މަސައްކަތް
ނަންބަރު: GS17/2018/020
ޕަބްލިޝްކުރި ތާރީޚް: 26 މާރިޗު 2018
ޕަބްލިޝްކުރި ގަޑި: 12:06
ސުންގަޑި: 29 މާރިޗު 2018 11:00
ލ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
މިމަރުކަޒުގެ ދަނާލުގެ 3 ކުލާސްރޫމް އަމިއްލަތަކެތީގައި މަރާމާތުކުރުމަށް

މިމަރުކަޒުގެ ދަނާލުގެ 3 ކުލާސްރޫމް އަމިއްލަ ތަކެތީގައި މަރާމާތުކުރުމަށް ކުރެވުނު ނަމްބަރ GS17/2018/019 އިއުލާން ބާތިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިމަސައްކަތް ކުރެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ތާރީޚަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު ތިރީގައި ބަޔާންކޮށްފައިވާ ތާރީޚަށް އަންދާސީ ހިސާބް ހުށަހެޅުއްވުން އެދެމެވެ.

ބޭނުން

ތަން

ތާރީޚް

ގަޑި

މަޢުލޫމާތު ސާފްކުރެއްވުމަށް

ލ.އަތޮޅު ތަޢުލީމީ މަރުކަޒު

29 މާރިޗް 2018 ވާ ބުރާސްފަތި ދުވަހު

11:00

އަންދާސީ ހިސާބް ހުށަހެޅުއްވުމަށް

ލ.އަތޮޅު ތަޢުލީމީ މަރުކަޒު

04 އޭޕްރީލް 2018 ވާ ބުދަ  ދުވަހު

11:00

މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށާއި، ގަޑިޖެހިގެން ހާޟިރުވާ ފަރާތްތަކަށް އަންދާސީ ހިސާބް ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ.  އަދި މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފް ކުރުމާއި، އަންދާސީ ހިސާބް ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ޤާނޫނު ނަންބަރު (18/2014) ވިޔަފާރި ރަޖިސްޓްރީ ކުރުމާއި ބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރީ ތަކަށެވެ.

 މަޢުލޫމާތު ސާފް ކުރެއްވުމަށާއި، އަންދާސީ ޙިސާބް ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ތަމްސީލުކުރައްވާނީ ކޮން ކުންފުންޏެއް، އިންވެސްޓްމެންޓެއް ނުވަތަ ވިޔަފާރިއެއްކަން އެނގޭނެ ސިޓީއަކާއި، ތަމްޞީލް ކުރާ ކުންފުނި، އިންވެސްޓްމެންޓް ނުވަތަ ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަދި ވަޑައިގަންނަވާފަރާތެއްގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް މިއިދާރާގެ ނަންބަރު 6800013 އަށް ގުޅުއްވުން އެދެމެވެ.

26 މާރިޗު 2018