ދިވެހިރާއްޖެ
އިޢުލާން
| 
 ނަންބަރު: IUL )147-AIT/1/2017/7)  | 
 ވަޒީފާގެ ފުރުޞަތު  | 
||||
| 
 ތާރީޚް: 26 ސެޕްޓެންބަރު 2017  | 
|||||
| 
 01  | 
 ބޭނުންވާ އަދަދު:  | 
 ކޯޓުއޮފިސަރ ( ޖީ.އެސް 3 )  | 
 މަޤާމް:  | 
||
| 
 މަހަކު -/1500 ރުފިޔާ  | 
 ސާރވިސް އެލަވަންސް:  | 
 -/4465 ރުފިޔާ  | 
 މުސާރަ:  | 
||
| 
 ޝަރީޢަތްތަކާބެހޭ ސެކްޝަން (Jv-B3)  | 
 ސެކްޝަން:  | 
 ޖުވެނައިލް ކޯޓު / މާލެ  | 
 މަސައްކަތްކުރަންޖެހޭތަން:  | 
||
| 
 މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއި އެކު؛ 1.ސާނަވީ އިމްތިޙާނަކުން 2 މާއްދާއިންދަށްވެގެން "ޑީ" ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން ނުވަތަ 2.މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްގުވާ މާކުހެއް ލިބެމުންދިޔުމާ އެކު، 2 GS ރޭންކްގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.  | 
 މަޤާމުގެ އަސާސީ ޝަރުތު:  | 
||||
| 
 - ކޮމްޕިއުޓަރަށް އަހުލުވެރި ފަރާތަކަށްވުމާއި ކޮމްޕިއުޓަރުން ޓައިޕްކުރުމަށްފަރިތަ ފަރާތަކަށްވުން. - ގިނައިރު މަސައްކަތުގައި ވަގުތު ހޭދަކުރެވޭ، ގަވައިދުން ވަޒީފާއަށް ޙާޒިރުވެވޭފަދަ ޞިއްޙަތުރަނގަޅު ފަރާތަކަށްވުން. | 
 އެހެނިހެން ޝަރުތު:  | 
||||
| 
 ޝަރީޢަތްތައް ކުރިއަށްދާއިރު، ޝަރީޢަތުގެ މަޖިލީހުގެ ކަންތައްތައް ބެލެހެއްޓުމާއި ޝަރީޢަތްތަކާ ގުޅޭގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.  | 
 މަޤާމުގެމައިގަނޑުމަސްއޫލިއްޔަތު:  | 
||||
| 
 މި މަޤާމަށް ހޮވޭފަރާތްތަކަށް: - ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ % 40 ލިބޭނެ. - ލިވިން އެލަވަންސްގެ ގޮތުގައި -/2700 ރުފިޔާ ލިބޭނެ. - އިތުރުގަޑީގައި މަސައްކަތްކުރުވައިފިނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ.  | 
 އުޖޫރައާއި ޢިނާޔަތްތައް:  | 
||||
| 
 މި މަޤާމަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭފޯމު ފުރިހަމަ ކުރުމަށްފަހު، ހުށަހެޅުމަށް އެފޯމުގައިބަޔާންކޮށްފައިވާ ތަކެއްޗާއެކު، މިކޯޓަށް (މ. މާތިލައިގައި ހުންނަ) ފޯމު ހުށަހެޅުން އެދެމެވެ.  | 
 ހުށަހަޅަންޖެހޭ ލިޔުންތައް:  | 
||||
| 
 05 އޮކްޓޫބަރު 2017 ދުވަހުގެ 12:00  | 
 ސުންގަޑި:  | 
||||
| 
 - މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިއު.އޭ) އިން އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓެއް ހުށަހަޅާނަމަ، ސެޓްފިކެޓާއެކު ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ. - ވަޒީފާއަށް ކުރިމަތިލާ ފަރާތުން އަދާކުރި ނުވަތަ އަދާކުރަމުންދާ ވަޒީފާގެ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުން ހުށަހަޅާނަމަ، މަޤާމުގައި ވީ ދުވަހާއި މަޤާމުގެ ނަމާއި ރޭންކާއި އަދާކުރާ މަސްއޫލިއްޔަތު ބަޔާންކޮށްފައި އޮންނަންވާނެއެވެ. - ވަޒީފާއަށްއެދޭ ފޯމު މިކޯޓުގެކައުންޓަރުންނާއި ވެބްސައިޓުން http://www.juvenilecourt.gov.mv އިންލިބެންހުންނާނެ.  | 
 އިތުރު މަޢުލޫމާތު:  | 
||||