ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މި އޮފީހުގެ ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި އޮފީހުގެ ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލު މީހުންނެވެ.
މިވަގުތު މިއޮފީހުގައި ހުރި ހުސް މަގާމު:
|
މަގާމުގެ ނަން: |
މަސައްކަތު |
|
ސެކްޝަން: |
ފައިނޭންސް އެންޑް އެޑްމިނިސްޓްރޭޝަން ސެކްޝަން |
|
ބޭނުންވާ އަދަދު: |
1 (އެކެއް) |
|
އަސާސީ މުސާރަ: |
-/3,100 ރުފިޔާ |
|
ސަރވިސް އެލަވަންސް: |
-/1,000 ރުފިޔާ |
|
ޚާއްޞަ އެލަވަންސް: |
-/1,395 ރުފިޔާ (އަސާސީ މުސާރައިގެ %45) |
|
ލިވިންގ އެލަވަންސް: |
-/2,500 ރުފިޔާ |
|
މަގާމުގެ ޝަރުޠު:
|
-ލިޔަން ކިޔަން ދަތުން. -ފުރިހަމަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައި ވުން. -ޢުމުރުން 45 އަހަރުން ދަށުގެ މީހެއް ކަމުގައި ވުން. |
|
މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް: |
- ހައުސްކީޕިންގ އާއި މެއިންޓަނަންސް މަސައްކަތްތައް. |
|
ހުށަހަޅަންޖެހޭ ތަކެތި: |
|
|
އިތުރު މަޢުލޫމާތު : |
މި މަގާމަށް ޝަރުޠު ފުރިހަމަވާ މީހުން، މަތީގައި ބަޔާންކޮށްފައިވާ ލިޔުންތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމާއެކު، 10 އެޕްރީލް 2018 ވާ އަނގާރަ ދުވަހުގެ 13:00 ގެ ކުރިން، މި އޮފީހުގެ ރިސެޕްޝަން ކައުންޓަރަށް ހުށަހެޅުން އެދެމެވެ. މި މަގާމަށް އިންޓަރވިއު ކުރެވޭނީ، މަގާމުގެ ޝަރުޠު ހަމަވެ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކާއެވެ. އަދި އިންޓަރވިއުއަށް ޝޯޓް ލިސްޓު ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް، މަގާމަށް ހޮވިފައިނުވާކަމުގެ ސިޓީ ނުފޮނުވޭނެކަމުގައިވެސް ދެންނެވީމެވެ. ވަޒީފާއަށް އެދި ފޯމު ހުށަހަޅާއިރު އެދުނު މަގާމުގެ ނަމާއި ޑިޕާޓްމަންޓް/ ސެކްރެޓޭރިއެޓް/ ސެކްޝަން ސާފުކޮށް އެނގޭގޮތަށް ޖެއްސެވުން އެދެމެވެ. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު" މި އޮފީހުގެ ވެބްސައިޓުގެ ދިވެހި ސަފުހާގެ "ޑައުންލޯޑްސް" މިބައިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިއޮފީހުގެ ރިސެޕްޝަން ކައުންޓަރުންވެސް ފޯމު ލިބެންހުންނާނެއެވެ. މި އޮފީހުގެ ވެބްސައިޓްގެ އެޑްރެހަކީ www.presidencymaldives.gov.mv އެވެ. |