| 
 މަޤާމު: 
 | 
 ސީނިއަރ އޮފިސަރ (މާރކެޓިންގ އެންޑް ޑިޒައިނިންގ) 
 | 
 ބޭނުންވާ ޢަދަދު 1 
 | 
| 
 މުސާރަ 
 | 
 މަހަކު 6295.00 ރުފިޔާ 
 | 
 ސަރވިސް އެލަވަންސް 
 | 
 މަހަކު 2250.00 ރުފިޔާ 
 | 
| 
 އޮފީސް 
 | 
  ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ 
 | 
| 
 ރޭންކް 
 | 
 MS 2-1 
 | 
   
 | 
   
 | 
| 
 މަޤާމުގެ ޝަރްޠުތައް: 
 | 
- މަސައްކަތާއި ގުޅޭ ދާއިރާއަކުން، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވަލް 4/5 ހާސިލްކޮށްފައިވުން ނުވަތަ؛
 
- ސާނަވީ އިމްތިހާނުން 2 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއިއެކު، އޭގެ އިތުރުން ސާނަވީ ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން ނުވަތަ؛
 
- މަސައްކަތާއި ގުޅޭދާއިރާއަކުން ދިގު މުއްދަތެއްގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
 
  | 
| 
 މަޤާމުގެ މަސްއޫލިއްޔަތު: 
 | 
- ޔުނިވަރސިޓީގެ ކޯސްތައް މާރކެޓްކުރުމަށް ޕްލޭންތައް އެކުލަވާލައި، އެ ޕްލޭންތައް ތަންފީޒުކުރުން.
 
- ޔުނިވަރސިޓީގެ އިމޭޖް ރަނގަޅު ކުރުމަށް ޕީ.އާރު ފުރުޞަތުތައް ހޯދައި، ކަމާ ގުޅޭ ފަރާތްތަކާއި ބައްދަލުވުންތައް ބާއްވާ ކުރިއަށްގެންދިއުން.
 
- ޔުނިވަރސިޓީގެ ޕްރޮމޯޝަނަލް އިވެންޓްތަކުގައި އަމަލީ ގޮތުން ބައިވެރިވުމާއި، ޔުނިވަރސިޓީގެ އިވެންޓްތަކާއި ޖަލްސާތައް ފޮޓޯނަގައި ކެޓަލޮގްކޮށް ބެލެހެއްޓުން.
 
- ޝޯޝަލް މީޑިއާގައި ޔުނިވަރސިޓީގެ ޕްރޮމޯޝަނަލް އެކްވިޓީސްތައް އަދި ޔުނިވަރސިޓީގެ ކޯސްތައް ޕްރޮމޯޓްކުރުން.
 
- ޔުނިވަރސިޓީގެ ފަރާތުން ނެރޭ ފޮތްތަކާއި، މެގަޒިންތަކާއި، ލީފްލެޓްތަކާއި، އެނޫން ލިޔެކިޔުންތަކުގެ ލޭއައުޓް ހެދުން.
 
- ސްޕަވައިޒަރުގެ އިރުޝާދުގެ ދަށުން ޔުނިވަރސިޓީގެ ވެބްސައިޓް އަޕްޑޭޓްކޮށް ބެލެހެއްޓުން.
 
 
 | 
| 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 
 | 
- ލިބިފައިވާ ތަޢުލީމާއި ތަމްރީނު
 
- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ (އައި.ޓީ ދާއިރާއިން)
 
- ލިބިފައިވާ ހުނަރު (އިންޓަރވިއު އަދި ޕްރެކްޓިކަލްސް)
 
 
 | 
| 
 އުޖޫރައާއި ޢިނާޔަތްތައް: 
 | 
 އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. 
  
 | 
| 
 ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް: 
 | 
- މިޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމް (މިޔުނިވަރސިޓީގެ ރިސެޕްޝަނުން މިފޯމް ލިބިވަޑައިގަންނަވާނެ)
 
- މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
 
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
 
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
 
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
 
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
 
 
 | 
| 
 ނޯޓް: 
 | 
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
 
- އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.
 
- އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
 
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
 
 
-  މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
 
 
މިމަޤާމަށް ހޮވޭ މުވައްޒަފަކު މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ ހެނދުނު 
8:00: އާއި 23:00 ދެމެދުގެ 06 ގަޑިއިރު އިރުއެވެ. 
 | 
| 
 ސިޓީ ފޮނުވަންވީ ތާރީޚު:    
 | 
 21 ފެބުރުވަރީ 2018 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް. 
 | 
| 
 އިތުރު މަޢުލޫމާތު: 
 | 
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ،  3022116ނަންބަރު ފޯނާއެވެ.
 
- މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
 
 
 |