ވަޒީފާގެ ފުރުޞަތު
ނަންބަރު: KS-R/IUL/2017/34
ޕަބްލިޝްކުރި ތާރީޚް: 27 ނޮވެންބަރު 2017
ޕަބްލިޝްކުރި ގަޑި: 14:05
ސުންގަޑި: 07 ޑިސެންބަރު 2017 13:00
ކަލާފާނު ސްކޫލް
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ޓެކްނީޝަން

`

 

ކަލާފާނު ސްކޫލް

 މާލެ، ދިވެހިރާއްޖެ 

ނަންބަރު:  KS-R/IUL/2017/34                                             ތާރީޚް: 27 ނޮވެމްބަރ 2017

އިޢުލާނު

މަޤާމް:                      ކޮމްޕިއުޓަރ ޓެކްނީޝަން   

ދާއިރާ:                      އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ސެޓްފިކެޓް ހާސިލްކޮށްފައިވުން.

މަޤާމުގެ ނަންބަރު:               J-246041  

ބޭނުންވާ އަދަދު:                 1

މަޤާމުގެ ގިންތި:                 ދާއިމީ

މަޤާމުގެ ރޭންކް:                 އެމް. އެސް 2

މަޤާމުގެ ކްލެސިފިކޭޝަން:           ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ސެކްޝަން:                    އައިޓީ ސެކްޝަން

މަޤާމް އޮތް އޮފީސް:              ކަލާފާނު ސްކޫލް

ވަޒީފާ އަދާކުރަން ޖެހޭ ތަން:         ކަލާފާނު ސްކޫލް

މުސާރަ:                      -/6295 ރުފިޔާ

ސަރވިސް އެލެވަންސް:            -/2000 ރުފިޔާ

 

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

 

 

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ކޮމްޕިއުޓަރ ސިސްޓަމް، ޕްރިންޓަރ، ޕްރޮޖެކްޓަރ، ސައުންޑް ސިސްޓަމް، ފަދަ ތަކެތީގެ ސްޓޭޓަސް ބެލުމާއި މެއިންޓެއިން ކުރުން

2. ކޮމްޕިއުޓަރ ނެޓްވޯކް ރަގަޅަށް ބެލުމާއި ދިމާވާ އެންމެހައި މައްސަލަތައް ހައްލުކުރުން

3. ކޮމްޕިއުޓަރގެ އިންވެންޓްރީ އަޕްޑޭޓްކޮށް ބެލެއްޓުން.

4. ސްކޫލްގެ ސާރވަރ ދިމާވާ މައްސަލަތައް ހައްލުކޮށް ރަގަޅަށް ބެލެހެއްޓުން.

5. އެޓެންޑެންސް މެނޭޖްމަންޓް ސިސްޓަމް ބެލެހެއްޓުމާއި މެއިންޓެއިން ކުރުން.

6. ފޯނު ލައިންތަކުގައި އެއްވެސް މައްސަލައެއްޖެހިއްޖެނަމަ ހައްލުކޮށް ބެލެހެއްޓުން.

7. ސައުންޑް ސިސްޓަމް، ބެލްސިސްޓަމް މެއިންޓެއިންކޮށް ބެލެހެއްޓުން.

8. ކްލާސްތަކުގައި ބަހައްޓާފައިވާ ސްމާޓްބޯޑުތަކާއި ސިސްޓަމް މެއިންޓެއިންކޮއް ބެލެހެއްޓުން.

9. ސްކޫލްއިން ބޭނުންވެއްޖެ ހިދެއްގައި ކޮމްޕިއުޓަރާއި ޕްރިންޓަރ އާއި އެފަދަ ތަކެތީގެ ސްޕެސިފިކޭޝަން ތައްޔާރުކުރުން.

10. މުވައްޒަފުންނަށް  ބޭނުންވާ ޔޫޒަރ އެކައުންޓާއި – އީމެއިލް ކްރިއޭޓްކުރުން.

 

މަޤާމުގެ ޝަރުޠުތައް:

1. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

3. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ

4 މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ގުޅުން ހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

1. ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު

2. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު

3. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމުގެ ސިފަތައް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

        (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

        (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

        (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

        (ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

        (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު މި (ކަލާފާނު ސްކޫލް) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ  www.csc.gov.mv (http://www.csc.gov.mv  ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2017 ޑިސެމްބަރ 7 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން، ކަލާފާނު ސްކޫލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ، 3314457 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 10 ޑިސެމްބަރ 2017 އާއި 18 ޑިސެމްބަރ 2017 އާ ދެމެދު، ކަލާފާނު ސްކޫލް ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ޝޯޓް ލިސްޓް ކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ:

މިމަޤަމަށް މީހުން ހޮވުމަށް ކަނޑައޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު މާކްސްގެ ޖުމްލަ އިންސައްތަ، %30 (ތިރީސް އިން ސައްތަ) އަށް ވުރެ މަތިވާންޖެހޭނެއެވެ.

 

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3326607 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3314457 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

09 ރަބީޢުލްއައްވަލް 1439

27 ނޮވެމްބަރ 2017

27 ނޮވެންބަރު 2017