| 
 މަޤާމް:  
 | 
 ސަބް އޮފިސަރ 
 | 
| 
 ބޭނުންވާ ޢަދަދު:   
 | 
 01 
 | 
| 
 މަޤާމުގެ ގިންތި: 
 | 
 ދާއިމީ 
 | 
| 
 ވަޒީފާ އަދާކުރަން ޖެހޭ ތަން: 
 | 
 ކާޑެއްދޫ އެއަރޕޯޓް / ގދ.ކާޑެއްދޫ 
 | 
| 
 މުސާރަ:  
 | 
 މަހަކު -/4,600 ރުފިޔާ 
 | 
| 
 ސަރވިސް އެލެވަންސް: 
ސްޕެޝަލް ޑިއުޓީ އެލަވަންސް:  
 | 
 މަހަކު -/1,500 ރުފިޔާ 
މަހަކު -/1,610 ރުފިޔާ 
 | 
| 
 ސަޕޯޓިންގ ކޯ އެލަވަންސް: 
 | 
 މަހަކު -/700 ރުފިޔާ 
 | 
| 
 އެޓެންޓެންސް އެލަވަންސް: 
 | 
 -/25 ރުފިޔާ (މަސައްކަތަށް ނުކުންނަ ދުވަހަކަށް) 
 | 
| 
 ރިސްކް އެލަވަންސް: 
 | 
 -/25 ރުފިޔާ (މަސައްކަތަށް ނުކުންނަ ދުވަހަކަށް) 
 | 
| 
 ކޮއްތު ފައިސާ: 
 | 
 -/100 ރުފިޔާ (މަސައްކަތަށް ނުކުންނަ ދުވަހަކަށް) 
 | 
| 
 އިތުރު ޢިނާޔަތްތައް:  
 | 
 ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީ ފައިސާ. 
 | 
| 
   
 | 
   
 | 
| 
 މަޤާމުގެ މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް: 
 | 
 ކާޑެއްދޫ އެއަރޕޯޓްގެ އެއަރޕޯޓް ފަޔަރ އެންޑް ރެސްކިއުގެ ޚިދުމަތް ފޯރުކޮށްދިނުން. 
- ޑިއުޓީގައި ދަށުން މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށް މަސައްކަތްތަކާއި ބެހޭގޮތުން އިރުޝާދު ދިނުމާއި، ރާވާފައި އޮންނަ ތާވަލާއި އެއްގޮތަށް މަސައްކަތްތަށް ހިގާތޯބަލައި ޗެކްކުރުން.
 
- އިމަޖެންސީ ޙާލަތްތަކުގައި އިސްކޮށް ހުންނަ އޮފިސަރަކު ޑިއުޓީ ކޮމާންޑް އާއި ޙަވާލުވަންދެން އެސް.އޯ.ޕީ ގައިވާގޮތަށް މަސައްކަތްކުރުމާއި، ސީނިއަރ އޮފިސަރަކުނެތް ޙާލަތެއްނަމަ އޮޕަރޭޝަން ނިމެންދެން ސީނިއަރ އޮފިސަރގެ ރޯލް އަދާކުރުން.
 
- އެއަރޕޯޓްގެ ވަށައިގެންވާ ފަރުގެ އެތެރޭގެ ސަރަޙައްދުގައި މަތިންދާ ބޯޓަށް ދިމާވާ ޙާދިސާ ތަކުގައި މީހުންސަލާމަތްކުރުމަށާއި، އަލިފާން ނިއްވުމުގެ މަސައްކަތަށް ތައްޔާރުވެތިބުން. އަދި މަތީގައި ބުނެވިދިޔަ ހާދިސާތަކުގައި، ދަށުން މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށް ސްޕަވައިޒް ކުރުން. ރެސްކިއު އެންޑް ފަޔަރ ފައިޓިންގ އާއި ގުޅޭގޮތުން، ފަޔަމަނުން ހާނުވާފައި ބޭތިއްބުމަށްޓަކައި ދެވޭ ޓްރެއިނިންގ (ކޮންޓިނުއޭޝަން ޓްރެއިނިންގ) ޕްރޮގްރާމްގެ ދަށުންދެވޭ ހުރިހާ ޓްރެއިނިންގ އެއްގައި ބައިވެރިވުން.
 
- މަތީގައި ބުނެވިދިޔަ ޙާދިސާތަކާ ގުޅިގެން ބޭނުންކުރަންޖެހޭ ރެސްކިއު އެންޑް ފަޔަރ ފައިޓިންގ އިކްއިޕްމަންޓްސްތަކާއި ވެހިކަލްތައް ހުރީ ތައްޔާރީ ޙާލަތުގައިތޯ ބަލައި ދުވަހުން ދުވަހަށް ޗެކްކުރުވުން.
 
- ވެހިކަލް ނުވަތަ އިކްއިޕްމަންޓް އަކަށް މައްސަލައެއްޖެހި މަސައްކަތަށް ބޭނުންވާ ނުކުރެވޭފަދަ ގޮތެއް ވެއްޖެނަމަ، ސީނިއަރ އޮފިސަރ އަކަށް ވަގުތުން އެންގުން.
 
- ޕްރޮފެޝަނަލް މިންގަޑުތައް ހިފެހެއްޓުމާއި މަސައްކަތަށް ބޭނުންވާހުރަނު އިތުރުކުރުމަށްޓަކައި މަސައްކަތްކުރުމާއި، ޓެކްނިކަލް މަޢުލޫމާތު މުއްސަދި ކުރުމަށް އަބަދުވެސް މަސައްކަތްކުރުން އަދި ތާވަލާއި އެއްގޮތަށް ފިޒިކަލް ޓްރެއިނިންގ ފުރިހަމަކުރުން.
 
