މަސައްކަތް
ނަންބަރު: (IUL)138-CS1/138/2018/32
ޕަބްލިޝްކުރި ތާރީޚް: 29 މާރިޗު 2018
ޕަބްލިޝްކުރި ގަޑި: 12:00
ސުންގަޑި: 12 އެޕްރީލް 2018 11:30
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ޢިމާރާތްތަކުގެ އިންޖިނިއަރިންގ ކޮންސަލްޓަންސީ ދެއްވާނެ 3 ފަރާތެއް ހޯދުނ

އިޢުލާން

ޢިމާރާތްތަކުގެ އިންޖިނިއަރިންގ ކޮންސަލްޓަންސީ ދެއްވާނެ 3 ފަރާތެއް ހޯދުން

މި މިނިސްޓްރީގެ ބޭނުމަށް މި މިނިސްޓްރީން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ޢިމާރާތްތަކުގެ އިންޖިނިއަރިންގ ކޮންސަލްޓަންސީ ދެއްވާނެ 3 ފަރާތެއް ހޯދަން ބޭނުންވެއެވެ.

މިމަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި އިޢުލާނާއެކު އަދި މިނިސްޓްރީގެ ވެބްސައިޓް www.housing.gov.mv އިން ލިބެން ހުންނާނެއެވެ.

ވީމާ، މި މަސައްކަތްކޮށްދެއްވުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދޭ ވަނަވަރާއި އެހެނިހެން ތަފުސީލާއެކު އަންނަނިވި ތާވަލުގައިވާ ގޮތުގެ މަތީން މި މިނިސްޓަރީއަށް އަންދާސީ ހިސާބު ހުށަހަޅުއްވައި ދެއްވުން އެދެމެވެ.

ތާރީޙް

ވަގުތު

ތަފްސީލް

29 މާރިޗު 2018 (ބުރާސްފަތި)

-

އިޢުލާންކުރުމާއި ޓީ.އޯ.އާރު ދޫކުރުން

8 އޭޕްރިލް 2018 (އާދީއްތަ)

 14:00ގެ ކުރިން

ސުވާލު ހުށަހެޅުމަށް އެއްމެ ފަހުގެ ތާރީޙް

10 އޭޕްރިލް 2018 (އަންގާރަ)

 14:00ގެ ކުރިން

ސުވާލުތަަކަށް ޖަވާބުދޭނެ އެއްމެ ފަހުގެ ތާރީޙް

12 އޭޕްރިލް 2018 (ބުރާސްފަތި)

11:30އަށް

އަންދާސީ ހިސާބު ހުށަހެޅުއްވުން

 

އިތުރު މައުލޫމާތު ހޯއްދެވުމަށް މި މިނިސްޓްރީގެ ނަންބަރު 3004172 ނުވަތަ 3004306 އާއި ގުޅުއްވައިގެން ނުވަތަ [email protected] އަށް މެއިލް ކުރައްވައިގެން މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

ކޮންސްޓްރަކްޝަން އިންޑަސްޓްރީ ޑިވަލޮޕްމަންޓް ޑިޕާޓްމަންޓް

މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ

މާފަންނު، އަމީނީމަގު،

މާލެ، ދިވެހިރާއްޖެ

29 މާރިޗު 2018