މަސައްކަތް
ނަންބަރު: (IUL)138-PIS1/138/2018/7
ޕަބްލިޝްކުރި ތާރީޚް: 21 ޖަނަވަރީ 2018
ޕަބްލިޝްކުރި ގަޑި: 14:21
ސުންގަޑި: 29 ޖަނަވަރީ 2018 11:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ގދ. ފަރެސްމާތޮޑާ ބިން ހިއްކުމުގެ މަޝްރޫޢުގެ ޑިޒައިން އަދި ކޮންސަލްޓަންސީ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

                                           ނަންބަރު: 7/IUL)138-PIS1/138/2018)

އިޢުލާން

  1. މި މިނިސްޓްރީގެ 2018ވަނަ އަހަރުގެ ޕީ.އެސް.އައި.ޕީގައި ހިމެނިފައިވާ މަޝްރޫޢެއްކަމުގައިވާ ގދ. ފަރެސްމާތޮޑާ ބިންހިއްކުމުގެ މަޝްރޫޢަށް ބޭނުންވާ ޑިޒައިންއާއި ކޮންސަލްޓަންސީ މަސައްކަތްކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
  2. މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މި މަސައްކަތަށް ޝަރުތު ހަމަވާ އެންމެހާ ފަރާތްތަކަށް ޝައުގުވެރިކަން ފާޅުކުރުމަށް ދައުވަތު އަރުވަމެވެ. އަދި މި މަސައްކަތުގައި ހިމެނޭ އެކި ބައިތައް އެންމެ ފުރިހަމައަށް ގެންދިއުމަށްޓަކައި ކޮންސަލްޓަންޓުންގެ ޤާބިލިއްޔަތުކަން ވަރުގަދަކުރުމަށްޓަކައި ސަބް ކޮންސަލްޓަންޓުންނާއިއެކު ޖޮއިންޓް ވެންޗަރ ހެދުމުގެ ފުރުސަތު އޮތްކަމުގައި ދަންނަވެމެވެ.
  3. ޝައުގުވެރިވާ ފަރާތްތަކަށް މިމަސައްކަތާއި ބެހޭ މަޢުލޫމާތު ކަރުދާސް މި މިނިސްޓްރީގެ ވެބްސައިޓް www.housing.gov.mv  އިން ލިބިވަޑައިގަންނަވާނެކަމުގައި ދަންނަވަމެވެ.
  4. މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 23 ޖަނަވަރީ 2018ގައި މި މިނިސްޓްރީގައި ބޭއްވުމަށް ހަމަޖެހިފައިވާ މައުލޫމާތު ބައްދަލުވުމަށް ދައުވަތު އަރުވަމެވެ.
  5. މި މަސައްކަތަށް  އެކްސްޕްރެޝަން އޮފް އިންޓަރެސްޓްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 29 ޖަނަވަރީ 2018ގެ 11:00 އާއި ހަމައަށެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

އިންފްރަސްޓްރަކްޗަރ ޑިޕާޓްމަންޓް

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ.

އަމީނީ މަގު،

މާލެ، ދިވެހިރާއްޖެ.  

ފޯން: 3004110        

               21 ޖަނަވަރީ 2018

21 ޖަނަވަރީ 2018