- މަތީގައިވާ މަސައްކަތްތަކުގެ އިތުރުންވެސް، ދިވެހިރާއްޖޭގެ ވަޒީފާއާބެހޭޤާނޫނާއި، ޤަވައިދާ އެއްގޮތްވާގޮތުގެ މަތިންއޮފީހުން އަންގާ މަސައްކަތްތައްކުރުން.
 
  | 
| 
   
 | 
   
 | 
| 
 މަޤާމުގެ ޝަރުތުތައް: 
 | 
- ލީޑިންގ ފަޔަރމަން ގެ މަޤާމްގައި މަދުވެގެން 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއި، އައި.ކާ.އޯ ޤަބޫލުކުރާ އިންސިޓިއުޓަކުން ބޭސިކް ފަޔަފައިޓަރ ކޯސް ފުރިހަމަކޮށް ފަސްވެފައިވުމާއި، ލީޑިންގ ފަޔަރމަން ކޯސް ފުރިހަމަކޮށް ފާސްވެފައިވުން ނުވަތަ އެއަރޕޯޓް ރެސްކިއު އެންޑް ފަޔަރފައިޓިންގ ވެހިކަލް އެޕަރޭޓަސް ޑްރައިވަރ އޮޕަރޭޓަރ ކެޓް 5 ކޯސް (50 އަވާރސް) ފުރިހަމަކޮށް ފާސްވެފައިވުމާއި، އެއަރޕޯޓް އެޑްވާންސް ފަޔަރ ފައިޓަރ ކޯސް ނުވަތަ އެއަރޕޯޓް އެޑްވާންސް ފަޔަރ ފައިޓަރ ކޯހާއި އެއްވަރުގެ ކޯހެއް ފުރިހަމަކޮށް ފާސްވެފައިވުން.
 
 
       ނުވަތަ 
- ފަޔަރފައިޓިންގ ދާއިރާގައި 1 އަހަރު ދުވަހުއުޅެ ތަޖުރިބާ ލިބިފައިވުމާއި، އައި.ކާ.އޯ ޤަބޫލުކުރާ އިންސިޓިއުޓަކުން ބޭސިކް ފަޔަފައިޓަރ ކޯސް ފުރިހަމަކޮށް ފަސްވެފައިވުމާއި، ލީޑިންގ ފަޔަރމަން ކޯސް ފުރިހަމަކޮށް ފާސްވެފައިވުން ނުވަތަ އެއަރޕޯޓް ރެސްކިއު އެންޑް ފަޔަރފައިޓިންގ ވެހިކަލް އެޕަރޭޓަސް ޑްރައިވަރ އޮޕަރޭޓަރ ކެޓް 5 ކޯސް (50 އަވާރސް) ފުރިހަމަކޮށް ފާސްވެފައިވުމާއި، އެއަރޕޯޓް އެޑްވާންސް ފަޔަރ ފައިޓަރ ކޯސް ނުވަތަ އެއަރޕޯޓް އެޑްވާންސް ފަޔަރ ފައިޓަރ ކޯހާއި އެއްވަރުގެ ކޯހެއް ފުރިހަމަކޮށް ފާސްވެފައިވުމާއި، ޖޫނިއަރ އޮފިސަރ ކޯސް ނުވަތަ އެއަރޕޯޓް ފަޔަރ އޮފިސަރ ކޯސް ނުވަތަ މި ކޯހާއި އެއްވަރުގެ ކޯހެއް ފުރިހަމަކޮށް ފާސްވެފައިވުން.
 
 
  
 | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް 
 | 
- ފުރިހަމަކުރެވިފައިވާ ވަޒީފާއަށް އެދޭ ފޯމު (ކާޑެއްދޫ އެއަރޕޯޓް އޮފީހުން ލިބެން ހުންނާނެއެވެ. ނުވަތަ http://www.csc.gov.mv/dv/downloads/7085 އިން މިފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
 
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
 
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
 
- ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާއަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
 
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:
 
 
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތީރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. 
(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. 
- ވަޒީފާގެ މަސައްކަތު ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.
 
- ސިވިލް ސާރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
 
- މަސައްކަތު ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.
 
 
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 
(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އާދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް. 
 | 
| 
   
 | 
   
 | 
| 
 ވަޒީފާ އަށް އެންމެ ޤާބިލު  
ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް 
  
 | 
- ޙާސިލުކޮށްފައިވާތަޢުލީމާއި، ތަމްރީނަށްބަލައިގެން.
 
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
 
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
 
- ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ އިންސައްތަ %45 އަށްވުރެމަތިވުން.
 
  | 
| 
 މަޤާމަށް އެދެންވީގޮތާއި ސުންގަޑި 
 | 
 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 30 މެއި 2018 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، ކާޑެއްދޫ އެއަރޕޯޓް އޮފީހަށެވެ. ވަޒީފާ އަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް     ([email protected]) މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 
 | 
| 
   
 | 
   
 | 
| 
 އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު 
 | 
 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 31 މެއި 2018 އާއި 30 ޖޫން 2018 އާ  ދެމެދު، ކާޑެއްދޫ އެއަރޕޯޓް އޮފީސް . ގދ.ކާޑެއްދޫ ގައެވެ. 
 | 
| 
   
 | 
   
 | 
| 
 ޝޯޓް ލިސްޓްކުރުން 
  
 | 
 މިވަޒީފާއަށް ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި، ވަޒީފާ އަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ. 
 | 
| 
   
 | 
   
 | 
| 
 އިތުރު މަޢުލޫމާތު ހޯދުން 
  
 | 
 މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 6840012 އެވެ.އީމެއިލް ކުރާނީ ([email protected]) އަށެވެ. 
 |