ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)166-Schol/166/2013/78
ޕަބްލިޝްކުރި ތާރީޚް: 31 އޮކްޓޫބަރު 2013
ޕަބްލިޝްކުރި ގަޑި: 16:27
ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެޓެސްޓުކުރުމާއި އެކްރެޑިޓް ކުރުމާ ބެހޭ

ޑިޕާރޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަނުން އިޢުލާންކުރާ ސްކޮލަރޝިޕް ނުވަތަ ލޯން އެހީއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅާ ސެޓުފިކެޓުތަކަކީ އެޓެސްޓުކޮށް އެކްރެޑިޓް ކުރެވިފައިވާ ތަކެތިކަމުގައި ވާންޖެހޭނެއެވެ. 

  • އެޓެސްޓު ކުރުމަކީ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ އާއި ޓްރާންސްކްރިޕްޓްގެ ކޮފީގައި އަސްލާ އެއްގޮތްކަމަށް ބަޔާންކޮށް، އެމީހަކު ވަޒީފާ އަދާކުރާ އޮފީހަކުން ނުވަތަ ޑިޕާރޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ތައްގަނޑުޖެހި އަސްލު. އެޓެސްޓްކޮށްފައިވާ އޮފީހެއްގެ ތައްގަނޑާއި އަދި ސޮއިކުރެއްވި ބޭފުޅެއްގެ ނަން، މަޤާމު، ސޮއި އަދި ތާރީޚު އޮންނަންވާނެއެވެ. އެޓެސްޓޭޝަން ފުރިހަމަ ނޫންނަމަ އެޕްލިކޭޝަން ބާޠިލުކުރުމުގެ އިޚްތިޔާރު މިޑިޕާރޓްމަންޓަށް ލިބިގެންވެއެވެ.
  • އެކްރެޑިޓް ކުރުމަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ސެޓުފިކެޓުގެ ފެންވަރު ވަޒަންކޮށް ތައްގަނޑުޖެހުމެވެ. 

ވީމާ، މި ޑިޕާރޓްމަންޓުން އިޢުލާން ކުރާ ލޯނު/ ސްކޮލަރޝިޕަށް އެދި ހުށަހަޅާ ސެޓުފިކެޓުތައް ދެންނެވިފައިވާ ގޮތަށް އެޓެސްޓްކޮށް އެކްރެޑިޓްކޮށްފައިވާ ލިޔުންކަމުގައި ވާންޖެހޭނެއެވެ.

31 އޮކްޓޫބަރު 2013