ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)448-ASS/1/2017/30
ޕަބްލިޝްކުރި ތާރީޚް: 03 އޮކްޓޫބަރު 2017
ޕަބްލިޝްކުރި ގަޑި: 14:33
ސުންގަޑި: 12 އޮކްޓޫބަރު 2017 14:00
ރީޖަނަލް އެއަރޕޯޓްސް
ދިވެހިރާއްޖެ
ފަޔަރ އޮފިސަރ

އިޢުލާން

މަޤާމް: 

ފަޔަރ އޮފިސަރ

ބޭނުންވާ ޢަދަދު: 

01

މަޤާމް އޮތް އޮފީސް:     

ކާޑެއްދޫ އެއަރޕޯޓް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ކާޑެއްދޫ އެއަރޕޯޓް

އަސާސީ މުސާރަ: 

މަހަކު -/5,175 ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު -/2,000 ރުފިޔާ

އިތުރު ޢިނާޔަތްތައް:

ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީ ފައިސާ.

 

 

މަޤާމުގެ މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:

ކާޑެއްދޫ އެއަރޕޯޓްގެ އެއަރޕޯޓް ފަޔަރ އެންޑް ރެސްކިއުގެ ޚިދުމަތް ފޯރުކޮށް ދިނުން.

  1. އެއަރޕޯޓްގެ ވަށައިގެންވާ ފަރުގެ އެތެރޭގެ ސަރަޙައްދަށް ވެއްޓޭ މަތިންދާބޯޓް ތަކުން މީހުންސަލާމަތްކުރުމަށާއި، އަލިފާން ނިއްވުމުގެ މަސައްކަތަށް ތައްޔާރުވެތިބުމަށް ކުރަންޖެހޭ ކަންކަމަށް މުވައްޒަފުން ތައްޔާރުތޯ ކަށަވަރުކުރުން. އަދި އިންމަޖެންސީ ޙާލަތްތަކުގައި ޙަރަކާތްތެރިވުމާއި އެފަދަ އޮޕަރޭޝަންސް ތަކުގައި ކޮމާންޑް ކުރުމާއި އޮޕަރޭޝަން ހިންގާ މެނެޖްކޮށް ދަށުން މަސައްކަތްކުރާ މުވައްޒަފުންނަށް ސްޕަރވައިޒް ކުރުން.
  2. އެއަރކްރާފްޓް އެކްސިޑެންޓް/އިންސިޑެންޓް ތަކާއި ގުޅިގެން ތައްޔާރުކުރަންޖެހޭ ޑޮކިއުމެނޓް ތަކާއި ރިޕޯޓްތައް ތައްޔާރު ކުރުމާއި ރެކޯޑްސް މެނޭޖްމަންޓް ސިސްޓަމް ބެލެހެއްޓުން. އަދި މަތީގައި ބުނެވިދިޔަ ހާދިސާތަކުގައި، ދަށުން މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށް ސްޕަވައިޒް ކުރުން. އަދި މަތީގައި ބުނެވިދިޔަ ފަދަ ހާދިސާތަކުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އޮފިސަރަކު ވަޑައިގެން އޮޕަރޭޝަން އާއި ޙަވާލުވަންދެން އޮޕަރޭޝަން ކޮމާންޑަރގެ ގޮތުން ޙަރަކާތްތެރިވުން.
  3. ރެސްކިއު އެންޑް ފަޔަރ ފައިޓިންގ އާއި ގުޅޭގޮތުން، ފަޔަމަނުން ހާނުވާފައި ބޭތިއްބުމަށްޓަކައި ދޭންޖެހޭ ޓްރެއިނިންގ (ކޮންޓިނުއޭޝަން ޓްރެއިނިންގ) ޕްރޮގްރާމްތައް ރާވައި ހިންގުމާއި، ފިޒިކަލް ޓްރެއިނިންގ އާއި ގުޅިގެން ރާވަންޖެހޭ ކަންތައްތައްރާވާ އެކަންކަން ހިންގާނޭގޮތް ދަށުން މަސައްކަތްކުރާ މުވައްޒަފުންނަށް އެންގުމާއެކު، ފިޒިކަލް ޓްރެއިނިންގ ގައި ޢަމަލީގޮތުން ބައިވެރިވުން.
  4. ރެސްކިއު އެންޑް ފަޔަރ ފައިޓިންގ އިކްއިޕްމަންޓްސްތަކާއި ވެހިކަލްތައް ހުރީ ތައްޔާރީ ޙާލަތުގައިތޯ ބަލައި ދުވަހުން ދުވަހަށް ޗެކްކޮށް ބެލެހެއްޓުވުން. އަދި މައްސަލަ ޖެހިގެން ރެސްކިއު އެންޑް ފަޔަރ ފައިޓިންގ މަސައްކަތަށް ބޭނުންނުކުރެވޭ ވެހިކަލް، އިކްއިޕްމެންޓްސްއާބެހޭ މަޢުލޫމާތު، މެނޭޖަރަށް ނުވަތަ އެއަރޕޯޓް ހިންގެވުމާ ޙަވާލުވެ ހުންނެވި ވެރިއަކަށް ދެންނެވުން.
  5. އެއަރޕޯޓް ފަޔަރ އެންޑް ރެސްކިއު ސާރވިސްގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ވަޞީލަތްތަށް ބޭނުންކޮށްގެން ޙާސިލް ކުރަންޖެހޭ ލަނޑުދަޑިތައް ޙާޞިލްކުރުމަށް މަސައްކަތް ކުރުން. އަދި ދަށުން މަސައްކަތްކުރާ މުވަޒަފުން މަސައްކަތްކުރަނީ، ޤަވާޢިދުތަކާއި ކޯޑްއޮފް ކޮންޑަކްޓްސް އާއި އެއްގޮތަށްތޯ ބަލައި ރަގަޅުކުރަންޖެހޭ ކަންކަން ފާހަނގަކޮށް ރަގަޅުކުރަންޖެހޭ ކަންކަން ރަގަޅުކުރުން.
  6. ޕްރޮފެޝަނަލް މިންގަޑުތައް ހިފެހެއްޓުމާއި މަސައްކަތަށް ބޭނުންވާހުރަނު އިތުރުކުރުމަށްޓަކައި މަސައްކަތްކުރުމާއި، ޓެކްނިކަލް މަޢުލޫމާތު މުއްސަދި ކުރުމަށް އަބަދުވެސް މަސައްކަތްކުރުން.
  7. މަތީގައިވާ މަސައްކަތްތަކުގެ އިތުރުންވެސް، ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނާއި، އެއްގޮތްވާގޮތުގެ މަތިންއޮފީހުން އަންގާ މަސައްކަތްތައްކުރުން.

