ދެންނެވުން
ނަންބަރު: (IUL)266/266/2017/73
ޕަބްލިޝްކުރި ތާރީޚް: 26 އޮކްޓޫބަރު 2017
ޕަބްލިޝްކުރި ގަޑި: 13:53
ސުންގަޑި: 10 ނޮވެންބަރު 2017 14:00
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.ކުޅުދުއްފުށީގައި ދިރިއުޅޭ ބިދޭސީން، ދަފްތަރުގައި ރަޖިސްޓްރީ ކުރުން

ހދ.ކުޅުދުއްފުށީގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރެއް އެކުލަވާލުމަށް މިކައުންސިލުން ވަނީ ނިންމާފައެވެ.

ވީމާ ކުޅުދުއްފުށީގައި ބިދޭސީން ގެންގުޅުއްވާ އެންމެހާ ފަރާތްތަކުން، މިދަފްތަރުގައި ރަޖިސްޓްރީ ކުރުމަށް ދަންނަވަމެވެ.

"ބިދޭސީންގެ ދަފްތަރުގައި ރަޖިސްޓްރީ ކުރުމަށްއެދޭ ފޯމް" މިއިދާރާއިން ލިބެންހުންނާނެއެވެ. ފޯމް ފުރިހަމަ

ކުރެއްވުމަށްފަހު 10 ނޮވެމްބަރ 2017 ގެ ކުރިން މިއިދާރާއަށް ހުށައެޅުއްވުން އެދެމެވެ. އަދި މީގެ ފަހުން ބިދޭސީން ގެންނަ

ފަރާތްތަކުންވެސް ބިދޭސީންގެ ދަފްތަރުގައި ރަޖިސްޓްރީ ކުރަމުން ގެންދަންވާނެއެވެ.

26 އޮކްޓޫބަރު 2017