ޢާންމު މަޢުލޫމާތު
                	
                ނަންބަރު: (IUL)309-AHI/309/2018/3
                    ޕަބްލިޝްކުރި ތާރީޚް: 21 ޖަނަވަރީ 2018
                    ޕަބްލިޝްކުރި ގަޑި:  13:43
                    
                މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ރ.އިނގުރައިދޫ ކައުންސިލްގެ އިދާރާ މެއިލް އެޑްރެސް ބަދަލުވުމާއި ގުޅޭ
                                ރަސްމީ ކަންކަމުގައި ކައުންސިލްތަކުގެ އީމެއިލް މެދުވެރިކޮށް ކުރެވޭ މުޢާމަލާތްތަކަކީ އިތުބާރުހިފޭ ރަސްމީ މުޢާމަލާތްތަކަކަށް ހެދުމަށްޓަކައި ހުރިހާ ކައުންސިލްތަކެއްގައިވެސް (gov.mv) ގަވަރަމަންޓް މެއިލް ސިސްޓަމް ޤާއިމުކުރުމުގެ މަސައްކަތް ލޯކަލް ގަވަރމަންޓް އޮތޯރިޓީން ދަނީ ކުރަމުންނެވެ. މި ގޮތުގެ މަތިން މި ކައުންސިލުން އީމެއިލް މެދުވެރިކޮށް ކުރެވޭ ރަސްމީ މުޢާމަލާތްތަކުގައި 21 ޖަނަވަރީ 2018 މިއަދުން ފެށިގެން ބޭނުންކުރާނެ އީމެއިލްގެ މައުލޫމާތު ތިރީގައި އެވަނީއެވެ. އަދި މި އަދުން ފެށިގެން މި އިދާރާއިން މީގެ ކުރިން ބޭނުންކުރަމުން ގެންދިޔަ އީމެއިލް އެޑްރެސް ([email protected]) ބޭނުންކުރުންވަނީ ހުއްޓާލެވިފައެވެ.
މެއިލްގެ ތަފްސީލް
އީމެއިލް އެޑްރެސް: [email protected]
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
                21 ޖަނަވަރީ 2018