ދިވެހިރާއްޖެ
މި މިނިސްޓްރީއާއި މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ އޮފީސްތަކުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ،
މަސައްކަތަށް ޝައުޤުވެރިކަން ހުރި، ޤާބިލް މީހުންނެވެ.
|
މަޤާމް: |
ޓިއުޝަން ޓީޗަރ (ކޮންޓްރެކްޓް-ޕާރޓް ޓައިމް) |
|
ބޭނުންވާ އަދަދު: |
2 |
|
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް |
|
ސެކްޝަން |
ކުޑަކުދިންގެ ހިޔާ، ވިލިނގިލި |
|
މަޤާމު އޮތް އޮފީސް: |
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ |
|
މަސައްކަތް އަދާކުރަން ޖެހޭ ތަން: |
ކުޑަކުދިންގެ ހިޔާ، ވިލިނގިލި |
|
މަސައްކަތްކުރަންޖެހޭ ވަގުތު: |
ދުވާލަކު 5 ގަޑިއިރު |
|
މަސައްކަތު އެލަވަންސާއި އިތުރު އެލަވަންސްތައް: |
މަހަކު -/5000 ރުފިޔާ |
|
މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
ކުޑަކުދިންގެ ހިޔާގައި ބަލަހައްޓަމުންގެންދާ 13 އަހަރުން މަތީގެ ކުދިންނަށް ޓިއުޝަން ދިނުން |
|
މަޤާމުގެ ޝަރުތުތައް: |
1. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ގެ ލެވެލް 3 ގެ ސަނަދެއްހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ 2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން 'ސީ' ގްރޭޑް ލިބިފައިވުން.
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް: |
- ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތްތައް. - މަޑުމައިތިރިކަމާއެކު މުޢާމަލާތު ކުރެވޭ ފަރާތްތައް. |
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
06 ފެބްރުއަރީ 2018 ވާ އަންގާރަ ދުވަހުގެ 13.30ގެ ކުރިން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔެކިޔުންތައް ފޮނުވާނީ، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) ނުވަތަ ކުޑަކުދިންގެ ހިޔާއަށެވެ.
|
|
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމުތަކަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން އޮންނާނީ ފެބްރުއަރީ މަހުގެ ތެރޭގައި، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) ގައެވެ. އިންޓަވިއުއަށް ވަޑައިގަންނަވާއިރު ސެޓްފިކެޓްތަކުގެ އަސްލު ގެންނަންވާނެއެވެ. |
|
ޝޯޓް ލިސްޓްކުރުން: |
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
|
އިތުރު މަޢުލޫމާތު ހޯދުން: |
މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3027606 ނަންބަރު ފޯނަށް، ނުވަތަ 3027520 ނަންބަރު ފޯނަށެވެ. |