ދިވެހިރާއްޖެ
މޯލްޑިވްސް ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑެވެލޮޕްމަންޓް ޕްރޮޖެކްޓް
ވާރލްޑް ބޭންކާއި ދިވެހި ސަރުކާރާއި ގުޅިގެން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ހިންގޭ [މޯލްޑިވްސް ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑެވެލޮޕްމަންޓް ޕްރޮޖެކްޓް] އަކީ ރާއްޖޭގެ މަސްވެރިކަމުގެ ޞިނާއަތް ތަރައްޤިކުރުމަށް ހިންގޭ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓުގެ ދަށުން ކ. މަނިޔަފުށި އަދި ގއ. މަޓުގައި ތިރީގައި ބަޔާން ކުރެވިފައިވާ މަސައްކަތް ކުރަމަށް ޝައުގެވެރިވާފަރާތެއް ހޯދުމަށް އެދި މިމިނިސްޓްރީއިން ހުޅުވާލަމެވެ.
މަޤާމް: ފާމް ހޭންޑް
ގިންތި: 3 އަހަރުގެ ކޮންޓްރެކްޓް
ބޭނުންވާ ޢަދަދު: 2
މުސާރާ: 12,300/- ރުފިޔާ
މަސައްކަތް ކުރަންޖެހޭ ތަން: ކ. މަނިޔަފުށި، ގއ. މަޓު އަދި ޕްރޮޖެކްޓްގެ މަސައްކަތް ހިންގޭ ރަށްތަކުގައި
މަޤާމުގެ ޝަރުތު:
- ޖީ.ސީ.އީ އޯ ލެވެލް ނިންމާފައިވުން
 - މޫދު މާހައުލުގައި ޝައުޤުުވެރިކަމާއި އެކު މަސައްކަތްކުރެވޭނެ ފަރާތެއްކަމުގައި ވުން.
 
ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
މި މަޤާމްތަކަށް ޤާބިލު ފަރާތްތައް ހޮވުމަށް ބެލޭނެ ކަންތައްތަކަކީ ރަށުން ބޭރުގައި ގާއިމުވެހުރެ މަސައްކަތްކުރުމުގެ ތަޖުރިބާ އާއި މޫދު މާޙައުލުގައި މަސައްކަތް ކުރުމަށް ޝަޢުގެވެރިވާ މިނަވަރާއި އަދި ޓީމު ރޫހުގައި މަސައްކަތުގައި ޝާމިލުވެފައިވާ މިންވަރު.
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ފާނަ ވިއްސުމުގައި އެހީތެރިވުމާއި ހެޗަރީގައި ގެންގުޅޭ ފާނައާއި އެހެނިހެން ދިރޭ ބާވަތްތައް ގަވާޢިދުން ބެލެހެއްޓުން. ކަނޑައެޅިފައިވާ ތާވަލުގައިވާ ގަޑިތަކުގައި ކާންދިނުމާއި އަދި ނަގަންޖެހޭ މަޢްލޫމާތުތައް ރެކޯޑުކޮށް ބެލެހެއްޓުން. ހެޗަރީ ޓޭންކުތަކުގެ ވޯޓަރ ކޮލިޓީ މިންގަނޑުތައް ނެގުން.
 
- މޫދުކޮށީގައި ގެންގުޅޭ ބާވަތްތަކަށްކާންދިނުމާއި އެކު ނަގަންޖެހޭ މަޢްލޫމާތުތައް ނެގުން. އަދި ކޮށި ބަލަހައްޓާ ސާފުކުރުން.
 - ހެޗަރީގެ ސަރަޙައްދު ކުނިކަހާ ސަފުކޮށްބެހެއްޓުން. އަދި ޓޭންކުތަކާއި ގެންގުޅޭ އިކުއިޕްމަންޓުތަކާއި މެޝީނަރީތައް ސާފުކޮށް ބެލެހެއްޓުން. އަދި ހެޗަރީގައި ކުރަންޖެހޭ މަރާމާތުތައް ކުރުން.
 - ޕްރޮޖްކެޓުގެ ދަށުން ހިންގޭ މެރިކަލްޗަރ ތަމްރީންތައް ދިނުމުގައި އެހީތެރިވުން.
 - ޝިފްޓު ޑިއުޓީ އަށް މަސައްކަތްތައް ބަހައިގެން ހެޗަރީގެ ޓޭންކުތަކުގައި ގެންގުޅޭ ދިރުންތައް ފަރުވާތެރިކަމާއި އެކު ބެލެހެއްޓުން.
 - ޕްރޮޖެކްޓުގެ އެހެނިހެން ފީލްޑް މަސައްކަތްތަކުގައި ބައިވެރިވުން.
 - މެރިކަލްޗަރގެ މަސައްކަތްތައް ކުރެވޭ އެހެނިހެންތަންތަނުގައި މަސައްކަތްކުރުން.
 
ހުށަހަޅަންޖެހޭ ލިޔުންތައް
- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓަރެސްޓް)
 - ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު (ސީވީ)
 - ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
 - ލިބިފައިވާ ތަޢުލީމީ ސެޓިފިކެޓުތަކުގެ އެކްރެޑިޓްކުރެވިފައިވާ ކޮޕީ
 
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 25 ޖެނުއަރީ 2018 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން މި މިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓަށް، (މެރިން ރިސާޗް ސެންޓަރ އިމާރާތް، ހ. ވައިޓްވޭވްސް، މޫންލައިޓް ހިނގުން) ނުވަތަ މިމިނިސްޓްރީއަށް ވަޒީފާއަށް އެދި އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ލިޔުންތައް އީމެއިލް މެދުވެރިކޮށް ވެސް ބަލައި ގަނެވޭނެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރެވޭނެއެވެ.
އިތުރު މަޢުލޫމާތު ހޯދުން
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އާއި 13:00 ދެމެދު 3322328 ފޯނާއި ގުޅުއްވުން އެދެމެވެ.