| 
 މަޤާމް: 
 | 
 ނަރުސް 
 | 
| 
 ރޭންކް: 
 | 
 އެމް.އެސް 3 (މެޑިކަލް ސަރވިސް 3) 
 | 
| 
 ކްލެސިފިކޭޝަން: 
 | 
 މެޑިކަލް ސަރވިސް 
 | 
| 
 މުސާރަ: 
 | 
 މަހަކު5,610/- ރުފިޔާ 
 | 
| 
 ސަރވިސް އެލަވެންސް: 
ނޮންޕްރެކްޓިކްސް އެލަވްންސް: 
ފުޑް އެލަވަންސް: 
އެކޮމޮޑޭޝަން އެލަވަންސް:    
 | 
 މަހަކު  3,500/-ރުފޔާ 
މަހަކު 1,963/50ރުފޔާ 
މަހަކު1,800/- ރުފިޔާ 
މަހަކު2,500/- ރުފިޔާ 
 | 
| 
 ބޭނުންވާ އަދަދު: 
 | 
 10 
 | 
| 
 މަސައްކަތް ކުރަންޖެހޭ ތަން:                
 | 
 މާފުށި ޖަލު، އައްސޭރި ޖަލު، މާލެ ޖަލު، އެޗް.ޑީ.ސީ އަދި އަހުލުވެރި މަރުކަޒު 
 | 
| 
 މަޤާމުގެ ޤިންތި:  
 | 
 ކޮންޓްރެކްޓް 
 | 
| 
 ފެންވަރު ނުވަތަ ޝަރުތު:                            
 | 
 މަ މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، 
- ދިވެހި ސަރުކާރުން ޤަބޫލުކުރާ އިންސްޓިއުޓެއްގައި ނަރސިންގ ޑިޕްލޮމާ ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފައިވުން. ނުވަތަ؛
 
- ދިވެހި ސަރުކާރު ޤަބޫލުކުރާ އިންސިޓިއުޓެއްގައި ޑިޕްލޮމާ އިން ނަރސިންގ އެންޑް މިޑްވައިފްރީ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށް ފައިވުން. ނުވަތަ؛
 
- ނަރުސްކަމުގެ ފަންނީ ރޮގުން ސެޓްފިކެޓެއް ހާސިލްކޮށްފައިވުން.
 
- އަދި ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' އަދި 'އިސްލާމް' މި
 
 
މާއްދާތަކުން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން؛ 
- މީލާދީ ގޮތުން 18 (އަށާރަ) އަހަރު ފުރި، 45 (ސާޅީސް ފަހެއް) އަހަރު ނުވާ މީހަކު ކަމުގައިވުން،
 
- ޖިނާއީ އެއްވެސް ބާވަތެގެ ކުށެއް ކޮށްފައިވާ މީހަކަށް ނުވުމާއި،އެއްވެސް އިރެއްގައި މަސްތުވާ އެއްޗެއް ބޭނުންކޮށް އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ  ފަރާތެއްކަމުގައި ނުވުން.
 
 
 | 
| 
 މަޤާމުގެ މަސްޢޫލިއްޔަތު: 
  
 | 
- ޖަލުތަކުގައި ތިބޭ ބަންދުމީހުންނަށް ޤަވާއިދުން ބޭސްދިނުން.
 
- ރަސްމީ ޑިއުޓީ އިތުރުން އެމެޖެންސީ ޙާލަތެއް މެދުވެރިވެއްޖެނަމަ އެޓެންޑްވުން.
 
- ނާރސިން ސްޓޭޝަން އަބަދުވެސް އެމެޖެންސީ ޙާލަތަށް ތައްޔާރުކޮށްފައި ބެހެއްޓުން.
 
- އޯޕީޑިގައި ދިމާވާ މެޑިކަލް އެމެޖެންސީތަކުގައި ބަންދުމީހުންނަށް ސިއްޙީ ފަރުވާ ދިނުން.
 
