ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ.
މި ސަރވިސްގެ ގއ.ވިލިނގިލި ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ މުވައްޒަފުންނަށާއި، ކުށުގެ ތުހުމަތުގައި ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށަށް ގެނެވޭ ފަރާތްތަކަށް ކައްކާ ކާންދޭނެ ފަރާތެއް ހޯދަން ބޭނުންވެއ
ވީމާ، ކޮންޓްރެކްޓް އުޞޫލުން މި މަސައްކަތް ކޮށްދިނުމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކުން 2017 އޮކްޓޯބަރ 5 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ގއ.ވިލިނގިލި ޕޮލިސް ސްޓޭޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 އޮކްޓޯބަރ 12 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާނީ ގއ.ވިލިނގިލި ޕޮލިސް ސްޓޭޝަނަށެވެ. މިކަމަށް އަންދާސީހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ.