ދިވެހިރާއްޖެ
އިޢުލާން
މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.
މިސަރވިސަސްއިން މާލެއާއި އަތޮޅުތަކުގައި ހިންގާ ޕްރޮޖެކްޓްތަކުގެ މަސައްކަތަށް ލޭބަރުން ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ފުރަތަމަ ނަންބަރު IUL)447-PR/1/2018/24) (02 އެޕްރީލް 2018) އިޢުލާންއާއި ގުޅިގެން ހުށަހެޅިފައިވާ އަންދާސީ ހިސާބުގެ މަޢުލޫމާތު ފުރިހަމަ ނުވާތީ ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.
މިސަރވިސަސްއިން މާލެއާއި އަތޮޅުތަކުގައި ހިންގާ ޕްރޮޖެކްޓްތަކުގެ މަސައްކަތަށް ތިރީގައިވާ ޢަދަދަށް ލޭބަރުން ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
30 ސްކިލްޑް ލޭބަރުން
60 ލޭބަރުން
10 އޮޕަރޭޓަރުން
10 ޑްރައިވަރުން
15 މޭސަނުން
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 10 އެޕްރީލް 2018 ވާ އަންގާރަ ދުވަހުގެ 13:30 އަށް ޕަބްލިކް ވަރކްސް ސަރވިސަސްއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 12 އެޕްރީލް 2018 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް ޕަބްލިކް ވަރކްސް ސަރވިސަސްއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މި އިޢުލާންއާއި ގުޅޭ މަޢުލޫމާތު ޝީޓް 09 އެޕްރީލް 2018 ވާ ހޯމަ ދުވަހުން ފެށިގެން 12 އެޕްރީލް 2018 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ނިޔަލަށް ޕަބްލިކް ވަރކްސް ސަރވިސަސްގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.
22 ރަޖަބު 1439
08 އޭޕްރިލް 2018