|
މަޤާމް
|
މެނޭޖަރ
|
|
އަސާސީ މުސާރަ
|
މަހަކު -/10500 ރުފިޔާ
|
މަޤާމުގެ ބާވަތް
|
01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް
|
|
މަޤާމުގެ ރޭންކް
|
އީ.އެކްސް 4
|
ބޭނުންވާ ޢަދަދު
|
02
|
|
މަސައްކަތް ކުރަންޖެހޭތަން
|
ޕަބްލިކް ސަރވިސް މީޑިއާ
|
ޑިޕާޓްމަންޓް
|
އެގްޒެކްޓިވް ބިއުރޯ
|
|
އިތުރު ޢިނާޔަތްތައް
|
ސަރވިސް އެލަވަންސް: ވަޒީފާ އަށް ނިކުންނަ ކޮންމެ ދުވަހަކަށް -/116.67 ރުފިޔާ
ސަޕޯރޓް އެލަވަންސް: ވަޒީފާ އަށް ނިކުންނަ ކޮންމެ ދުވަހަކަށް -/116.67 ރުފިޔާ
|
|
މަޤާމުގެ ޝަރުތު:
|
- މަޤާމުގެ މަސްޢޫލިއްޔަތާއި ގުޅޭ ދާއިރާއަކުން އަންޑަރގްރެޖުއޭޓް ޑިގްރީ އެއް އޮތުމާއެކު 3 (ތިނެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ ދާއިރާގެ ސެކްޝަންގެ އިސްމަޤާމެއްގައި 5 (ފަހެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- އެގްޒެކެޓިވް ބިއުރޯގެ އިދާރީމަސައްކަތްތައް ރާވައި، ހިންގުމުގެ އިންތިޒާމްކޮށް، ބެހެއްޓުން.
- އިސް މެނޭޖްމަންޓްއިން އެކި ފަރާތްތަކަށް ޖަވާބުދާރީވުމަށް ބޭނުންވާ ދިރާސާތައް ކޮށް، ރިޕޯޓާއި، ލިޔުންތައް އެކުލަވާލުން.
- ކުންފުނީގެ ޑިޕާޓްމަންޓްތަކުގެ ވެރިންގެ ބައްދަލުވުންތަކާއި އެ ނޫންވެސް ޓޮޕް މެނޭޖްމަންޓް އިން ބާއްވަން ބޭނުންވާ ބައްދަލުވުންތައް އިންތިޒާމްކުރުމާއި އެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔުމާއި ކަމާބެހޭ ރެކޯޑްތައް މޮނިޓަރ ކުރުން.
- އިސްމެނޭޖްމަންޓް ބައިވެރިވާ އެކި ޖަލްސާތަކަށް ބޭނުންވާ ކަމާގުޅޭ މަޢުލޫމާތު އެއްކޮށްދީ، ލިޔެކިޔުންތައް ތައްޔާރުކުރުން.
- ކުންފުނިން ހިންގާ ޕްރޮޖެކްޓްތައް ކުރިއަށްދާ މިންވަރު މޮނިޓަރކޮށް އިސް މެނޭޖްމަންޓަށް އަޕްޑޭޓް ފޮނުވުން.
|
|
ވަޒީފާ އަށް އެންމެ ގާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
- ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ
- މަސައްކަތާއި ގުޅޭ ގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އާވިސްނުންތައް ހުރި މިންވަރު
- ދިވެހި އަދި އިގިރޭސި ބަހުން މުޢާމަލާތް ކުރުމުގެ ހުނަރު
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދޭ ކަމުގެ ސިޓީއާއި ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާސްންކްރިޕްޓްތަކުގެ ކޮޕީ. (ރާއްޖެއިން ބޭރުން ހަދާފައިވާ ކޯހެއްނަމަ ސެޓްފިކެޓް ހުށަހަޅަންވާނީ ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރުމަށް ފަހުގައެވެ.)
- ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ
- ޕޮލިސް ރިޕޯޓް
- ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.
|
|
އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:
|
- އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
|
|
ސުންގަޑި
|
މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2018 އޭޕްރީލް 28 ވަނަ ދުވަހުގެ 12:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/career އަށް ލިއުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ.
|
|
އިތުރު މަޢުލޫމާތު:
|
މަޢުލޫމާތު ހޯއްދެވުމަށް 3000210،3000268 އާއި ގުޅުއްވުން އެދެމެވެ.
|