ދިވެހިރާއްޖެ
| މަޤާމް :ޕްރޮޖެކްޓް ކޯޑިނޭޓަރ - ކިންގް ސަލްމާން މިސްކިތް ޕްރޮޖެކްޓް | |
|---|---|
| ބޭނުންވާ އަދަދު :2 | |
ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު ޕްރޮޖެކްޓް ކޯޑިނޭޓަރ - ކިންގް ސަލްމާން މިސްކިތް ޕްރޮޖެކްޓް ސަޢޫދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ "ކިންގް ސަލްމާން މިސްކިތް" މަޝްރޫޢުގެ މަސައްކަތްތައް ބެލެހެއްޓުމަށްޓަކައި މިމިނިސްޓްރީގައި ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓެއް (ޕީ.އެމް.ޔޫ.) ގާއިމުކުރާތީ، މި ޔުނިޓަށް ޕްރޮޖެކްޓް ކޯޑިނޭޓަރގެ މަޤާމަށް 02 މީހަކު ބޭނުންވެއެވެ. މިމަޤާމަށް ހޮވޭ ފަރާތަކަށް މުސާރައިގެ ގޮތުގައި 15,000 ދިވެހި ރުފިޔާ އުޖޫރައެއް ދެވޭނެއެވެ. މަޤާމުގެ މުއްދަތަކީ 12 މަސްދުވަހެވެ. ވީމާ، ޕްރޮޖެކްޓް ކޯޑިނޭޓަރެއްގެ މަޤާމުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. އަދި ޝައުޤުވެރިވާ ފަރާތްތަކުން 2017 ޑިސެންބަރު 11 ވާ ހޯމަ ދުވަހު 14:00 ގެ ކުރިން މި މިނިސްޓްރީއަށް "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ހުށަހެޅުއްވުން އެދެމެވެ. މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަސައްކަތްކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ ގޮތުން؛ ދާއިރާއިން ކޮށްފައިވާ މަސައްކަތުގެ މަޢުލޫމާތު، މިފަދަ މާހައުލުތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަން ވާނެއެވެ. މި މަޤާމުގައި ކުރަންޖެހޭ މަސައްކަތާގުޅޭ މަޢުލޫމާތު ހިމެނޭ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) މިނިސްޓްރީގެ ވެބްސައިޓްwww.housing.gov.mv ގައި ޝާޢިއު ކުރެވިފައިވާނެއެވެ. އަދި އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބޭނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް: މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ. އަމީނީ މަގު، މާލެ، ދިވެހިރާއްޖެ. ފޯން: 3004300 ފެކްސް:3004301 އީ-މެއިލް: [email protected] ވެބްސައިޓް: www.housing.gov.mv
18 ރަބީޢުލްއައްވަލް 1439ހ. 6 ޑިސެންބަރު 2017މ. |