއި ސެކިއުރިޓީ ގެ ޤަވާޢިދުތަކާއި މިންގަޑުތަކަށް ފެތޭގޮތަށްތޯ ބަލައި ކަށަވަރުކުރުން. އަދި އެއަރޕޯޓްގެ ވައިލްޑް ލައިފް ކޮންޓްރޯލް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
 
- ސޭފްޓީ އާއި ސެކިއުރިޓީއާއި ގުޅިގެންދިމާވާ އިންސިޑެންޓް، އެކްސިޑެންޓްތައް އިންވެސްޓިގޭޓް ކޮށް ރިޕޯޓް ތައްޔާރުކުރުމާއި ކުރިޔަށް އޮތްތަނުގައި ހިގާފާނެ ޙާދިސާއަކުން ރައްކާތެރި ވުމުގެގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމުގައި މެނޭޖަރަށް ލަފާއެރުވުމާއި، ޤަވާޢިދާއި ޕޮލިސީ އަދި ޕްރޮސީޖަރ ތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގައި މެނޭޖަރަށް އެހީތެރިވެދިނުން. އެއަރޕޯޓަށް ވަޑައިގަންނަވާ ވީ.އައި.ޕީ ފަރާތަށް އެސްކޯޓް ކުރުމާއި އެފަރާތްތަކަށް އެއަރޕޯޓުން ދެވޭ ޚިދުމަތް ދިނުމުގެ އިންތިޒާމް ހަމަޖެއްސުން.
 
-  އެއަރޕޯޓްގެ އޮޕަރޭޝަނަލް ކަންޑިޝަންސް އާއި ގުޅިގެން އިޝޫކުރަންޖެހޭ ނޮޓޭމް އިޝޫ ކުރުމާއި ސޭފްޓީ ރެގިއުލޭޝަންތައް ތަންފީޒުކުރުމަށް މަސައްކަތްކުރުން. އަދި އެއަރސައިޑް ވެހިކަލްތަކާއި މީހުންގެ ޙަރަކާތްތަކާއި އެއަރފީލްޑް އިކްއިޕްމެންޓްސް މޮނިޓަރ ކުރުމާއި އޮޕަރޭޝަނަލް އެފިޝެންސީ ކަށަވަރުކުރުން.
 
- ޕްރޮފެޝަނަލް މިންގަޑުތައް ހިފެހެއްޓުމާއި މަސައްކަތަށް ބޭނުންވާ ހުރަނު އިތުރުކުރުމަށްޓަކައި މަސައްކަތްކުރުމާއި، ޓެކްނިކަލް މަޢުލޫމާތު މުއްސަދި ކުރުމަށް އަބަދުވެސް މަސައްކަތްކުރުން.
 
- މަތީގައިވާ މަސައްކަތްތަކުގެ އިތުރުންވެސް، ދިވެހިރާއްޖޭގެ ވަޒީފާއާބެހޭޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ޤަވައިދާ އެއްގޮތްވާގޮތުގެ މަތިން އޮފީހުން އަންގާ މަސައްކަތްތައްކުރުން.
 
  | 
| 
   
 | 
   
 | 
| 
 މަޤާމުގެ ޝަރުތުތައް: 
 | 
- ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށް ވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން "ސެކަންޑަރީ ސްކޫލް" ނުވަތަ " ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކްޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާ އިން ދަށް ވެގެން 'ސީ' ގްރޭޑް ލިބިފައިވުން.  
 
 
  
 | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް 
 | 
- ފުރިހަމަކުރެވިފައިވާ ވަޒީފާއަށް އެދޭ ފޯމު (ކާޑެއްދޫ އެއަރޕޯޓް އޮފީހުން ލިބެން ހުންނާނެއެވެ. ނުވަތަ http://www.csc.gov.mv/dv/downloads/7085 އިން މިފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ)
 
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
 
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
 
- ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާއަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
 
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:
 
 
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތީރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. 
(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. 
- ވަޒީފާގެ މަސައްކަތު ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.
 
- ސިވިލް ސާރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
 
- މަސައްކަތު ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.
 
 
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 
(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އާދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް. 
 | 
| 
   
 | 
   
 | 
| 
 ވަޒީފާ އަށް އެންމެ ޤާބިލު  
ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް 
  
 | 
- ޙާސިލުކޮށްފައިވާތަޢުލީމާއި، ތަމްރީނަށްބަލައިގެން.
 
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
 
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
 
- ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ އިންސައްތަ %45 އަށްވުރެމަތިވުން.
 
  | 
| 
 މަޤާމަށް އެދެންވީގޮތާއި ސުންގަޑި 
 | 
 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 30 މެއި 2018 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، ކާޑެއްދޫ އެއަރޕޯޓް އޮފީހަށެވެ. ވަޒީފާ އަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް     ([email protected]) މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 
 | 
| 
   
 | 
   
 | 
| 
 އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު 
 | 
 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 31 މެއި 2018 އާއި 30 ޖޫން 2018 އާ  ދެމެދު، ކާޑެއްދޫ އެއަރޕޯޓް އޮފީސް . ގދ.ކާޑެއްދޫ ގައެވެ. 
 | 
| 
   
 | 
   
 | 
| 
 ޝޯޓް ލިސްޓްކުރުން 
  
 | 
 މިވަޒީފާއަށް ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި، ވަޒީފާ އަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ. 
 | 
| 
   
 | 
   
 | 
| 
 އިތުރު މަޢުލޫމާތު ހޯދުން 
  
 | 
 މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 6840012 އެވެ.އީމެއިލް ކުރާނީ ([email protected]) އަށެވެ. 
 |