- ބަންދުގައި ތިބޭ ޤައިދީންގެ ތެރެއިން ޙާއްސަ ބަލިތަކަށް ފަރުވާ ހޯދުމުންދާ ޤައިދީންގެ މަންތްލީ  މެޑިކޭޝަން މޮނިޓަރ ކުރުމާއި ފޮލޯއަޕްސް މޮނިޓަރ ކުރުން.
 
- އަލަށް ގެންނަ ޤައިދީން ސްކްރީން ކުރުން.
 
- މެޑިކަލް ފައިލްތައް ބެލެހެއްޓުން.
 
 
  
 | 
   
 | 
| 
 މީހުން ހޮވުމުގައި އިސްކަން ދެވޭ ކަންތައްތައް:  
  
 | 
- ތަޢުލީމީ ފެންވަރު.
 
- ދާއިރާއިން ލިބިފައިވާ ތަޖުރިބާ.
 
 
  
 | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް:  
 | 
- ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މި ސަރވިސްގެ ވެބްސައިޓު www.corrections.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސަރވިސްގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.)
 
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަންއޮތް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
 
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯ ކޮޕީ
 
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީވީ ) 
 
- ސިވިލް ސަރވިސްއަށް / ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ކޮޕީ.
 
- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކުނަމަ ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ ލިޔުމުގެ ކޮޕީ.
 
- ނެގި ފަހުން ތިން މަސްދުވަސް ހަމަނުވާ އިސްކޮޅު ފެންނަ ފޮޓޯއެއް.
 
- އިންޖީނުލީ އުޅަނދު ދުއްވާނަމަ ލައިލަންސްގެ ކޮޕީ.
 
- ޕޮލިސް ރިޕޯޓް
 
 
  
 | 
| 
 ސުންގަޑި: 
  
 | 
- ·         މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ހުށައަޅަންޖެހޭ ލިޔެކިއުންތަކާއި އެކު 02 އޮގަސްޓް 2017 ވާ އާދިއްތަ ދުވަހުގެ 15:00 ގެ ކުރިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ( ޣާޒީ ބިލްޑިންގ/ ގްރައުންޑް ފްލޯރ) އަށް ހުށަހެޅުއްވުން އެދެމެވެ.
 
- ·         ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމާއި ޝަރުޠު ހަމަނުވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމުތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
 
- ·         ހުށަހަޅުއްވާފައިވާ ލިޔެކިއުންތައް ސައްހަ ނޫންކަމަށް ސާބިތުވެއްޖެނަމަ ފޯމް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
 
- ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެ އެވެ.
 
 
  
 | 
| 
 އިންޓަރވިއު އަދި އެޕްޓިޓުއުޓް ޓެސްޓް އޮންނާނެ ތަނާއި، މުއްދަތު: 
 | 
- މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އަދި އެޕްޓިޓިއުޓް ޓެސްޓް އޮންނާނެ ތާރީޚާއި ތަން، މި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ފަސް ދުވަހުގެ ތެރޭގައި އެންގޭނެއެވެ.
 
- މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އެޕްޓިޓިއުޓް ޓެސްޓްގައި ބެލެވޭނީ 2015/R-218 (މި ސަރވިސްގެ ވަޒީފާއާއި ބެހޭ ޤާވާއިދު) އަށާއި ) 14/2013 ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލް ޤާނޫން) ނަށް އަހުލުވެރިވެފައިވާ މިންވަރަށެވެ.
 
 
  
 | 
| 
 ޝޯޓް ލިސްޓްކުރުން: 
 | 
- މި ވަޒީފާއަށް އެދި ހުށައަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
 
 
 | 
| 
 މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކުރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ: 
 | 
   %50 ( ފަންސާސް އިންސައްތަ) 
 | 
| 
 މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް: 
  
 | 
  މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3026115 ނަންބަރު ފޯނަށް، ނުވަތަ 3026114 ނަންބަރު ފޯނަށެވެ. 
އީ މެއިލް: [email protected] 
 | 
| 
 (ފޯމާއެކު ހުށަހަޅުއްވާ ހުރިހާ ލިޔެކިއުންތައް ހުންނަންވާނީ ފޯމާއެކު ހީރަސްޖަހާ ސަފުހާ ނަންބަރު ޖަހާފައެވެ.) 
 |