ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)30-E/30/2018/39
ޕަބްލިޝްކުރި ތާރީޚް: 20 މާރިޗު 2018
ޕަބްލިޝްކުރި ގަޑި: 14:03
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ބީލަމުގެ އުޞޫލުން ފަޅުރަށްރަށް ވަރުވާއަށް ދޫކުރުން

ބީލަމުގެ އުޞޫލުން ތިރީގައި މިދަންނަވާ ފަޅުރަށްތައް ވަރުވާ އަށް ހިފުމަށްއެދޭ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލި ވާހަކަ ދަންނަވަމެވެ.

  1. ހއ. ހުވަހަންދޫ  (48.50 ހެކްޓަރ)
  2. ހއ. ބީނާފުށި (ބިބީރަށް) (3.10 ހެކްޓަރ)
  3. ހއ. ކަނޑާލިފިނޮޅު (3.90 ހެކްޓަރ)
  4. ހއ. ކުޑަފިނޮޅު (3.60 ހެކްޓަރ)
  5. ހއ. އިންނަފިނޮޅު (15.60 ހެކްޓަރ)
  6. ހއ. އުމުރަތްފިނޮޅު (1.09 ހެކްޓަރ)
  7. ހއ. އުނގުލިފިނޮޅު (4.40)
  8. ހއ. އަލިދުއްފަރުފިނޮޅު (ކަޅިދުއްފަރުފަސްގަނޑު) (3.00 ހެކްޓަރ)
  9. ހއ. ވެލިފިނޮޅު (4.10 ހެކްޓަރ)
  10. ހއ. މާފިނޮޅު (14.60)
  11. ހއ. މަތީރަށް (5.90 ހެކްޓަރ)
  12. ހއ. މުލިދޫ (66.34 ހެކްޓަރ)
  13. ހއ. ގައްލަންދޫ (10.00 ހެކްޓަރ)
  14. ހއ. ގޮއްވާފުށި (1.50 ހެކްޓަރ)
  15. ހއ. މާރަންދޫފަރުފިނޮޅު (0.09 ހެކްޓަރ)
  16. ހއ. ދިގުފަރުހުރާ (0.05 ހެކްޓަރ)
  17. ހއ. މަޑުލު 16.60 ހެކްޓަރ)
  18. ރ. މާށިގިރި (11.30 ހެކްޓަރ)
  19. ބ. ދަކަންދޫ (6.50 ހެކްޓަރ)
  20. އދ. އަރިޔަދޫ (29.10 ހެކްޓަރ)
  21. ގއ. ފުނަދޫވިލިނގިއްލާ (5.00 ހެކްޓަރ)
  22. ގދ. ދިޔަނިގިއްލާ (5.27 ހެކްޓަރ)
  23. ގދ. ހެވާހުޅުދޫ (6.00 ހެކްޓަރ)
  24. ސ. ކަނޑިހެރަގަނޑު (0.80 ހެކްޓަރ)
  25. ސ. ބޮޑުހަޖަރަ (3.20 ހެކްޓަރ) 

ބިޑްފޯމް ވިއްކުން ހަމަ ޖެހިފައިވަނީ 25 މާރިޗު 2018 (އާދީއްތަ) ދުވަހުން ފެށިގެން 15 އޭޕްރީލް 2018 (އާދީއްތަ) ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 13:00 އަށް މި މިނިސްޓްރީންނެވެ.

ބިޑް ފޯމެއްގެ އަގަކީ 20/-  (ވިހި) ރުފިޔާ އެވެ.

މަޢުލޫމާތު ދިނުމާއި ޕްރޮސެސިންގ ފީ ބަލައިގަތުމާއި ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވާ ތާރީޚްތައް ތިރީގައި އެވަނީ އެވެ.

މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ތާރީޚް

11 އޭޕްރީލް 2018 (ބުދަ)

ޕްރޮސެސިންގ ފީ ބަލައިގަތުމަށް ހަމަޖެހިފައިވާ ތާރީޚާއި ގަޑި:

16 އޭޕްރީލް 2018 އިން 19 އޭޕްރީލް 2018 ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެދުނު 9:00 އިން 13:00 އަށް،

ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވާ ތާރީޚް

24 އޭޕްރީލް 2018 (އަންގާރ)

ފޯމު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމާއި ފޯމު ހުށަހެޅުން އޮންނާނެ ތަނާއި ގަޑި މި މިނިސްޓްރީން ފަހުން އިޢުލާން ކުރާނެ ވާހަކަ ދަންނަވަމެވެ.

20 މާރިޗު 2018

20 މާރިޗު 2018