ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މި އޮފީހުގެ ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި އޮފީހުގެ ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލު މީހުންނެވެ.
މިވަގުތު މިއޮފީހުގައި ހުރި ހުސް މަގާމު:
| 
 1. މަގާމުގެ ނަން  | 
 ޑެޕިއުޓީ ލީގަލް އޮފިސަރ  | 
| 
 ރޭންކް:  | 
 ޕީ.އޯ.އެލް. 3  | 
| 
 ޑިޕާޓްމަންޓް/ ސެކްރެޓޭރިއެޓް/ ސެކްޝަން:  | 
 ލީގަލް އެފެއާޒް ސެކްޝަން  | 
| 
 ބޭނުންވާ އަދަދު:  | 
 1 (އެކެއް)  | 
| 
 އަސާސީ މުސާރަ:  | 
 -/8,910 ރުފިޔާ  | 
| 
 ސަރވިސް އެލަވަންސް:  | 
 -/2,000 ރުފިޔާ  | 
| 
 ޚާއްޞަ އެލަވަންސް:  | 
 4,009/50 ރުފިޔާ (އަސާސީ މުސާރައިގެ %45)  | 
| 
 ލިވިންގ އެލަވަންސް:  | 
 -/2,500 ރުފިޔާ  | 
| 
 މަގާމުގެ ޝަރުޠު: 
  | 
 
 - ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން. 
  | 
| 
 މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:  | 
 - އޮފީހުގެ ޑިޕާޓްމަންޓް/ސެކްރެޓޭރިއެޓް/ސެކްޝަންތަކުން ހުށަހަޅާ މައްސަލަތަކުގައި ޤާނޫނީ ލަފާ ތައްޔާރުކުރުމާއި، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހޭ ޤާނޫނީ ބިލްތަކާއި، މައްސަލަތަކާއި، ޤާނޫނު އަސާސީއާއި ޤާނޫނުތަކުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަން ޖެހިވަޑައިގަންނަވާ ކަންކަން ހުށަހެޅުއްވުމަށްޓަކައި ތައްޔާރުކުރަން ޖެހޭ ލިޔުންތައް ތައްޔާރުކުރުން. 
  | 
| 
 ހުށަހަޅަންޖެހޭ ތަކެތި:  | 
  | 
| 
 އިތުރު މަޢުލޫމާތު :  | 
 މި މަގާމަށް ޝަރުޠު ފުރިހަމަވާ މީހުން، މަތީގައި ބަޔާންކޮށްފައިވާ ލިޔުންތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމާއެކު، 16 އެޕްރީލް 2018 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން، މި އޮފީހުގެ ރިސެޕްޝަން ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ. މި މަގާމުތަކަށް އިންޓަރވިއު ކުރެވޭނީ، މަގާމުގެ ޝަރުޠު ހަމަވެ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކާއެވެ. އަދި އިންޓަރވިއުއަށް ޝޯޓް ލިސްޓު ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް، މަގާމަށް ހޮވިފައިނުވާކަމުގެ ސިޓީ ނުފޮނުވޭނެކަމުގައިވެސް ދެންނެވީމެވެ. ވަޒީފާއަށް އެދި ފޯމު ހުށަހަޅާއިރު އެދުނު މަގާމުގެ ނަމާއި ޑިޕާޓްމަންޓް/ ސެކްރެޓޭރިއެޓް/ ސެކްޝަން ސާފުކޮށް އެނގޭގޮތަށް ޖެއްސެވުން އެދެމެވެ. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު" މި އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިއޮފީހުގެ ރިސެޕްޝަން ކައުންޓަރުންވެސް ފޯމު ލިބެންހުންނާނެއެވެ. މި އޮފީހުގެ ވެބްސައިޓްގެ އެޑްރެހަކީ www.presidencymaldives.gov.mv އެވެ.  |