ދިވެހިރާއްޖެ
އިޢުލާނު
ވޭޖު އެންޕްލޯއިމެންޓްގެ ދަށުން ވަގުތީ އިމާމު/މުދިމު އަދި މަސައްކަތު މީހުން ނެގުމާއި ގުޅޭ
މަޤާމް: އިމާމު / މުދިމު
ބޭނުންވާ އަދަދު : 05
މަޤާމު އޮތް އޮފީސް : މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ވަޒީފާ އަދާކުރަންޖެހޭ ތަން: ރ.އިނގުރައިދޫ މިސްކިތްތައް
މުސާރައާއި އުޖޫރަ :
| 
 #  | 
 މަޤާމު  | 
 ރޭންކް  | 
 މަސައްކަތް ކުރާ ގަޑިއަށް  | 
| 
 1  | 
 އިމާމު  | 
 GS 3  | 
 56/-  | 
| 
 2  | 
 މުދިމު ( އިމާމު ކަމުގެ ޝަރުތު ހަމަނުވާ )  | 
 GS 1  | 
 48/-  | 
އިތުރު ޢިނާޔަތްތައް:
ވޭޖު އެންޕުލޯއިމެންޓްގެ ދަށުން ނަންގަވާ މުވައްޒަފުންނަށް މަސައްކަތް ކުރާ ގަޑިއަކަށް ކަނޑައެޅިފައިވާ ރޭޓުގެ އިތުރުން އިތުރު އެއްވެސް އެލެވެންސް އެއް ނުލިބޭނެއެވެ.
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
މިސްކިތުގެ އިމާމުންނާއި މުދިމުންގެ މަސައްކަތަކީ ފަރުޟު 05 ( ފަސް ) ނަމާދަށް މިސްކިތައް ޙާޟިރުވެ ވަގުތަށް ބަންގިގޮވުމާއި، އިމާމުވެ ނަމާދުކުރުމެވެ. ކޮންމެ ނަމާދަކަށް މަސައްކަތުގައި ހޭދަކުރެވޭ ގަޑިއަކީ 01 ( އެއް ) ގަޑިއިރުއެވެ.
މަޤާމުގެ ޝަރުޠުތައް:
| 
 މަޤާމް  | 
 ރޭންކް  | 
 ކްލެފިކޭޝާން  | 
 ޝަރުޠު  | 
| 
 މުދިމް 
 
 
 
 
 
 
 
  | 
 ޖީ.އެސް 1 
 
 
 
 
 
 
 
  | 
 އެސިސްޓެންޓް އޮފިސަރ ގްރޭޑް 1 
 
 
 
 
 
 
 
  | 
 މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، 
  | 
| 
 އިމާމް 
  | 
 ޖީ.އެސް 3 
  | 
 އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ އޮފިސަރ ގްރޭޑް 1 
  | 
 މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، 
  | 
މަޤާމް: މަސައްކަތު
ބޭނުންވާ އަދަދު : 01
މަޤާމު އޮތް އޮފީސް : މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ވަޒީފާ އަދާކުރަންޖެހޭ ތަން: ރ.އިނގުރައިދޫ މިސްކިތްތައް
މުސާރައާއި އުޖޫރަ :
| 
 #  | 
 މަޤާމު  | 
 ރޭންކް  | 
 މަސައްކަތް ކުރާ ގަޑިއަށް  | 
| 
 1  | 
 މަސައްކަތު  | 
 SS1  | 
 40/-  | 
މަޤާމުގެ ޝަރުޠުތައް:
- ލިޔަންކިޔަން ދަތުމާއިއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން
- ގިނަވަގުތު މަސައްކަތުގައި އުޅޭފަދަ ޞިއްޙަތެއް ލިބިފައިވުން
އިތުރު ޢިނާޔަތްތައް:
ވޭޖު އެންޕުލޯއިމެންޓްގެ ދަށުން ނަންގަވާ މުވައްޒަފުންނަށް މަސައްކަތް ކުރާ ގަޑިއަކަށް ކަނޑައެޅިފައިވާ ރޭޓުގެ އިތުރުން އިތުރު އެއްވެސް އެލެވެންސް އެއް ނުލިބޭނެއެވެ.
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
- ކޮންމެ ދުވަހަކު މިސްކިތުގައި 5 ގަޑި އިރު ހޭދަކުރުން. ( ކޮންމެ ނަމާދަކަށް 30 މިނިޓް އަދި މިސްކިތުގެ ގޯތިތެރެއާއި މިސްކިތް ސާފްކުރުމަށް 2:30 މިނިޓް ހޭދަކުރުން.)
- ކައުންސިލް އިދާރާއިން ކަނޑައަޅާ ތާވަލަކާއި އެއްގޮތަށް ކައުންސިލް އިދާރާއިން ކަނޑައަޅާ މިސްކިތެއްގައި އިމާމު/މުދިމު އަންގާ ގޮތެއްގެމަތިން މަސައްކަތްކުރުން.
- ކައުންސިލް އިދާރާއިން އިންތިޒާމުކުރާ ގޮތެއްގެމަތިން ކޮންމެ ދުވަހަކުވެސް މިސްކިތް ސާފުކުރުމާއި، ފާޚާނާއާއި އިސްކުރުބަރި ލެވިފައިވާ މިސްކިތްތަކުގައި އެތަންތަން ދޮވެ ސާފުކޮށް ބެލެހެއްޓުމާއި މިސްކިތުގެ ގޯތިތެރެއާއި މިސްކިތާއި އިންވެގެން ހުންނަ މަގުތަކުގެ މިސްކިތާވީފަޅި ކުނިކެހުމާއި ވިނަނޮޅުމާއި ކުނިއުކާލުމުގެ މަސައްކަތްކުރުން. ( މީގެތެރޭގައި މިސްކިތުގެ ގޯތިތެރޭގައި ހުންނަ ޤަބުރުސްތާންތައް ނުހިމެނެއެވެ.)
- މިސްކިތުގެ ވަޅުދިޔަހިއްކާ ސާފުކުރުން.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:
| 
 1- ލިބިލައްވާފައިވާ ތަޢުލީމާއި ތަމްރީން 2- ވަޒީފާއާއި ގުޅޭ ދާއިރާއިން ހޯދާފައިވާ ތަމްރީނާއި ލިބިލައްވާފައިވާ މަސައްކަތުގެ ތަޖުރިބާ  | 
3- މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި،ފެންވަރާއި، ބޭނުންވާ ސިފަތައް
ހުށަހަޅަންޖެހޭ ލިޔުންތައް:
- ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
 - ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
 - ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
 - ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
 
)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
- ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
 - ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
 - މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
 
(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
ވަޒީފާއަށް އެދޭ ފޯމު މި ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލްސަރވިސް ކޮމިޝަންގެ ވެބުސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 26 ޑިސެންބަރު 2017 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން، މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލް އިދާރާ އަށެވެ.
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު: މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 27 ޑިސެންބަރު 2017 އާއި 15 ޖަނަވަރީ 2018 އާ ދެމެދު، މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލް އިދާރާ ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
ޝޯޓް ލިސްޓްކުރުން: މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
އިތުރު މަޢުލޫމާތު ހޯދުން: މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580028 ނަންބަރު ފޯނާއެވެ.