ދެންނެވުން
ނަންބަރު: 2017/2
ޕަބްލިޝްކުރި ތާރީޚް: 24 ޑިސެންބަރު 2017
ޕަބްލިޝްކުރި ގަޑި: 13:58
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް
ދިވެހިރާއްޖެ
އެއަރޕޯޓް ސެކިއުރިޓީ ފާހަށް އަގުނެގުން

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ހަދައި ވިއްކާ، އެއަރޕޯޓް ސެކިއުރިޓީ ފާހުގެ އަގު ނެގުން ޑިސެމްބަރ މަހުގެ 03 ވަނަ ދުވަހުން ފެށިގެން ވަނީ މީރާއާއި ހަވާލުކުރެވިފައެވެ. އަދި މި ފާހަށް އެދޭ ފޯމް މިކޮމާންޑްގެ ސެންޓްރަލް ޕާސް އެޑްމިނިސްޓްރޭޝަންއަށް ހުށަހަޅާތާ 03 (ތިނެއް) ވަނަ ދުވަހުން ފެށިގެން 03 މަސް ދުވަހުގެ ތެރޭގައި އެއަރޕޯޓް ސެކިއުރިޓީ ފާހަށްވާ އަގު މީރާއަށް ދައްކަވަން ވާނޭކަމަށް ބަޔާންކުރެވިފައި ވީނަމަވެސް، ފާހަށް އެދޭ ފޯމުތަކުގެ ޞައްހަކަން ބެލުމަށްޓަކައި ބޭނުންވާ މުއްދަތު އިތުރުވުމާއި ގުޅިގެން، މިއަދުން ފެށިގެން އެއަރޕޯޓް ސެކިއުރިޓީ ފާހަށްވާ އަގު މީރާއަށް ދެއްކޭނީ، ފާހަށް އެދޭ ފޯމް މިކޮމާންޑްގެ ސެންޓްރަލް ޕާސް އެޑްމިނިސްޓްރޭޝަންއަށް ހުށަހަޅާތާ މަސައްކަތު 05 (ފަސް) ވަނަ ދުވަހުން ފެށިގެން ކަމުގައި ދަންނަވަމެވެ.

24 ޑިސެންބަރު 2017