ދިވެހިރާއްޖެ
| މިއިދާރާގެ " ސަލާމް" ލޯންޗުން ނަގާފައިވާ ޔަމަހާ 200 ހޯސްޕަވަރ އައުޓްބޯޑު 1 އިންޖީނާއި " މައިދޫ' ލޯންޗުން ނަގާފައި 1 އިންޖިނާއި، ޔަމަހާ 200 ހޯސްޕަވަރ އައުޓްބޯޑު އިންޖީނުގެ 2 ބޮޑީގަނޑު (އިންޖީނުގެ ބައެއް ބައިތައް މަދު) ސިޓީލާ ނީލަމުގައި ވިއްކާލުމަށް ހުށަހަޅަމެވެ. | |
| ނީލަންފެށޭ އަގު | އިންޖީނުތަކުގެ ނީލަންފެށޭ އަގަކީ -/20000 ( ވިހިހާސް ) ރުފިޔާ އެވެ. ނީލަމަށް މަދުވެގެން ފަހަރަކު އިތުރުކުރެވޭނީ -/1000 (އެއްހާސް) ރުފިޔާ އެވެ. | 
| ސިޓީލުމުގެ މުއްދަތު 
 | ނީލަމުގެ މުއްދަތަކީ 21 ފެބްރުއަރީ 2018 ދުވަހުން ފެށިގެން 15 މާރިޗް 2018 ދުވަހުގެ ކޮންމެ ދުވަހަކުވެސް ހުށަހެޅޭ އެންމެ މަތީއަގު އެދުވަހެއްގެ 13:00 ގެ ފަހުން މިއިދާރާގެ ނޯޓިސްބޯޑްގައި ބެހެއްޓިފައި ހުންނާނެއެވެ. ރަސްމީ ބަންދު ދުވަސް ފިޔަވައި ޖެހިޖެހިގެން 5 ދުވަހު އެއް އަގެއްގައި އޮވެއްޖެނަމަ، އެއަގު ހުށަހެޅި ފަރާތަކަށް ނީލަން ނިންމައިލެވޭނެ އެވެ. | 
| ނީލަން ނިންމުން | ނީލަން ނިމުމުން އެންމެމަތީ އަގު ހުށަހަޅާފައިވާ ފަރާތަކަށް ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާއިން އެކަން އަންގާނެއެވެ. އެފަރާތަކަށް ނީލަން ނިމުނުކަން ކައުންސިލުން އަންގާ ތާރީޚުން ފެށިގެން 03 (ތިނެއް) ދުވަހުގެ ތެރޭގައި (ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައި) އެފަރާތަކުން ހުށަހެޅި ޖުމްލަ އަގަށްވާ ފައިސާ ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާއަށް ދައްކަންވާނެއެވެ. މިފައިސާ ނުދައްކައިފިނަމަ އެހުށަހެޅުން ބާޠިލްކުރުން ނުވަތަ ދެވަނައަށް އެންމެމަތީ އަގު ހުށަހެޅިފަރާތަށް ނީލަން ނިންމާލުން ނުވަތަ ނީލަން އަލުން ފެށުމާއި މެދުގައި ގޮތެއް ކަނޑައަޅާނީ ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާއިންނެވެ. ނީލަން ނިންމުނުކަމަށް ފާދިއްޕޮޅު އަތޮޅު ކައުންސިލުން ކަނޑައަޅާ ވަކިފަރާތަކަށް ނުއަންގާ ހިނދެއްގައި، ނީލަން ބާތިލް ކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެން ވެއެވެ. 
 | 
| އަގު ހުށަހެޅުން | ނީލަމުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން 21 ފެބްރުއަރީ 2018 ވަނަ ދުވަހުން ފެށިގެން މިއިދާރާއަށް ލިޔުމަކުން ނުވަތަ އެކަމަށް ތައްޔާރުކޮށްފައިވާ ފޯމުން ހެނދުނު 08:00 އާއި މެންދުރުފަހުގެ 14:00 ދެމެދު އަގު ހުށަހެޅުއްވަމުން ގެންދެވުން އެދެމެވެ. ސިޓީ އުރައިގެ ބޭރުގައި"އިންޖީނު ގަތުމަށްއެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. އީމެއިލް ނުވަތަ ފެކްސްގެ ޒަރީއާއިން ހުށަހެޅޭ ހުށަހެޅުންތައްވެސް ބަލައިގަނެވޭނެއެވެ. އަމިއްލަ ފަރުދެއްނަމަ: 
 ކުންފުނި / ޕާރޓްނަރޝިޕް / ކޯޕަރޭޓިވް ސޮސައިޓީ / ކްލަބް ޖަމްޢިއްޔާ: 
 | 
| 
 
 
 އިތުރު މަޢުލޫމާތު: | އެޑްމިނިސްޓްރޭޝަން އެޗް އާރ އެންޑް އިންފޮމޭޝަން ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ ޅ. ނައިފަރު، ދިވެހިރާއްޖެ، ފޯން: 6620331 ނުވަތަ 6620103 ފެކްސް: 6620043 އީމެއިލް: [email protected] |