ދިވެހިރާއްޖެ
ލ. ގަމު މުކުރިމަގު ބަނދަރު ސަރަޙައްދުގެ ދެކުނުން 4000 (ހަތަރުހާސް) އަކަފޫޓްގެ ތެޔޮ ބިމެއް ކުއްޔަށްދިނުމަށް ކުރި މިއިދާރާގެ ނަންބަރު (IUL)399-EDS/399/2017/75 (17 ސެޕްޓެމްބަރ 2017) އިޢުލާން ބާތިލްކޮށް އަލުން އެބިމުގެ ބިޑް ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބިޑް ޑޮކިއުމަންޓް ގަތުމަށްފަހު ތިރީގައިވާ ގަޑިއަށް ބިޑް ހުށަހެޅުއްވުން އެދެމެވެ. ބިޑް ޑޮކިއުމަންޓްގެ އަގަކީ -/100 (ސަތޭކަ ރުފިޔާ) އެވެ. ބިޑް ޑޮކިއުމަންޓް ގަންނަންލިބޭނީ 14 ޑިސެމްބަރ 2017 ވަނަ ދުވަހުން ފެށިގެން 21 ޑިސެމްބަރ 2017 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ.
| 
 ތަފްޞީލް  | 
 ތަން  | 
 ތާރީޚް  | 
 ދުވަސް  | 
 ގަޑި  | 
| 
 ޕްރީބިޑް މީޓިންގ  | 
 ގަމު ކައުންސިލް އިދާރާ  | 
 24 ޑިސެމްބަރ 2017  | 
 އާދީއްތަ  | 
 13:00  | 
| 
 ބިޑް ހުށަހެޅުން  | 
 ގަމު ކައުންސިލް އިދާރާ  | 
 27 ޑިސެމްބަރ 2017  | 
 ބުދަ  | 
 13:00  | 
މަޢުލޫމާތު ލިބިގަތުމާއި، ބިޑް ހުށަހެޅުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ބޭފުޅުންނަށް ބައިވެރިއެއް ނުވެވޭނެއެވެ. އަދި މިކަމަށް އެދި މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް ލިބިވަޑައިގަންނަވާނީ މަޢުލޫމާތު ސާފުކުރުމުގެ 01 ފުރުޞަތެވެ.
23 C 1438 ހ.
11 ޑިސެމްބަރ 2017 މ.