ދިވެހިރާއްޖެ
އިޢްލާން
އިންސްޓިޓިއުޓް އޮފް ޤްރުއާން އެންޑް ސުނާން އާއި އދ.ފެންފުށީ ކައުންސިލް ގުޅިގެން ހިންގާ ޤިރާއަތު ލެވަލް 1 އަދި ޤިރާއަތު ލެވެލް 2 ކޯހުގައި ބައިވެރިވުމުގެ ފުރުސަތު 04 ޖަނަވަރީ 2018 އިން 11 ޖަނަވަރީ 2018 އަށް ވަނީ ހުޅުވާހެވިފައެވެ. މި ކޯހުގައި ބައިވެރިވެލަށްވަން ބޭނުންފުޅުވާ ފަރާތްތަކުން 11 ޖަނަވަރީ 2018 ވާ ބުރާސްފަތި ދުވަހުގެ 13:30ގެ ކުރިން އދ.ފެންފުށި ކައުންސިލްގެ އިދާރާއަށް ކޯހުގައި ބައިވެރިވުމަށް އެދި ފޯމު ހުށަހެޅުއްވުން އެދެމެވެ.
ޤިރާއަތު ލެވަލް 1
- § ޝަރުތު: ގްރޭޑް 6 ނިންމާފައިވުން
 - ޤިރާއަތު ލެވަލް 1 ކޯހުގެ މުއްދަތު: 02 މަސްދުވަސް
 - ޤިރާއަތު ލެވަލް 1 ކޯހުގަ ފީ މަހަކަށް: -/1000ރ
 - ކޯހުން ފުރުސަތު ލިބޭނީ ޝަރުތު ހަމަވާ އެންމެ ފުރަތަމަ ފޯމް ހުށައަޅާ 20 ފަރާތައް
 
ޤިރާއަތު ލެވެލް 2
- ޝަރުތު: ގްރޭޑް 6 ނިންމާފައިވުން ނުވަތަ ޤިރާއަތު ލެވެލް 1ގެ ކޯސް ފުރިހަމަކޮށް ފާސްވެފައިވުން
 - ޤިރާއަތު ލެވެލް 2 ކޯހުގެ މުއްދަތު: 05 މަސްދުވަސް
 - ޤިރާއަތު ލެވެލް 2 ކޯހުގެ ފީ މަހަކަށް: -/1000ރ
 - ކޯހުން ފުސަތު ލިބޭނީ އެންމެ ފުރަތަމަ ފޯމް ހުށައަޅާ ޤިރާއަތު ލެވެލް 1 ކޯސް ފުރިހަމަކޮށްފައިވާ 80 ފަރާތައް
 - ޤިރާއަތު ލެވެލް 1 ފުރިހަމަ ކޮށްފައިވާ 80 ފަރާތުން ފޯމް ހުށައަޅާފައި ނުވާނަމަ ފޯމް ހުށައަޅުއްވާ ތަރުތީބުން 80 ބައިވެރިން ހަމަވަންދެކަށް ގްރޭޑް 6 ނިންމާފައިވާ ފަރާތްތަކަށް ޤިރާއަތު ލެވެލް 2 ކޯހުން ފުރުސަތު ދެވޭނެއެވެ.
 
މިއިއުލާނުގެ މުއްދަތު ހަމަވާ ތާރީހަށް ޤިރާއަތު ލެވެލް 1 އަދި 2 ގައި ބައިވެރިވާ އަދަދަށް ދަރިވަރުން ހަމަނުވާނަމަ ލޭޓް އެންޓްރީގެ ގޮތުގައި ކޯސް ފެށުމާއި ހަމައަށް ފޯމް ހުށައަޅާ ތަރުތީބުން ފުރުސަތު ދެވޭނެއެވެ.
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6680539 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6680889 އެވެ.އީ މެއިލް ކުރައްވާނީ [email protected] އަށެވެ.
17 ރަބީޢުލްއާޚިރު 1439
04 ޖަނަވަރީ 2018