ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)MMPRC-HR/1/2017/46
ޕަބްލިޝްކުރި ތާރީޚް: 04 އޮކްޓޫބަރު 2017
ޕަބްލިޝްކުރި ގަޑި: 14:44
ސުންގަޑި: 12 އޮކްޓޫބަރު 2017 14:00
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

 

  

 މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

މާލެ، ދިވެހިރާއްޖެ

 

                                         އިޢުލާން ނަންބަރު: IUL)MMPRC-HR/1/2017/46)

ވަޒީފާގެ ފުރުޞަތު

 

މަޤާމުގެ ނަން:  އެކައުންޓެންޓް

މުސާރަ (މަހަކު) : -/13،200 ރުފިޔާ މަހަކު

ޑެއިލީ އެލަވަންސް: ރަސްމީކޮށް ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސްގެ ގޮތުގައި 406.15  ރުފިޔާ (ހަތަރު ސަތޭކަ ހަ ރުފިޔާ ފަނަރަ ލާރި) ދުވާލަކަށް

- އިތުރު ގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުގެ ދަށުން

ޑިޕާރޓްމަންޓް / ސެކްޝަން: އެކައުންޓްސް

ބޭނުންވާ އަދަދު: 1

 

ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

  1. މަޤާމާއިގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށް މަޤާމާއިގުޅޭ ދާއިރާއެއްގައި ސީނިއަރ ލެވެލްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. މަޤާމާއިގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 8 ގެ ސަނަދެއް ހާސިލްކޮށް މަޤާމާއިގުޅޭ ދާއިރާއެއްގައި ސީނިއަރ ލެވެލްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. މަޤާމާއިގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށް މަޤާމާއިގުޅޭ ދާއިރާއެއްގައި ސީނިއަރ ލެވެލްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. މިކޯޕަރޭޝަންގެ ފައިނޭންސް ޑިޕާރޓްމަންޓްގެ އެންމެހާ މަސައްކަތްތައް މާލިއްޔަތު ޤަވާއިދާއި އެއްގޮތަށް ހިންގައި ޑިޕާރޓްމަންޓްގެ އެންމެހާ މަސައްކަތްތައް ސުޕަވައިޒްކުރުން.
  2. މިކޯޕަރޭޝަންގެ ބަޖެޓް ކޮންމެ އަހަރަކު އެކުލަވާލާ ތައްޔާރުކޮށް އަދި މި މައުލޫމާތު ޙިއްސާކުރަންޖެހޭ ފަރާތްތަކާއި ހިއްސާކުރުން.
  3. މިކޯޕަރޭޝަންގެ އެނުއަލް ބިސްނަސް ޕްލޭން ތައްޔާރުކުރުން.
  4. މާރކެޓިންގ ޕްލޭން ތައްޔާރުކުރުމަށް ބޭނުންވާ ބަޖެޓް ތައްޔާރުކުރުން.
  5. މިކޯޕަރޭޝަންގެ ފައިނޭންޝިއަލް ރިޕޯރޓްތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  6. ކުންފުނީގެ މާލީ ހިންގުން ހަރުދަނާ ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް (ޕޮލިސީ،ޕްރޮސީޖަރ،އެސްއޯޕީ) އިސްލާހުކޮށް ހަރުދަނާކުރުމުގެ މަސައްކަތްކުރުން.
  7. ކޯޕަރޭޝަންގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުމާއި އެކު ކޯޕަރޭޝަންގެ ޚިދުމަތްތަކާ ގުޅުންހުރި ކުންފުނިން އަންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ އެކަންކަން ކުރުން.

 

 

ސިޓީ ފޮނުވަންވީ ތާރީޚާއި ތަން: 12 އޮކްޓޫބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ވެލާނާގެ 4 ވަނަ ފަންގިފިލާގައި ހުންނަ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އަށް

 

:ހުށައަޅަންޖެހޭ ލިޔުންތައް

- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ

- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ

- ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން (މިބަޔަށް މާކްސް ދެވޭނީ ލިޔުން ހުށަހަޅާފައިވާނަމައެވެ).

 

އިތުރު މަޢްލޫމާތު:

  • މިމަޤާމަށް އިންޓަރވިއު ކުރެވޭނީ ޝަރުތު ހަމަވާ އެންމެމަތީ މާރކްސް ލިބިފައިވާ 05 ފަރާތަކާއެވެ.
  • ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތައް ހުށައަޅާއިރު ސެޓްފިކެޓްތައް އެޓެސްޓް ކުރެވި އަދި ޓްރާންސްކްރިޕްޓް ހުށައަޅަންވާނެއެވެ.
  • މިމަޤާމަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވޭކަމުގެ ސިޓީ ނުފޮނުވޭނެއެވެ.
  • އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރު 3323228 ފޯނާއެވެ.

ސިޓީ އެޑްރެސް ކުރައްވާނީ:

ހާރިޘް މުޙައްމަދު، އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

 

                                 4 އޮކްޓޫބަރ 2017

 

 

04 އޮކްޓޫބަރު 2017