ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)138-AS6/1/2018/41
ޕަބްލިޝްކުރި ތާރީޚް: 22 ފެބުރުވަރީ 2018
ޕަބްލިޝްކުރި ގަޑި: 16:00
ސުންގަޑި: 07 މާރިޗު 2018 13:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އައްޑޫ ސިޓީ ބިމުގެ ސަރވޭ ހަދައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

މި މިނިސްޓްރީއަށް އައްޑޫ ސިޓީ ބިމުގެ ސަރވޭ ހަދައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ދެވަނަ ނަންބަރު     (IUL)138-AS6/1/2018/22 (06 ފެބުރުވަރީ 2018) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޚީބެއް ލިބިފައިނުވާތީ މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

 

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2018 ފެބުރުވަރީ 28 ވާ ބުދަ ދުވަހުގެ 13:00 އަށް މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2018 މާރިޗު 07 ވާ ބުދަ ދުވަހުގެ 13:00 އަށް މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.    

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް 2018 ފެބުރުވަރީ 28 ވާ ބުދަ ދުވަހުގެ 13:30 އިން ފެށިގެން 2018 މާރިޗު 07 ވާ ބުދަ ދުވަހުގެ 12:30 ގެ ނިޔަލަށް މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

 

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 3004281 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

22 ފެބުރުވަރީ 2018