ދިވެހިރާއްޖެ
c
މާޅެންދޫ ސްކޫލް
ނ. މާޅެންދޫ ނަމްބަރ:GS114/2017/17-A
އިޢުލާން
2 ކުލާސްރޫމްގެ ދޮރުބަދަލްކުރުމާއި ގުޅޭ
މި ސްކޫލްގެ ނަމްބަރ GS114/2017/16-A ( 6 ޑިސެމްބަރ 2017 ) އިއުލާނަށް އެއްވެސް ފަރާތަކުން ބީލަން ހުށައަޅާފައިނުވާތީ، އެ އިޢުލާން ބާތިލް ކުރުމަށްފަހު އަލުން އިޢުލާން ކުރަމެވެ.
މި ސްކޫލްގެ 2 ކުލާސް ރޫމްގައި މިހާރު ހުރި ލަކުޑި ދޮރުތައް ނަގާ، އެލްމިނިއަމް ދޮރުތައް ހަދައިދީ ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ މި ސްކޫލްއިން ދޭ ނަމޫނާއާއި އެއްގޮތަށް، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން،25 ޑިސެމްބަރ 2017 ވާ ހޯމަ ދުވަހުގެ 11.00 ށް މިސްކޫލަށް ވަޑައިގެން މައުލޫމާތު ސާފްކުރެއްވުމަށްފަހު 28 ޑިސެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 11.00 ށް މިމަދަރުސާއަށް ވަޑައިގެން އަންދާސީ ހިސާބް ހުށަހެޅުއްވުން އެދެމެވެ.
އެސްޓިމޭޓް އެވަލުއޭޓް ކުރުމުގައި ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތް:
| 
 #  | 
 ޕޮއިންޓް ދިނުމުގައި ބެެލެވޭނެ ކަންތައް  | 
 ޕޮއިންޓް  | 
| 
 1  | 
 މަސައްކަތުގެ އަގަށް  | 
 65  | 
| 
 2  | 
 މަސައްކަތުގެ މުއްދަތަށް  | 
 25  | 
| 
 3  | 
 މާލީ ތަނަވަސްކަމާއި ފަންނީ ޤާބިލްކަމަށް  | 
 5  | 
| 
 4  | 
 މަސައްކަތުގެ ތަޖުރިބާއަށް  | 
 5  | 
| 
 
  | 
 ޖުމްލަ (ސަތޭކަ )  | 
 100  | 
އެސްޓިމޭޓްކެނޑުމަށް ހަމަޖެހިފައިވަނީ އެސްޓިމޭޓް ހުށަހެޅުއްވި ބޭފުޅުންގެ ކުރިމަތީގައި އެސްޓިމޭޓް ކޮމެޓީގެ މެމްބަރުންގެ ހާޒިރުގައެވެ. އަދި ދެންނެވިފައިވާ ގަޑިއަށް ހާޟިރުވެނުލައްވާ ބޭފުޅުންނަށް މަޢުލޫމާތު ސާފުކޮއްދެވޭކަށް ނޯންނާނެއެވެ. މައުލޫމާތު ސާފްކުރެއްވުމަށް ހާޒިރުނުވާ ފަރާތްތަކާއި، ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބްތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އެހެންފަރާތެއްގެ ބަދަލްގައި މައުލޫމާތު ސާފް ކުރުމަށް ދުރުވާނަމަ އެފަރާތުގެ ސިޓީއެއް އަދި ކުންފުންޏެއްނަމަ ކުންފުނީފެ ރަސްމީ ލެޓަރހެޑްގައި ލިޔެފައިވާ ސިޓީ ގެންނަންވާނެއެވެ. ބަދަލްގައި މައުލޫމާތު ސާފްކުރެވޭނީ ކޮންމެ ފަރާތަކަށްވެސް އެއް ފަރާތެއްގެ ނަމުގައެވެ. އަދި މިމަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.
30 ރަބީއުލްއައްވަލް 1438
18 ޑިސެމްބަރ 2017