 

 

މަޤާމުގެ ޝަރުތުތައް:

1. ސަބް އޮފިސަރ ގެ މަޤާމްގައި މަދުވެގެން 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއި، އައި.ކާ.އޯ ޤަބޫލުކުރާ އިންސިޓިއުޓަކުން ބޭސިކް ފަޔަފައިޓަރ ކޯސް ފުރިހަމަކޮށް ފަސްވެފައިވުމާއި، ލީޑިންގ ފަޔަރމަން ކޯސް ފުރިހަމަ ކޮށް ފާސްވެފައިވުމާއި، އެއަރޕޯޓް އެޑްވާންސް ފަޔަރ ފައިޓަރ ކޯސް ނުވަތަ އެއަރޕޯޓް އެޑްވާންސް ފަޔަރ ފައިޓަރ ކޯހާއި އެއްވަރުގެ ކޯހެއް ފުރިހަމަކޮށް ފާސްވެފައިވުމާއި، އެއަރޕޯޓް ފަޔަރ އޮފިސަރ ކޯސް ނުވަތަ މި ކޯހާއި އެއްވަރުގެ ކޯހެއް ފުރިހަމަކޮށް ފާސްވެފައިވުމާއި، އެއަރކްރާފްޓް ރެސްކިއު ފަޔަރ ފައިޓިންގެ ރޭޓިންގ އިން ފާސްވެފައިވުން.

ނުވަތަ

2. ފަޔަރފައިޓިންގ ދާއިރާގައި 1 އަހަރު ދުވަހުއުޅެ ތަޖުރިބާ ލިބިފައިވުމާއި، އައި.ކާ.އޯ ޤަބޫލުކުރާ އިންސިޓިއުޓަކުން ބޭސިކް ފަޔަފައިޓަރ ކޯސް ފުރިހަމަކޮށް ފަސްވެފައިވުމާއި، ލީޑިންގ ފަޔަރމަން ކޯސް ފުރިހަމަ ކޮށް ފާސްވެފައިވުމާއި، އެއަރޕޯޓް އެޑްވާންސް ފަޔަރ ފައިޓަރ ކޯސް ނުވަތަ އެއަރޕޯޓް އެޑްވާންސް ފަޔަރ ފައިޓަރ ކޯހާއި އެއްވަރުގެ ކޯހެއް ފުރިހަމަކޮށް ފާސްވެފައިވުމާއި، އެއަރޕޯޓް ފަޔަރ އޮފިސަރ ކޯސް ނުވަތަ މި ކޯހާއި އެއްވަރުގެ ކޯހެއް ފުރިހަމަކޮށް ފާސްވެފައިވުމާއި، އެއަރޕޯޓް ސީނިއަރ ފަޔަރ އޮފިސަރ ކޯސް ފުރިހަމަކޮށް ފާސްވެފައިވުމާއި، އެއަރކްރާފްޓް ރެސްކިއު ފަޔަރ ފައިޓިންގެ ރޭޓިންގ އިން ފާސްވެފައިވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކުރެވިފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތާކުގެ ސެޓްފިކެޓްތަކުގެ ކޮޕީ (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސާރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީންތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
  2. ސިވިލް ސާރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސާރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކްޓްގެ ކޮޕީ.
  3. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

ވަޒީފާއަށް އެދޭ ފޯމު ރީޖަނަލް އެއަރޕޯޓްސްގެ ކައުންޓަރު އަދި ކާޑެއްދޫ އެއަރޕޯޓް އޮފީހުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 12 އޮކްޓޯބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ކާޑެއްދޫ އެއަރޕޯޓް  އޮފީހަށެވެ. އެޕްލިކޭޝަން ފޯމާއި އެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލްކުރެވޭނެއެވެ.

 

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު

މި އިޢުލާނުގެ މުއްދަތު ހަމަވާތާ އެއް މަސް ދުވަސްތެރޭގައި އިންޓަރވިއު ބޭއްވޭނެއެވެ. އިންޓަވިއު އޮންނާނީ ކާޑެއްދޫ އެއަރޕޯޓް އޮފީހުގައެވެ.

 

 

 

ޝޯޓް ލިސްޓްކުރުން

 

މިވަޒީފާއަށް ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި، ވަޒީފާ އަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

 

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިޔާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ އިންސައްތަ %30 އަށްވުރެމަތިވުން.

 

 

 

އިތުރު މަޢުލޫމާތު ހޯދުން

 

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 6840012 އެވެ. އީމެއިލް ކުރާނީ  [email protected]   އަށެވެ.

 

13 މުޙައްރަމް 1439

03 އޮކްޓޯބަރ 2017

03 އޮކްޓޫބަރު 2017