| 
 މަޤާމް: 
 | 
 މެޑިކަލް އޮފިސަރ 
 | 
| 
 ރޭންކް: 
 | 
 އެމް.އެސް 4 (މެޑިކަލް ސަރވިސް 4) 
 | 
| 
 ކްލެސިފިކޭޝަން: 
 | 
 މެޑިކަލް ސަރވިސް 
 | 
| 
 މުސާރަ: 
 | 
 މަހަކު -/15,090 ރުފިޔާ 
 | 
| 
 ސަރވިސް އެލަވެންސް: 
ނޮންޕްރެކްޓިކްސް އެލަވްންސް: 
ފުޑް އެލަވަންސް: 
އެކޮމޮޑޭޝަން އެލަވަންސް:    
 | 
 މަހަކު -/3,500  ރުފޔާ 
މަހަކު 5,281/50 ރުފޔާ 
މަހަކު -/1,800 ރުފިޔާ 
މަހަކު -/2,500 ރުފިޔާ 
 | 
| 
 ބޭނުންވާ އަދަދު: 
 | 
 02 
 | 
| 
 މަސައްކަތް ކުރަންޖެހޭ ތަން:                
 | 
 މާފުށި ޖަލު، އައްސޭރި ޖަލު، މާލެ ޖަލު، އެޗް.ޑީ.ސީ އަދި އަހުލުވެރި މަރުކަޒު 
 | 
| 
 މަޤާމުގެ ޤިންތި:  
 | 
 ކޮންޓްރެކްޓް 
 | 
| 
 ފެންވަރު ނުވަތަ ޝަރުތު:                        
  
  
  
 | 
 މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، 
- އެމް.ބީ.ބީ.އެސް ޑިގްރީ ހާސިލުކޮށްފައި ވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލް ޤަބޫލުކުރާ ޑިގުރީ ސެޓްފިކެޓް ހާސިލްކޮށްފައި ވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލްގައި ރަޖިސްޓަރީކޮށް ޕްރެކްޓިސް ކުރުމުގެ ހުއްދަ ލިބިފައިވުން.
 
-  މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި އެއް އަހަރު ދުވަހުގެ އިންޓާންޝިޕް ލިބިފައިވުން.
 
-  މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި ތިން އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
 
- މީލާދީ ގޮތުން 18 (އަށާރަ) އަހަރު ފުރި، 45 (ސާޅީސް ފަހެއް) އަހަރު ނުވާ މީހަކު ކަމުގައިވުން،
 
- ޖިނާއީ އެއްވެސް ބާވަތެގެ ކުށެއް ކޮށްފައިވާ މީހަކަށް ނުވުމާއި،އެއްވެސް އިރެއްގައި މަސްތުވާ އެއްޗެއް ބޭނުންކޮށް އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ  ފަރާތެއްކަމުގައި ނުވުން.
 
 
 | 
| 
 މަޤާމުގެ މަސްޢޫލިއްޔަތު: 
  
 | 
- ޖަލުތަކުގައި ތިބޭ ގައިދީން ހަފްތާއަކު 03 ދުވަހު (އޯ.ޕީ.ޑީ) ގައި ބެލުން.
 
- ކޮންމެ ހަފްތާއަކު ޖަލުތަކަށް ޒިޔާރަތްކޮށް ބަލި މީހުން ބެލުން. ( ހަފްތާއަކު މަދުވެގެން އެއް ފަހަރު )
 
- ރަސްމީ ޑިއުޓީ ގަޑީގެ އިތުރުން އެމަޖެންސީ ހާލަތެއް މެދުވެރިވެއްޖެނަމަ އެޓެންޑްވުން.
 
- ބަންދުގައި ތިބޭ ޤައިދީންގެ ތެރެއިން ޙާއްސަ ބަލިތަކަށް ފަރުވާ ހޯދުމުންދާ ޤައިދީންގެ މަންތްލީ މެޑިކޭޝަން މޮނިޓަރ ކުރުމާއި ފޮލޯއަޕްސް މޮނިޓަރ ކުރުން.
 
 
  
 | 
   
 | 
| 
 މީހުން ހޮވުމުގައި އިސްކަން ދެވޭ ކަންތައްތައް:  
  
 | 
- ތަޢުލީމީ ފެންވަރު.
 
- ދާއިރާއިން ލިބިފައިވާ ތަޖުރިބާ.
 
 
  
 | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް:  
 | 
- ވަޒީފާއަށް އެދޭ ފޯމު. (މި ފޯމު މި ސަރވިސްގެ ވެބްސައިޓު www.corrections.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސަރވިސްގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.
 
- ބިދޭސީއެއްނަމަ ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.
 
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ޕާސްޕޯޓް ފޮޓޯ.
 
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯ ކޮޕީ.
 
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. ( ސީވީ ) 
 
- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކުނަމަ ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ ލިޔުމުގެ ކޮޕީ.
 
- ނެގި ފަހުން ތިން މަސްދުވަސް ހަމަނުވާ އިސްކޮޅު ފެންނަ ފޮޓޯއެއް.
 
- އިންޖީނުލީ އުޅަނދު ދުއްވާނަމަ ލައިލަންސްގެ ކޮޕީ.
 
- ޕޮލިސް ރިޕޯޓް.
 
- ބިދޭސީ އެއްނަމަ ފުރާފައިވާ މޯލެޑިވްސް މެޑިކަލް ކައުންސިލްގެ ރެޖިސްޓްރޭޝަން ފޯމު.
 
- ބިދޭސީއެއްނަމަ މި އިޢުލާންގައިވާ ލިޔެކިއުންތަކުގެ އިތުރުން މޯލެޑިވްސް މެޑިކަލް ކައުންސިލްގެ ރެޖިސްޓްރޭޝަން ފޯމްގައި ހިމެނިފައިވާ ހުރިހާ ލިޔެކިއުންތައް.
 
- ސިވިލް ސަރވިސްއަށް / ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ކޮޕީ.
 
- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކުނަމަ ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ ލިޔުމުގެ ކޮޕީ.
 
 
  
 | 
| 
 ސުންގަޑި: 
  
 | 
- މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ހުށައަޅަންޖެހޭ ލިޔެކިއުންތަކާއި އެކު 09 މެއި 2018 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ( ޣާޒީ ބިލްޑިންގ/ ގްރައުންޑް ފްލޯރ) އަށް ހުށަހެޅުއްވުން އެދެމެވެ.
 
- ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމާއި ޝަރުޠު ހަމަނުވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމުތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
 
- ހުށަހަޅުއްވާފައިވާ ލިޔެކިއުންތައް ސައްހަ ނޫންކަމަށް ސާބިތުވެއްޖެނަމަ ފޯމް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
 
- ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެ އެވެ.
 
 
  
 | 
| 
 ޝޯޓް ލިސްޓްކުރުން: 
 | 
- މި ވަޒީފާއަށް އެދި ހުށައަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
 
 
 | 
| 
 މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކުރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ: 
 | 
   %50 ( ފަންސާސް އިންސައްތަ) 
 | 
| 
 މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް: 
  
 | 
  މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3026115 ނަންބަރު ފޯނަށް، ނުވަތަ 3026114 ނަންބަރު ފޯނަށެވެ. 
އީ މެއިލް: [email protected] 
 | 
| 
 (ފޯމާއެކު ހުށަހަޅުއްވާ ހުރިހާ ލިޔެކިއުންތައް ހުންނަންވާނީ ފޯމާއެކު ހީރަސްޖަހާ ސަފުހާ ނަންބަރު ޖަހާފައެވެ.) 
 |