|
މަޤާމު:
|
މަސައްކަތު
|
|
މަޤާމުގެ ނަންބަރު:
|
J280182
|
|
ބޭނުންވާ ޢަދަދު:
|
1 (އެކެއް)
|
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
|
މަޤާމުގެ ރޭންކު:
|
އެސްއެސް 1
|
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ސަޕޯރޓް ސްޓަފް ގްރޭޑް 1
|
|
ސެކްޝަން:
|
އިދާރީ
|
|
މަޤާމު އޮތް އޮފީސް
|
ގދ.ހޯނދެއްދޫ ސްކޫލް
|
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
ގދ.ހޯނދެއްދޫ ސްކޫލް
|
|
މުސާރަ:
|
-/3100 ރުފިޔާ
|
|
ސާރވިސް އެލަވަންސް:
|
-/1000 ރުފިޔާ
|
|
|
|
|
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތްތައް:
- ސްކޫލުގެ ދިޔަ ދޮވި، ފުރާޅު ސާފުކޮށް ރައްކާތެރި ބޯފެން ނެގޭނެ ގޮތެއް ހެދުން
- ސްކޫލުގެ ގޯތިތެރޭގައި ހުރި ގަސްތައްކޮށައި ސާފުކޮށް ބެލެހެއްޓުން
- ސްކޫލުގެ ގޯތިތެރޭގައި ހައްދާފައި ހުރިކާޕެޓްތައް ކޮށައި ރީތިކޮށް ބެލެހެއްޓުން
- އެކި އެކި ބޭނުންތަކަށް ސްކޫލަށް ގެންނަ މުދާ ބޯޓުން ބާލައި ސްކޫލަށް ގެނައުން.
- ފާޚާނާގައި ހުންނަ ، ޝަވަރ، އިސްކުރު، ބޮކި، އަދި އެނޫން އިމާރާތްތަކުގައި ހުންނަ ބޮކި ބަދަލުކުރުމާއި ފަންކާތައް ފޮޅައި ސާފުކުރުން،
- ޙަވާލު ކުރެވިފައިވާ ކްލާސްތަކުގައިވާ ފަރުނީޗަރުތައް ހިރަފުސް ފޮޅާ ސާފުކޮށް ތަރުތީބު ކުރުން.
- ފަހު ދަންފަޅި ނިމުމުން ކްލާސްތަކުގެ އެންމެހައި ކުޑަދޮރުތައް ހުރީ ތަންޑުއެޅުވިފައިކަން ކަށަވަރު ކުރުން އަދި ބޮޑު ދޮރު ލައްޕާފައި ބެހެއްޓުން .
- ޙަވާލުކުރެވިފައިވާ ސަރަޙައްދުގައިވާ އެއްވެސް އެއްޗަކަށް ގެއްލުމެއް ލިބިފައިވާނަމަ އެކަން ވަގުތުން އިސްވެރިޔަކަށް އެންގުން.
ސްކޫލުގެ އެހެނިހެން ޢިމާރާތްތައް ސާފުކޮށް ބެލެހެއްޓުން
- ސްޓާފްރޫމް މަދުވެގެން ދުވާލަކު އެއްފަހަރު ކުނިކަހައި ސާފުކުރުން.
- ސްޓާފްރޫމްއާއި ކޮމްޕިޔުޓަރ ލެބް އަދި ލައިބްރަރީގައިވާ ފަރުނީޗަރުތައް މަދުވެގެން ހަފްތާއަކު 02 ފަހަރު ހިރަފުސްފޮޅައި ސާފުކުރުން.
- އޮފީސް ޢިމާރާތާއި ޕްރިންސިޕަލް ކެބިން މަދުވެގެން ދުވާލަކު އެއްފަހަރު ކުނިކަހައި ސާފުކޮށް މޮޕް ޖެހުން.
- އޮފީސް ޢިމާރާތުގައާއި ޕްރިންސިޕަލް ކެބިންގައިވާ ފަރުނީޗަރުތައް، މަދުވެގެން ހަފްތާއަކު 02 ފަހަރު ހިރަފުސްފޮޅައި ސާފުކުރުން.
- ސްކޫލުގެ ފާހާނާބަރި ދޮވެ ސާފުތާހިރުކޮށް ބެލެހެއްޓުން.
- ސްކޫލުގެ އެހެނިހެން ޢިމާރާތްތައް ސްޕަވައިޒަރު އަންގައިފި ޙާލަތެއްގައި އެއެންގި އުސޫލަކުން ސާފުކުރުން.
ސްކޫލުގެ މުވައްޒަފުންނަށް ދާއިރާއާއި ގުޅުންހުރި ކަންކަމުގައި އެހީތެރިވުން
- މުދައްރިސުންނާއި އިދާރީ މުވައްޒަފުން ސްކޫލާއި ގުޅުންހުރި މަސައްކަތެއްކޮށްދިނުމަށް އެދިއްޖެނަމަ އެއެދުނު ކަމެއް ކޮށްދިނުން. މީގެ ތެރޭގައި ހިމެނެނީ މުދައްރިސުން ދެއްވާ ސްލިޕްކޮޅުތައް ބެހުމާއި، އިދާރީ މުވައްޒަފުން ޙަވާލުކުރާ އިޢުލާންތައް ސްކޫލާއި ރަށުގެ ތަންތަނުގައި ހަރުކުރުން، އަދި އިދާރާއިން އެދިއްޖެ ޙާލަތެއްގައި ބެލެނިވެރިންނަށް އެދޭން ބޭނުންވާ މެސެޖް ރައްދުކޮށްދިނުންފަދަ ކަންކަމެވެ.
