ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)303-AS/2018/20
ޕަބްލިޝްކުރި ތާރީޚް: 03 އޭޕްރިލް 2018
ޕަބްލިޝްކުރި ގަޑި: 1143
ސުންގަޑި: 09 އޭޕްރިލް 2018 1130
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލުން ހިންގަމުންދާ އުނގޫފާރު ރައްޔިތުންގެ އިންޖީންގެއަށް 500 ކިލޯވޮޓް ވޯލްވޯ ނުވަތަ 500 ކިލޯ ވޮޓްގެ ޔޫކޭ ކަމިންސް ޖަނަރޭޓަރެއް ގަތުމަށް ބޭނުންވެއްޖެއެވެ.

`

 

މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ          

         އުނގޫފާރު، ދިވެހިރާއްޖެ                                ނަންބަރު: IUL)303-AS/2018/20)           

އިޢުލާން

މިކައުންސިލުން ހިންގަމުންދާ އުނގޫފާރު ރައްޔިތުންގެ އިންޖީންގެއަށް 500 ކިލޯވޮޓްވޯލްވޯ ނުވަތަ 500 ކިލޯ ވޮޓްގެޔޫކޭ ކަމިންސް ޖަނަރޭޓަރެއް ގަތުމަށް ބޭނުންވެއްޖެއެވެ.

              މިކައުންސިލުން 03 އޭޕްރީލް 2018 ގައި ކޮށްފައިވާ ނަމްބަރ: IUL)303-AS/2018/19) އިއުލާންގައި ބައެއްމަޢުލޫމާތު ހިމެނިފައި ނުވާތީ އެއިއުލާން ބާތިލްކޮށް އަލުން ފުރުޝަތު ހުޅުވާލަމެވެ.

              މިކައުންސިލުން ހިންގަމުންދާ ރައްޔިތުންގެ އިންޖީންގެއަށް 500 ކިލޯ ވޮޓް ވޯލްވޯ ނުވަތަ 500 ކިލޯ ވޮޓްގެ ޔޫކޭ ކަމިންސް ޖަނަރޭޓަރެއް ގަތުމަށް ބޭނުންވެއްޖެއެވެ.  ޖަނަރޭޓަރ ގެނެސް ދިނުމަށް ސައުގުވެރިވެލައްވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ 09 އޭޕްރީލް 2018 ވާ ހޯމަ ދުވަހުގެ 11:30ގައި މިއިދާރާގައެވެ. 500 ކިލޯ ވޮޓް ވޯލްވޯ ޖަނަރޭޓަރ ނުވަތަ 500 ކިލޯ ވޮޓްގެ ޔޫކޭ ކަމިންސް ޖަނަރޭޓަރެއް ގެނެސް ދިނުމަށް އެދި ހުށަހަޅާ ބިޑްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 12 އޭޕްރީލް 2018 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި މިއިދާރާގައެވެ. މިކައުންސިލުން ހިންގަމުންދާ އިންޖީންގެއަށް ގެނެވޭ ވޯލްވޯ ނުވަތަ ޔޫކޭ ކަމިންސް ޖަނަރޭޓަރ އިންސްޓޯލް ކުރުމަކީ ޖަރޭޓަރ ވިއްކާ ފަރާތުން ކުރަންޖެހޭ ކަމެކެވެ. ޖަނަރޭޓަރ ގެނެސް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް މިމަސައްކަތުގެ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވެން ނެތްފަދަ ޙާލަތެއް ދިމާވެއްޖެނަމަ ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެނގޭ ސިޓީއެއް ، އަދި ކުންފުންޏަކުން ފޮނުއްވާނަމަ އެއީ ކޮންކުންފުންޏެއް ތަމްސީލު ކުރުމަށްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ. އަދި ހުށަހަޅާ ފަރާތަކީ ކުންފުންޏެއް ނުވަތަ ޕާރޓްނާޝިޕެއް ނުވަތަ އަމިއްލަފަރުދުންގެ ވިޔަފާރި އަކުންނަމަ އެތަނެއްގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. މިމަސައްކަތަށް އެދި ހުށައަޅާ އަންދާސީ ހިސާބް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތަށް އެދި ހުށައަޅުއްވާ ސިޓީއުރައިގެ ބޭރުގައި " އުނގޫފާރު  ކައުންސިލުން ހިންގާ ރައްޔިތުންގެ އިންޖީންގެއަށް ބޭނުންވާ 500 ކިލޯ ވޮޓް ޖަނަރޭޓަރ  ވިއްކުމަށް އެދި  " މިހެންލިޔެފައި  އޮންނަންވާނެއެވެ.

އަދި މީގެ އިތުރުން  އަންދާސީ ހިސާބް ހުށައަޅާ ފަރާތުގެ ނަމާއި ،  އެޑުރެސް  އަދި ފޯން ނަމްބަރ ސިޓީއުރާގެ  ބޭރުގައި

އޮންނަން ވާނެއެވެ. އިތުރު މަޢުލޫމާތު  ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580118 ނަންބަރު  ފޯނާއި ނުވަތަ

ކައުންސިލްގެ ރައީސް އަބްދުންނާޞިރު ޢަލީގެ ނަމްބަރ 9755327 ގުޅުއްވުން އެދެމެވެ.

ތިރީގައި އެވަނީ 500 ކިލޯ ވޮޓް ވޯލްވޯ ނުވަތަ 500 ކިލޯ ވޮޓްގެ ޔޫކޭ ކަމިންސް ޖަނަރޭޓަރ ގެނެސްދިނުމަށް ސައުގުވެރިވެލައްވާ ފަރާތްތަކަށް މާކުސް ދިނުމަށް ހަމަޖެހިފައިވާގޮތެވެ.

ހުށަހަޅާ އަގަށް % 70

މުއްދަތަށް % 10

މާލީ ތަނަވަސްކަމަށް % 10

ވޮރެންޓީއަށް % 10

           ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

           17  ރަޖަބް    1439     

           03   އޭޕްރީލް    2018  

                                                         އަބްދުންނާޞިރު ޢަލީ

                                                         ކައުންސިލްގެ ރައީސް

2018-04-03