ވަޒީފާގެ ފުރުޞަތު
ނަންބަރު: GS34/2017/25
ޕަބްލިޝްކުރި ތާރީޚް: 28 ޑިސެންބަރު 2017
ޕަބްލިޝްކުރި ގަޑި: 10:19
ސުންގަޑި: 09 ޖަނަވަރީ 2018 12:00
ށ. އަތޮޅުމަދަރުސާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

`

 

ށ.އަތޮޅު މަދަރުސާ

ށ.ކަނޑިތީމު، ދިވެހިރާއްޖެ

   ތާރީޚް:28  ޑިސެމްބަރ 2017                                         ނަންބަރު: GS34/2017/25  

 

ވަޒީފާގެ ފުރުޞަތު

 

 

މަޤާމް:                 ރިލީފް ޓީޗަރ

ބޭނުންވާ އަދަދު:                2 (ދޭއް)

މަޤާމް:                 ރިލީފް ޓީޗަރ (ޤުރުއާން)

ބޭނުންވާ އަދަދު:                1 (އެކެއް)

މަޤާމް:                 ރިލީފް ޓީޗަރ (ޢަރަބި)

ބޭނުންވާ އަދަދު:                1 (އެކެއް)

މަޤާމް:                 ރިލީފް ޓީޗަރ (ސެން)

ބޭނުންވާ އަދަދު:                1 (އެކެއް)

މަޤާމުގެ ގިންތި:                ކޮންޓްރެކްޓް (3 މަސްދުވަސް)

ސެކްޝަން:                  އެކަޑަމިކް

މަޤާމް އޮތް އޮފީސް:             ށ. އަތޮޅު މަދަރުސާ

ވަޒީފާ އަދާކުރަން ޖެހޭ ތަން:        ށ.އަތޮޅުމަދަރުސާ / ށ. ކަނޑިތީމު

 

ލިބިލައްވާނެ މުސާރާއި އެލަވަންސް:

ތަފްޞީލް

މުސާރަ

ސަރވިސް އެލަވަންސް

ސާނަވީ ތައުލީމް ފުރިހަމަ ކުރުން ކަމަށްވާނަމަ

4500.00 ރ. (މަހަކު)

1500.00ރ. (މަހަކު)

މަތީ ސާނަވީ ތައުލީމް ފުރިހަމަ ކުރުންކަމަށްވާނަމަ

5500.00 ރ. (މަހަކު)

1500.00ރ. (މަހަކު)

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކުރުން ކަމަށްވާނަމަ

6090.00 ރ. (މަހަކު)

2500.00ރ. (މަހަކު)

މަޤާމުގެ ޝަރުޠުތައް:

1-     ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ހާސިލްކޮށްފައިވުން ނުވަތަ

2-     ޖީސީއީ އޭލެވެލް ނިންމާފައިވުން  ނުވަތަ

3-     ޖީސީއީ އޯލެވެލް ނިންމާފައިވުން އަދި ދިވެހި އިސްލާމް އިން ދަށްވެގެން ސީ ގްރޭޑް ލިބިފައިވުން.

މިވަޒީފާއަށް ކުދިންނެގުމުގައި ނިއު ކަރުކިއުލަމް ވޯރކްޝޮޕް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

  އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

  މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 1. ހަވާލުކުރެވޭ ތާވަލާ އެއްގޮތަށް ކުލާސްތަކަށް ހާޒިރުވެ، ''ސްކީމް އޮފް ވޯކް'' ގައިވާގޮތަށް، މަންހަޖުގައި ބަޔާންކުރެވިފައިވާ ކަންތައްތައް ދަރިވަރުންނަށް ހާސިލުކޮށްދިނުން.

2. ޓީޗަރެއްގެ ހައިސިއްޔަތުން ހަވާލުކުރެވޭ އެންމެހައި ޒިންމާތައް އަދާކުރުން.

3. ކިޔަވައިދޭ މާއްދާތަކާ ގުޅޭ އެންމެހައި ކަންތައްތައް، ލީޑިންގ ޓީޗަރުގެ މަޝްވަރާގެމަތިން ކުރުން.

4. ފެންވަރާއި ހުނަރުގެގޮތުން ތަފާތު ކުދިންނަށް އަމާޒުކޮށްގެން އުނގަންނައިދިނުން.

5. ސްކޫލްގައި ހިންގޭ އިތުރު ހަރަކާތްތަކުގެ ތެރެއިން ހަވާލުކުރެވޭ ހަރަކާތްތައް ހިންގުން.

6. ކިޔަވައިދިނުމާ ގުޅުންހުރި ފަހުގެ ހޯދުންތަކާއި ޓެކްނޮލޮޖީއަށް އަހުލުވެރިވުމާއި، އަމިއްލަ ތަރައްޤީއަށް މަސައްކަތްކުރުން.

 7. ސްކޫލުގެ ވަސީލަތްތައް އެންމެ ފައިދާހުރިގޮތުގައި ބޭނުންކޮށްގެން ދަރިވަރުންގެ ނަތީޖާގެ ފެންވަރު މަތިކުރުމަށް މަސައްކަތްކުރުން.

8. މުޖުތަމަޢާއި ސްކޫލާ އޮންނަ ގުޅުމަކީ ބަދަހި ގުޅުމެއްކަމަށް ހެދުމަށް މަސައްކަތްކުރުން.  

 ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1-   ޙާޞިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނުތައް.

2- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ.

3- މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމާއި ސިފަތައް.

4- އަޚުލާޤީ ފެންވަރާއި ރިވެތި ސިފަތައް.

5- ކިޔަވައިދިނުމާ ގުޅުންހުރި ފަހުގެ ހޯދުންތަކާއި ޓެކްނޮލޮޖީއަށް އަހުލުވެރިވު

6- މަޤާމްތަކަށް މުވައްޒަފުން ހޮވުމަށް ހަމަޖެހިފައިވަނީ ކޮންމެ މަޤާމަކާ ގުޅޭގޮތުން ކުރެވޭ އިންޓަވިޔުއަށް ބެލުމަށްފަހުއެވެ.

 ހުށަހަޅަންޖެހޭ ލިޔުންތައް:

  1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ށ.އަތޮޅުމަދަރުސާގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ވެބްސައިޓުން މިފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

  ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

  1. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  2. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

(ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު     ބައްލަވާފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތައުލީމުދޭ މަރުކަޒުން ހިންގާ ރައްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރުމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫރުކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ    ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

6- ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

7- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ.

8- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

  (ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

 - ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ށ. އަތޮޅު މަދަރުސާގެ އޮފީހަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2018 ޖެނުއަރީ 09ވާ އަންގާރަ ދުވަހުގެ ގެ 12:00 ކުރިންނެވެ.

- ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައިގަނެވޭނެއެވެ.

- އީ.މެއިލް އެޑްރެހަކީ [email protected] އެވެ.

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭހުރިހާލިޔުންތައް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ބާޠިލްކުރެވޭނެއެވެ.

   އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 10 ޖެނުއަރީ 2018 އާއި 14 ޖެނުއަރީ 2018 އާއި ދެމެދު ށ.އަތޮޅު މަދަރުސާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 ޝޯޓްލިސްޓްކުރުން:

މިވަޒީފާތަކަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:  %30

 

އިތުރު މަޢުލޫމާތު ހޯދުން:

 މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި މަދަރުސާގެ ނަންބަރު 6540059 ފޯނަށް ގުޅުއްވުން އެދެމެވެ. އަދި އީމެއިލް ކުރާނީ [email protected] އަށެވެ.

28 ޑިސެންބަރު 2017