ދިވެހިރާއްޖެ
(IUL)415-HR/415/2017/35 :ނަންބަރު
| އިޢުލާނު | |
| މަޤާމް: | އެޑްމިނިސްޓްރޭޓިވް އޮފިސަރ | 
| މަޤާމުގެ ނަންބަރ: | J-289543 | 
| ބޭނުންވާ އަދަދު: | 01 | 
| މަޤާމުގެ ގިންތި: | ދާއިމީ | 
| މަޤާމުގެ ރޭންކް: | (ޖެނެރަލް ސާރވިސް 3) ޖީ.އެސް 3 | 
| މަޤާމުގެ ކްލެސިފިކޭޝަން: | އޮފިސަރ ގްރޭޑް 1 | 
| ސެކްޝަން: | ކޯޕަރޭޓިވް އެފެއާޒް ޔުނިޓް | 
| މަޤާމް އޮތް އޮފީސް: | ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ | 
| ވަޒީފާ އަދާކުރަން ޖެހޭތަން: | ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ، ގދ. ތިނަދޫ | 
| މުސާރާ: | މަހަކު 4465.00 ރުފިޔާ | 
| ސަރވިސް އެލެވަންސް: | މަހަކު 1500.00 ރުފިޔ | 
| އިތުރު އިނާޔަތްތައް: | 
 
 | 
| މަޤާމުގެ މަސްޢޫލިއްޔަތާއި ވާޖިބުތައް: | 1- އޮފީސް ހުޅުވާ ލެއްޕުމާއި ކައުންސިލް އިދާރާއިން އެކިފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީއާއި މެސެޖްތަކާއި، ރިޕޯޓްތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވައި، ފޮނުވޭ ލިޔެކިޔުންތަށް ފަސޭހައިން ފެންނާނެ ގޮތަށް ފައިލްކޮށް ބެހެއްޓުން. 2- ކައުންސިލް އިދާރާއަގި މަސައްކަތްކުރާ (ސިވިލް ސަރވިސް އިދާރީ ،ކައުންސިލަރުން، ކޮންޓްރެކްޓް މުވައްޒަފުން، އިޖްތިމާއީ ސަރަޙައްދު ބަލަހައްޓާ މުވައްޒަފުން) އެންމެހާ މުވައްޒަފުނަގެ ޙާޟިރީ ބެލެހެއްޓުމާއި ކަނޑައެޅިފައިވާ ތާރީޚަށް ޙާޒިރީ ރިޕޯޓު ތައްޔާރުކޮށް ބަޖެޓް ޔުނިޓަށް ފޮނުވަންޖެހޭ ތާރީޚަށް ފޮނުވުމާއެކު މުވައްޒަފުންގެ ޗުއްޓީ ތާވަލް ތައްޔާރުކުރުމާއި ޗުއްޓީ ދިނުމާއި ޗުއްޓީގެ ރެކޯޑްތައް ބެލެހެއްޓުމާ ގުޅޭ އެންމެހާ އިދާރީ މަސައްކަތްތައް ކުރުމާއި، ޒިންމާދާރުވެރިޔާގެ އިރުޝާދާއެކު ވަޒީފާ ދިނުމާއި ވަޒީފާއިން ވަކިކުރުމުގެ އެންމެހާ މަސައްކަތްތަކާއި ވަޒީފާ ބަޔާންތަކާއި ވަޒީފާގެ އެއްބަސްވުން އެކުލަވާލުމާއި މުވައްޒަފުންގެ ޕާރސަނަލް ފައިލްތައް ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުމާއެކު މި މަސައްކަތްތަކާއި ގުޅޭ ލިޔުންތައް ޤަވާޢިދުން ފައިލްކޮށް ބެލެހެއްޓުން. 3- ކައުންސިލް އިދާރާގައި މަސައްކަތްކުރާ އެޕްރައިޒަލް ފޯމްތައް ތައްޔާރުކޮށް، ޒިންމާދާރުވެރިޔާގެ ލަފާގެ މަތިން ކަނޑައެޅިފައިވާ ތާރީޚަށް ފޯމުތައް ފުރައި ރެކޯޑްތައް ސީއެސް ވިއުގަ މެދުވެރިކޮށް ސިވިލްސަރްވިސް ކޮމިޝަނަށް ފޮނުވުން. 4- ކައުންސިލް އިދާރާގެ އެކި ސެކްޝަން ޔުނިޓްތަކާއި ކައުންސިލުން ދުވަހުން ދުވަހަށް ހިންގާ މަސައްކަތްތާކާއި ޙަރަކާތްތަކުގެ މަޢުލޫމާތާއި ރަށުގައި އެދުވަހެއްގައި ހިންގާ ނުވަތަ ހިންގި މުހިންމު ކަންކަމުގެ ތަފްސީލް މަޢުލުމާތު އެކުލެވޭގޮތަށް ކައުންސިލް އިދާރާގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔެ ބެލެހެއްޓުމާއިއެކު، އަހަރީ ރިޕޯޓާއި ހަމަސްދުވަހުގެ ރިޕޯޓަށް މަޢުލޫމާތު ލިބިދެވޭނެ ގޮތަށް ޔައުމިއްޔާގެ މަޢުލޫމާތު ރައްކާތެރިކޮށް ފައިލްކޮށް ބެލެހެއްޓުން. 5- ކައުންސިލް އިދާރާއިން ކުރިއަށް ގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުމާއި،މުވައްޒަފަކު ޗުއްޓީ ނެގުމުން އެމުވައްޒަފުގެ މަސައްކަތުގެ ތެރެއިން ޒިންމާދާރުވެރިޔާ ޙަވާލުކުރާ މަސައްކަތްތައް ކުރުމާއި ކައުންސިލްގެ އިދާރާގެ އަހަރީ މަސައްކަތު ތާވަލުގައި މުވައްޒަފާއި ޒިންމާކުރެވޭ ޕްރޮގްރާމްތައް ކާމިޔާބު ކުރުމަށްޓަކައި ހިންގަން ހަމަޖައްސާ ޙަރަކާތްތައް ހިންގުން. 
 | 
| މަޤާމުގެ ޝަރުތުތައް: | 1- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ ބިޒްނަސް މެނޭޖްމަންޓް / ބިޒްނަސް އެޑްމިނިސްޓްރޭޝަން އިންފޮމޭޝަން ޓެކްނޮލޮޖީ/ހިޔުމަން ރިސޯސް މެނޭޖްމަންޓު/ ޕްރޮޖެކްޓް މެނޭޖްމަންޓް /އެކައުންޓިންގ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ 2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން " ޑީ " ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓްގެ އިމްތިޙާނުގައި ' ދިވެހި ' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. | 
| ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: | ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ އަދި އިންޓަވިއުއަށް. | 
| ހުށަހަޅަންޖެހޭ ލިޔުންތައް: | 
 (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ. 8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. | 
| މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: | ވަޒީފާއަށް އެދޭ ފޯމު ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 09 ޖަނަވަރީ 2018 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން، ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ. 
 | 
| އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު: | މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 17 ޖަނަވަރީ 2018 އާއި 24 ޖަނަވަރީ 2018 އާ ދެމެދު، ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. 
 | 
| ޝޯޓް ލިސްޓްކުރުން: | މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. 
 
 | 
| މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ: | 30% (ތިރީސް އިންސައްތަ) 
 | 
| އިތުރު މަޢުލޫމާތު ހޯދުން: | މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6842596 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 6841018 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. | 
08 ރަބީޢުލްއާޚިރް 1439
26 ޑިސެމްބަރ 2017