އިތުރު ޙަރަކާތްތައް ރާވާ ހިންގުމުގައި އެހީތެރިވުން
- ސްކޫލުގެ ދަރިވަރުންނާއި ސްކޫލުގެ ކުރިއެރުމަށް ރާވާ ހިންގޭ އިތުރު ހަރަކާތްތަކުގައި ބައިވެރިވާން ސްކޫލުން އަންގައިފި ޙާލަތެއްގައި އަމަލީގޮތުން ބައިވެރިވެ އެކަމެއް ކާމިޔާބު ކުރުމަށް ހުރިހާ މާނައެއްގައިވެސް މަސައްކަތްކުރުން. އަދި އެފަދަ ހަރަކާތެއްގައި އިސްކޮށް ހަރަކާތްތެރިވުމަށް ޙަވާލުކުރެވިއްޖެނަމަ އެހަރަކާތެއް ބާއްވަން ކަނޑައެޅިފައިވާ ތާރީޚްގައި ބާއްވާ ކާމިޔާބުކަމާއެކު ކޮށް ނިންމުން.
- ސްކޫލުގައި ފާހަގަ ކުރާދުވަސްތަކާއި މުނާސަބަތުތަކުގައި ޙަވާލުކުރެވޭ ކަންތައްތައް ކަނޑައެޅިފައިވާ ގަޑިއަށް ފަރުވާތެރިކަމާއެކު ކޮށް ނިންމުން.
މަސައްކަތްތައް ދުވަހުން ދުވަހަށް ނިންމުން
- ޙަވާލުކުރެވިފައިވާ މަސައްކަތެއް ޙަވާލުކުރެވުނު މުއްދަތަށް އެއްވެސް ސަބަބަކާއިހުރެ ނިންމުމަށް ޢުޒުރުވެރިވެއްޖެނަމަ އެކަން ކުރިޔާލައި ސްޕަވައިޒަރަށް އަންގައި ސްޕަވައިޒަރުގެ ލަފާގެ މަތިން ދެންކުރިއަށްދާންވީ ކިހިނެއްތޯބަލައި އެގޮތަކަށް އަމަލުކުރުން.
- ޗުއްޓީ، ސަލާމް އަދި ޢާއިލީ ޒިންމާގައި ހުރުމަށްފަހު ވަޒީފާއަށް ނިކުންނައިރު ޙަވާލުކުރެވިފައިވާ އެއްވެސް މަސައްކަތެއް ނުނިމިވާނަމަ ނިކުންނަތާ ހަފްތާއެއްގެތެރޭގައި އެމަސައްކަތްތައް ނިންމުން.
ބަދަލު އިންތިޒާމް
- އޮފީހުގެ އެހެން މުވައްޒަފަކަށް ޙަވާލުކުރެވިފައިވާކަމެއް އެމުވައްޒަފުގެ ބަދަލުގައި ކުރަން ޙަވާލުކުރެވިއްޖެނަމަ އެކަމެއް ކުރަންރޭވިފައިވާގޮތަށް، ކަނޑައެޅިފައިވާ ވަގުތަށް ފުރިހަމަކޮށް ކާމިޔާބުކަމާއެކު ނިންމުން .
|
|
މަޤާމުގެ ޝަރުޠުތައް:
|
ލިޔަން ކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު ނުވަތަ ޤާބިލުކަން ލިބިފައިވުން.
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ޙާޞިލްކޮށްފައިވާ ތައުލީމާއި، ތަމްރީނަށްބަލައިގެން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ އަށް ބަލައިގެން.
- މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް ދެނެގަތުމަށް އިންޓަރވިއު ކޮށްގެން.
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް. (އެޕްލިކޭޝަން ފޯމު މިސްކޫލުގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓުން www.csc.gov.mv ޑައުންލޯޑް ކުރެވޭނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް
- ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ.
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގުރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް އަދި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގުރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)
(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ކުރިއަށް ގެންދާ ރާއްޖޭގެ ޕްރޮގުރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ (މި ފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
- ފުރިހަމކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނިތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
ވަޒީފާއަށް އެދޭ ފޯމު ނަޑެއްލާ ސްކޫލް ކައުންޓަރ އިންނާއި ސިވިލް ސާވިސްގެ ވެބްސައިޓް www.csc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ. މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާނީ 29 ޖަނަވަރީ 2018 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، ހޯނޑެއްދޫ ސްކޫލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔެކިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ،[email protected] އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
|
|
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 29 ޖަނަވަރީ އާއި 01 ފެބްރުއަރީ 2018 އާއި ދެމެދުގެ ތާރީޚެއްގައި ގދ.ހޯނޑެއްދޫ ސްކޫލުގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
|
|
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
|
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ
|
މި މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތައަކީ %25 އެވެ.
|
| |
|
|