ޢާންމު މަޢުލޫމާތު
ނަންބަރު: ު:(A)CA-2013/692
ޕަބްލިޝްކުރި ތާރީޚް: 14 ނޮވެންބަރު 2013
ޕަބްލިޝްކުރި ގަޑި: 17:36
އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ވޯޓުކަރުދާސް ޗާޕުކުރެވުނު ގޮތުގެ ތަފްޞީލް – ރިޔާސީ އިންތިޚާބު 2013، ދެވަނަ ބުރު

2013 ނޮވެންބަރު 16 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުނެގުމަށްޓަކައި ތައްޔާރުކޮށްފައިވާ ވޯޓުކަރުދާސް ޗާޕުކޮށްފީމެވެ. މި ވޯޓުކަރުދާސް ޗާޕުކޮށްފައިވަނީ ދިވެހިރާއްޖޭގެ ޗާޕްޚާނާއެއް ކަމުގައިވާ ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝަރސް ޕްރައިވެޓް ލިމިޓެޑުންނެވެ. ޗާޕުކޮށްފައިވާ ވޯޓުކަރުދާހުގެ ޖުމުލަ ޢަދަދަކީ 241,400 (ދެލައްކަ ސާޅީސްއެއްހާސް ހަތަރުސަތޭކަ) އެވެ.

ވީމާ، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 36 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން މިކަން ޢާންމުކޮށް އެންގުމަށްޓަކައި، އިޢުލާ ންކުރީމެވެ.

10 މުޙައްރަމް 1435

14 ނޮވެންބަރު 2013