ދިވެހިރާއްޖެ
އދ.މަންދޫ ސިއްޙީ މަރުކަޒުގެ ރިސެޕްޝަނިސްޓްގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހުންނެވެ.
| 
 މަޤާމް: 
  | 
 ރިސެޕްޝަނިސްޓް  | 
| 
 މަޤަމްގެ ނަމްބަރ:  | 
 J-278922  | 
| 
 ބޭނުންވާ ޢަދަދު:  | 
 01  | 
| 
 މަޤާމްގެ ގިންތި  | 
 ދާއިމީ  | 
| 
 މަޤާމުގެ ރޭންކް  | 
 ޖީ.އެސް 3  | 
| 
 މަޤާމްގެ ކްލެސިފިކޭޝަން  | 
 އޮފިސަރ ގްރޭޑް 1  | 
| 
 މަޤާމް އޮތް އޮފީސް  | 
 އދ.މަންދޫ ޞިއްޙީ މަރުކަޒު / އދ.މަންދޫ  | 
| 
 ވަޒީފާ އަދާކުރަންޖެހޭ ތަން  | 
 އދ.މަންދޫ ޞިއްޙީ މަރުކަޒު / އދ.މަންދޫ  | 
| 
 މުސާރަ:  | 
 މަހަކު -/4465 ރުފިޔާ  | 
| 
 ސަރވިސް އެލަވަންސް:  | 
 މަހަކު -/1500 ރުފިޔާ  | 
| 
 އިތުރު ޢިނާޔަތްތައް:  | 
 1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޙިދުމަތް. 2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. 3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. 4. ސިވިލް ސަރވިސްގެ ޢިނާޔަތްތަށް ދިނުމަށް ކަނޑައެޅިފައިވާ އުސޫލާއި އެއްގޮތްވާ ގޮތުގެ މަތިން ރިސްކު އެލަވަންސް ފައިސާ.  | 
| 
 މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބްތައް: 
  | 
 1- ޑޮކްޓަރަށް ދެއްކުމަށް އަންނަ ބަލިމީހުން ރަޖިސްޓްރީ ކުރުން. 2- ޑޮކްޓަރަށް ދެއްކުމަށް ޞިއްޙީމަރުކަޒަށް އަންނަ ބަލިމީހުންނަށް ޤަވާއިދުން ނަންބަރު ދޫކުރުން 3- ބަލިމީހާގެ ފަރާތުން ޞިއްޙީމަރުކަޒުގެ އޮފީހުން ބޭނުންވާ މަޢުލޫމާތާއި، ރިޕޯޓުތައް ބެލެހެއްޓުން 4- ތަރުޖަމާކުރަން ޖެހޭ ޙާލަތްތަކުގައި ތަރުޖަމާކުރުން 5- ޞިއްޙީމަރުކަޒަށް އަންނަ މީހުންނަށް ބޭނުންވާ މަޢުލޫމާތު ސާފުކޮށް ދިނުން 6- މަންތްލީ އޭއެންސީ ރިޕޯޓް ތައްޔާރު ކުރުމަށް ބޭނުންވާ މައުލޫމާތު ޕަބްލިކް ހެލްތް ޔުނިޓަށް ފޮނުވައިދިނުން 7- ޑެއިލީ ސަވައިލަންސް ރިޕޯޓްގައި ކޮމިއުނިކަބްލް ޑިސީސް ނޯޓިފައިން ކޭސްއެއްވާނަމަ އެކަން ޕަބްލިކް ހެލްތްގެ މުވައްޒަފުންނަށް އެންގުން. 8- ޑޮކްޓަރަށް ދެއްކުމަށާއި އެހެނިހެން ކަންކަމަށް ނަގަންޖެހޭ ފައިސާ ނެގުމާއި، އާސަންދައިގެ ޕޭޝެންޓެއްނަމަ، ޓްރާންސެކްޝަން ހެދުން. 9- އާސަންދައިގެ ބިލްތައް ތައްޔާރު ކުރުން. 10- ޕޭޝަންޓެއް ރިފަރ ކުރާނަމަ އެކަމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން 11- މީގެއިތުރުންވެސް އޮފީހުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހާ މަސައްކަތްތައް ކުރުން  | 
| 
 މަޤާމުގެ ޝަރުޠު 
  | 
  | 
| 
 ވަޒީފާ އަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:  | 
  | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް:  | 
 ހ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ) ށ. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ. ނ. ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 
 ހ. ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިއުން. ށ. އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.  | 
| 
 މަޤާމަށް އެދެންވީގޮތާއި ސުންގަޑި  | 
 - ވަޒީފާއަށް އެދޭ ފޯމު މިހޮސްޕިޓަލް އަދި އދ.މަންދޫ ޞިއްޙީ މަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސްގެ www.csc.gov.mv ވެބްސައިޓުން ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 10 އޭޕްރީލް 2018 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން، އދ. މަންދޫ ސިއްޙީ މަރުކަޒު އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.  | 
| 
 އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:  | 
 - މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ، އދ.އަތޮޅު ހޮސްޕިޓަލްގައި 2018 އޭޕްރީލް 11 އިން 26 އާއި ދެމެދުގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.  | 
| 
 ޝޯޓް ލިސްޓްކުރުން:  | 
 - މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.  | 
| 
 މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކުރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:  | 
 - 30%  | 
| 
 އިތުރު މަޢުލޫމާތު ހޯދުން  | 
 - މި އިޢުލާނާ ގުޅިގެން މަޢުލޫމާތެއް ސާފުކުރައްވާނަމަ، އދ.އަތޮޅު ހޮސްޕިޓަލްގެ ފޯނުނަންބަރު 6680851 ، ފެކްސް 6680787 -  |