މަސައްކަތް
ނަންބަރު: GS-82/2017/16
ޕަބްލިޝްކުރި ތާރީޚް: 12 ނޮވެންބަރު 2017
ޕަބްލިޝްކުރި ގަޑި: 07:54
ސުންގަޑި: 22 ނޮވެންބަރު 2017 11:00
މާރަންދޫ މަދަރުސާ
ދިވެހިރާއްޖެ
2018 ވަނަ އަހަރު ސްކޫލް ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއްހޯދުމަށް

އިޢުލާން

 

ސްކޫލްގެ ސެކިއުރިޓީ އައުޓް ސޯސް ކުރުމާއި ގުޅޭ

 

                މިސްކޫލްގެ ސެކިއުރިޓީ 2018 ވަނަ އަހަރު ބަލަހައްޓައިދެނޭ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް މަޢުލޫމާތު ދެއްވުމަށް ބާއްވާ ބައްދަލުވުން 22 ނޮވެމްބަރ2017  ވާ ބުދަ ދުވަހު ހެނދުނު 11:00 ގައި ސްކޫލް އޮފީހުގައި އޮންނާނެއެވެ. މިބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އެސްޓިމޭޓް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދެންނެވީމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ބަދަލުގައި މީހެއް ފޮނުވާނަމަ ސިޓީއަކާއި، ބަދަލުގައި އަންނަ މީހާގެ މުއްދަތު ހަމަނުވާ އައިޑީކާޑުގެ ކޮޕީއަކާއި، އައިޑީކާޑު ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ.          

 މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 26 ނޮވެމްބަރ 2017 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00އަށް ސްކޫލަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅެއްވުން އެދެމެވެ.

 

ނޯޓް: މިމސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު: 18/2014 ) ގެ ދަށުން  ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. އަދި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ މިސްކޫލުގެ ފޯނު ނަންބަރު 6500535 އަށް ގުޅުއްވުން އެދެމެވެ.

 

 

12 ނޮވެންބަރު 2017