މަސައްކަތް
ނަންބަރު: 171-G1(b)/IUL/2018/008
ޕަބްލިޝްކުރި ތާރީޚް: 18 ފެބުރުވަރީ 2018
ޕަބްލިޝްކުރި ގަޑި: 12:53
ސުންގަޑި: 22 ފެބުރުވަރީ 2018 13:00
މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ޅ.ހިންނަވަރު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ މުވައްޒަފުންނަށާއި، އެކިއެކި ކުށުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މީހުންނަށް ކައްކައި ކާންދޭނެ ފަރާތެއް ހޯދުން

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

ޅ.ހިންނަވަރު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ މީހުންނަށް ކައްކައި ކާންދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރި މިސަރވިސްގެ 148171-H3(PU)/IUL/2017/  ނަންބަރު  އިޢުލާނާއި ގުޅިގެން ހުށަހެޅިފައިވާ އަންދާސީހިސާބުތަކުގައިވާ އަގުތަށް ބޮޑުކަމަށް ފެންނާތީވެ އެއިޢުލާން ބާތިލް ކުރުމަށްފަހު،  މިމަސައްކަތަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުސަތު މިކަމަށް ޝަޢުޤުވެރިވެލައްވާ ހުރިހާ ފަރާތަކަކަށް އަލުން ހުޅުވާލަމެވެ.

ވީމާ، ކޮންޓްރެކްޓް އުސޫލުން ޅ.ހިންނަވަރު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ މީހުންނަށް ކައްކައި ކާންދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2018 ފެބުރުވަރީ 22 ވާ ބުރާސްފަތި ދުވަހުގެ 13:00  އަށް ޅ.ހިންނަވަރު ޕޮލިސް ސްޓޭޝަނަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު 2018 މާރިޗު 01 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މައުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ.

                 

18 ފެބުރުވަރީ 2018