ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)MHCL-ADM/1/2018/11
ޕަބްލިޝްކުރި ތާރީޚް: 15 އޭޕްރިލް 2018
ޕަބްލިޝްކުރި ގަޑި: 12:03
ސުންގަޑި: 30 އޭޕްރިލް 2018 12:30
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ޢުމްރާއަށް ރަޖިސްޓްރީ ކުރުމާއި ފައިސާ ދެއްކުމުގެ މުއްދަތު އިތުރުކުރުން

އިޢުލާން

 

     މި ކޯޕަރޭޝަންގެ ފަރާތުން 1439ހ. ވަނަ އަހަރުގެ ރަމަޟާން މަހުގެ ފަހު ފަނަރައިގައި ކުރުމަށް ހަމަޖެހިފައިވާ ޢުމްރާ ދަތުރަށް ރަޖިސްޓަރ ކުރުމާއި ފައިސާ ބަލައިގަތުމުގެ މުއްދަތު، 30 އޭޕްރީލް 2018 ވާ ހޯމަ ދުވަހުގެ ނިޔަލަށް އިތުރު ކުރެވިފައިވާކަން އަންގައި އިޢުލާން ކުރަމެވެ. މިއަހަރުގެ ޢުމްރާ ދަތުރަށް މި ކޯޕަރޭޝަނުން ކަނޑައަޅާފައިވާ އަގަކީ -/37,965 (ތިރީސް ހަތްހާސް ނުވަ ސަތޭކަ ފަސްދޮޅަސް ފަހެއް) ދިވެހި ރުފިޔާއެވެ.

     ޢުމްރާއަށް ރަޖިސްޓްރީ ވުމަށް އެދޭ ފޯމާއި ފައިސާ ބަލައިގަތުން، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން ފެށިގެން މެންދުރު 12:30 ގެ ނިޔަލަށް ކުރިއަށްދާނެ ވާހަކަ ދެންނެވީމެވެ. މިކަމާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުނަމަ، މިކޯޕަރޭޝަންގެ ނަންބަރު 3011000 އަށް ގުޅުއްވުން އެދެމެވެ.

15 އޭޕްރިލް 2018